އިނގިރޭސިވިލާތުގެ މީހަކު އޭނާގެ ތިން މުވައްޒަފުން މަރާލީ އަމިއްލަ ދިފާއުގައި ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރުން ވެސް ނިންމާ އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ވެސް ނުއުފުލާ ގޮތައް މައްސަލަ ފައިލް ކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ގުޖްރީތު ސިންހް އަށް އޭނާގެ މުވައްޒަފުންތަކެއް ތޫނު ހަތިޔާރާއި މަރުތެޔޮ ފަދަ ތަކެތިން ހަމަލާ ދޭން އައުމުން އޭނާ ވަނީ "ބްރޫސް ލީ" ފިލްމުތަކުގައި ދައްކާލާފަދަ ހުނަރުތަކެއް ދައްކާލާ އެމީހުންނަށް ހަމަލާ ދީފައެވެ. ސިންހް އޭނާގެ ތިން މުވައްޒަފުން މަރާލީ ވަޅިން ހަމަލާ ދީގެންނެވެ.

ފުލުހުން ބުނީ ސިންހް އޭނާގެ މުވައްޒަފުންނަށް ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށާއި ހަމަލާ ދިނުން ފިޔަވައި އިތުރު އެއްވެސް ގޮތެއް އޭނާ އަށް ނެތް ކަމަށެވެ. އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް ދިފާއުގައި ދޭ ހަމަލާއެއްގެ ސަބަބުން ދައުވާއެއް ނުކުރެވޭނެ ކަމަށް ވެސް ފުލުހުންނާއި ޕްރޮސެކިއުޓަރުން ބުނެއެވެ.

މިއީ އިނގިރޭސިވިލާތުގެ ތާރީޚްގައި ވެސް ބަޔަކު މަރާލި މީހަކު އެކަން ކުރީ އަމިއްލަ ދިފާއުގައި ކަމަށް ނިންމާ އެއްވެސް ދައުވާއެއް ނުއުފުލާ ގޮތައް މައްސަލަ ފައިލް ކުރި ފުރަތަމަ ފަހަރެވެ.

ސިންހް އޭނާގެ ތިން މުވައްޒަފަކަށް ހަމަލާ ދީފައި ވަނީ ޖަނަވަރީ މަހުއެވެ. އެމާރާމާރީގައި ސިންހަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މާރާމާރީގައި ބައިވެރިވި މީހުންގެ ތެރެއިން މީހަކު ސިންހަށް ހަމަލާ ދިނުމުން އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް އަދި އިތުރު ޒަހަމްތައް ވެސް އޭނާ އަށް ލިބުނެވެ.

ސިންގް އަކީ 2015 ވަނަ އަހަރު ތައުލީމް ހާސިލް ކުރަން އިންޑިއާ އިން އިނގިރޭސިވިލާތައް ދިޔަ މީހެކެވެ. އޭނާގެ ވިސާ ހަމަވުމުން އޭނާ ވަނީ ފަހުން އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    ރަނގަޅު ނިންމުމެއް

    7
    2
  2. ޖގފ

    މިކަހަލަ ކޮމްމެ ކމެއްގަ އުޅޭނެ އިނއޑިޔާ

    10