ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އައި ނަމަވެސް، ބައެއް މީހުން ކޮވިޑް-19 ހަގީގަތުގައިވެސް ދައުރުވާ ކަމާއި މެދު ސުވާލު އެފެއްދިއެވެ. މީގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ފަދަ މަޝްހޫރު މީހުންވެސް ހިމެނޭއިރު، އެންމެ ފަހުން ފެނިގެން ދަނީ އެފަރާތްތަކަށްވެސް ވައިރަސް ޖެހިފައިވާ މަންޒަރެވެ.

ދާދި ފަހުން ޔޫކްރެއިނަށް ނިސްބަތްވާ މަޝްހޫރު ފިޓްނެސް އިންސްޓްރަކްޓަރެއް ކަމުގައިވާ ޑިމިޓްރީ ސްޓުޒް ވަނީ ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައެވެ. މީގެ 3 ދުވަސް ކުރިން ޑިމިޓްރީ އޭނާގެ 1.1 މިލިއަން އިންސްޓަގްރާމް ފޮލަވަރުންނަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ވައިރަހަށް ފައްސިވެފައިވާ ކަމަށާއި، ފައްސިވުމާއި ހަމައަށް ކޮވިޑް-19 އަކީ އަސްލު އެއްޗެއް ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

”ވައިރަހަށް ފައްސިވުމާއި ހަމައަށް އަހަރެން ކޮވިޑް-19 އަކީ އަސްލު އެއްޗެއް ނޫން ކަމަށް ދެކިގެން ހުރީ. އެކަމަކު މިހާރު އެނގިއްޖެ މިއީ އަސްލެއްކަން. ކޮވިޑް-19 އަކީ އާދައިގެ ބައްޔެއް ނޫން. މިއީ ވަރަށް ސީރިއަސް ބައްޔެއް“ ޑިމިޓްރީ ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

އޭނާގެ ޕޯސްޓު ނިންމާލަމުން ހާލު ސީރިއަސް ނޫންކަމަށް ޑިމިޓްރީ ބުނެފައިވެއެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ޑިމިޓްރީގެ ކުރީގެ އަންހެނުން އަދި އޭނާގެ 3 ކުދިންގެ މަންމަ ވަނީ ޑިމިޓްރީ ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެފައިވާކަން ހާމަކޮށްފައެވެ.

ޑިމިޓްރީ އަކީ ސިއްހަތު ސަލާމަތުން ހުރި ޕްރޮފެޝަނަލް ފިޓްނެސް އިންސްޓްރަކްޓަރެކެވެ. އެކަމަކު ވައިރަހަށް ފައްސިވިތާ މާ ގިނަ ދުވަހެއް ނުވެ އޭނާގެ ފުރާނަ ވަނީ ގެއްލިފައެވެ. މިކަމުން ވައިރަހުގެ ސީރިއަސްކަން ފަހުމު ނުވާ މީހުންނަށް ފިލާވަޅެއް ލިބޭނެކަމަށް އުއްމީދު ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ނުވާނެ ތިޔަހެނެއް.

    2
    2
  2. ނީޝް

    ޔާﷲ