މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަނީ އަންހެނެއްގެ ފައިގައި ބޮޑު ހަރުފައެއް އޮޅިފައި އޮތް މަންޒަރެވެ. އޮސްޓްރޭލިއާ ކުއީންސްލޭންޑުގައި މިހާދިސާ ހިނގިި އިރު، އެ އަންހެން މީހާ އެ ހަރުފައިގެ ކިބައިން ސަލާމަތް ވުމަށް ފުލުހަށް ވެސް ގުޅިއެވެ.

ޔާހޫ ނިއުސް އަށް ރިޕޯޓް ކުރިގޮތުގައި، އެ އަންހެން މީހާގެ ފައިގައި އެ ހަރުފަ އޮޅިގަތީ، އޭނާގެ ބުޅަލާއި ހަރުފަޔާއި ތޮޅެން އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކުރަމުން ދަނިކޮށެެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން އެ އަންހެން މީހާގެ ފައިގައި އެ ހަރުފަ އޮޅިފައި އޮތް މަންޒަރު ފެނެއެވެ. އަދި އެ ރެސްކިއު އޮރޭޝަން ކުރިއަށްދާ ވީޑިއޯ ކުއީންސްލޭންޑުގެ ފުލުހުން ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

ޔަގީނުންވެސް އެފަފަ ވަގުތެއްގައި އެންމެން އުޅޭނީ ބިރުން ކުރާނެ ނުކުރާނެ ކަމެއް ވެސް ނޭނގިގެންނެވެ. ނަމަވެސް އެ އަންހެން މީހާ އުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެގޮތުން އޭނާ ކުޑަކޮށް ގުދުވެލާފައި އެ ހަރުފައިގެ ގައިގައި ފިރުމާ ހެދިއެވެ.

ބިސްބްރޭން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ހަރުފައިގެ ދިގުމިނުގައި ތިން މީޓަރު ހުންނާނެއެވެ.

އެ އަންހެން މީހާ ވަނީ އެކަމާ ގުޅިގެން އޭނާ ފުލުހުންނަށް ގުޅީތީ މައާފަށް ވެސް އެދިފަައެވެ. އަދި އިތުރު މީހެއްގެ އެހީ ލިބުނު ނަމަ އޭނާ އަމިއްލައަށް އެކަން ވާނެ ކަމަށްވެސް އެ އަންހެން މީހާ ބުންޏެވެ.

އެ ވީޑިއޯގައި، އެ އަންހެން މީހާގެ ފައިގައި އޮޅިފައިވާ ހަރުފަ ނެއްޓުމުގައި ފުލުހަކު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ތިޔައީ ކުޅުނު ޑުރާމާއެއް.

  2. Premier

    Yeah