އައިފޯން-12 އެޕަލް އިން މިވަނީ ނެރެފައެވެ. އަބަދުވެސް އައިފޯނަކީ އަގުބޮޑު ފޯނެކެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިފައި ވާތީ މިއަހަރު އައިފޯން ގަންނަން ދިވެހިންނަށް ލިބޭނެ އަގު އަދި މާބޮޑަށް އުފުލޭނެއެވެ. ގިނަ ބައެއްގެ ވަޒީފާ ވެސް މިހާރު މިއޮތީ ގެއްލިފައެވެ. އެހެންކަމުން އައިފޯން-12 ނޫން އެހެން ގޮތެއް ނުވަތަ އެހެން ހައްލެއް ބައެއް މީހުން ބޭނުންވެއެވެ.

މިއީ އެފަދަ މީހުންނަށް ބޭނުން ކުރެވިދާނެ ރަނގަޅު ފެންވަރުތަކުގެ ފޯނުތައް ހިމެނޭ ލިސްޓެކެވެ. މިލިސްޓްގައި ހިމެނޭ އެއްވެސް ފޯނެއްގެ އަގު 700 އެމެރިކާ ޑޮލަރަށްވުރެ ބޮޑެއް ނުވާނެއެވެ.

ގޫގުލް ޕިކްސެލް 4-އޭ 5ޖީ

ބައެއް މީހުން އައިފޯން-12 ގަންނަން ބޭނުން ވާނެ އެއްސަބަބަކީ އެފޯންގައި 5ޖީ ހިމަނާފައި ވުމެވެ. ނަމަވެސް 5ޖީ ހިމެނޭ އެހެން ފޯނުތައް ވެސް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ރަނގަޅު އެއްފޯނަކީ ގޫގްލް ކުންފުނީގެ ޕިކްސެލް 4-އޭއެވެ. މިފޯނުގެ އަގު ފެށޭނީ 499 އެމެރިކާ ޑޮލަރަށެވެ.

މޮޓޮރޮލާ ވަން 5ޖީ

މޮޓޮރޮލާގެ ފޯނުތަކުގެ ތަރި އޮއްސިއްޖެ ކަމަށް ހީވި ނަމަވެސް އެކުންފުނިން މިހާރު އަންނަނީ އާފެށުމަކުން ފަށައިގަނެ ސްމާޓް ފޯނުތަކުގެ އެންމެ ވަރުގަދަ އުފެއްދުންތަކާއި ވާދަކުރަމުންނެވެ. މޮޓޮރޮލާ ވަން 5ޖީ އަކީ 6.7 އިންޗިގެ ފުލް-އެޗްޑީ ސްކްރީނެއް ހިމެނޭ ފޯނެކެވެ. މިފޯނުގެ ބެޓެރީގެ ބާރު އައިފޯން-12 އަށް ވުރެ ދެގުނަ ވަރުގަދަ ވާނެއެވެ. މިފޯނުގެ އަގު ފެށޭ އަގަކީ 455 އެމެރިކާ ޑޮލަރެވެ.

ސަމްސަންގް ގެލެކްސީ އޭ-51 5ޖީ

ޔަގީނުން ވެސް އެޕަލް ކުންފުންޏާއި ވާދަކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެކުންފުންޏަކަށް ވާނީ ސަމްސަންގް އެވެ. 5ޖީ އަގުހެޔޮ ފޯނުތައް ބޭނުންވާނެ މީހުންނަށް ސަމްސަންގް ގެލެކްސީ އޭ-51 5ޖީ ވެގެންދާނީ ވަރަށް ފުރިހަމަ ޗޮއިސް އަކަށެވެ. 499 އެމެރިކާ ޑޮލަަށް އަގުފެށޭ މިފޯނަކޯ ފޮޓޯ ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ރަނގަޅު ފޯނެކެވެ. ހަތަރު ކެމެރާ ހިމެނޭ މިފޯނުގެ ބެޓެރި ވެސް އައިފޯން-12ގެ ބެޓެރިއަށްވުރެ ބާރުގަދަ ވާނެއެވެ.

އައިފޯން-12 އަށް ވުރެ ވަރުގަދަ، އަގުހެޔޮ ފޯނުތައް މާކެޓްގައި އެބަހުއްޓެވެ. ނަމަވެސް އައިފޯން-12 އެއް އަތުގައި އޮތުމުގެ ޝަރަފާއި ފަހުރު ބޭނުންވާ މީހުންނަކީ ކޮންމެހެން ފޯނުގެ މޮޅު ކަމަށް ބަލާފައި ފޯނު ގަންނަ ބައެއް ނޫނެވެ. އެހެންކަމުން އެފަދަ މީހުންނަށް އައިފޯން-12 ނޫން ފޯނެއް ކަމަކުނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯނު

    މީވެސް ހަބަރެއް

    2
    10
  2. ބުރޭންޑް ސެލާރ

    އައިފޯން-12 އަށް ވުރެ ވަރުގަދަ، އަގުހެޔޮ ފޯނުތައް މާކެޓްގައި އެބަހުއްޓެވެ. ނަމަވެސް އައިފޯން-12 އެއް އަތުގައި އޮތުމުގެ ޝަރަފާއި ފަހުރު ބޭނުންވާ މީހުންނަކީ ކޮންމެހެން ފޯނުގެ މޮޅު ކަމަށް ބަލާފައި ފޯނު ގަންނަ ބައެއް ނޫނެވެ. އެހެންކަމުން އެފަދަ މީހުންނަށް އައިފޯން-12 ނޫން ފޯނެއް ކަމަކުނުދާނެއެވެ.

    18
    1