މަޝްހޫރު ވީލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް) ރާއްޖެއާ ބެހޭގޮތުން ހެދި އެއް މިނެޓްގެ ދެތިން ވީޑިއޯ އާއެކު ދިވެހިންގެ ސަމާލުކަން މިވަނީ އޭނައަށް ހުއްޓިފައެވެ.

އަޅައިގަންނަ ކަހަލަ ގޮތަކަށް ރީތި އެޑިޓިންތަކާއެކު ނަސް ޑެއިލީ ޕޭޖްގައި މެދުކެޑުމެއްނެތި ކޮންމެ ދުވަހަކު ވީޑިއޯތަށް އާއްމު ކުރަމުންދާތަން މިއީ މިއީ 772 ވަނަ ދުވަހެވެ. " އައި ވޯންޓް ޝޯ މައި ހެއަރ " ގެ ނަމުގައި ނަސް ހެދި ވީޑިއޯއެއްގެ ސަބަބުން އެވީޑިއޯގައި އުޅޭ ދިވެހި އަންހެން ކުއްޖާ "އެކްސް"އަށް މަލާމާތް ރައްދުވާން ފެށުމުން ނަސްގެ ފޭސްބުކް ޕޭޖްއަށް ނުވަދެވޭ ގޮތް ނުސައިރު ޔާސީން ވަނީ ހަދާފައެވެ. މިއާއެކު ނަސްގެ ވާހަކަތައް ކާމޭޒުމަތިން ފެށިގެން ހޮޅުއަށިތަކަށް ދާންދެން ދެކެވެން ފެށުނެވެ.

ނަމަވެެސް ދެން ނަސް ފޭސްބުކް ވީޑިއޯ ހެދުން ހުއްޓާލަން ދެން މާކަ ގިނަ ދުވަހެއް ނެތެވެ. ނަސްގެ 748 ވަނަ ވީޑިއޯގައި މިކަންވަނީ އާއްމުކޮށް އެންމެނަށް އޭނާ އަންގާފައެވެ. "އައި އޭމް ސުޓޮޕިން ނަސް ޑެއިލީ " ގެ ނަމުގައި އާއްމުކޮށްފައި މިވީޑިއޯގައި ނަސް ބުނެފައިވަނީ އެއް މިނެޓްގެ ވީޑިއޯ ހެދުމަށް ފުރަތަމަ އަޒުމް ކަޑައެޅީ 60 ދުވަސް ވަންދެން ކަމަށާއި ނަމަވެސް މިކަމަކީ ކުރާ ހިތްވާ ކަމެއް ކަމުން މިކަން ހުއްޓާނުލާ ކުރިޔަށް ގެންދިޔައީ ކަމަށެވެ. އަދި 1000 ވަނަ ވީޑިއޯ ނެރުމަށްފަހު ނަސްގެ އެއް މިނެޓްގެ ވީޑިއޯ ހެދުން ހުއްޓާލާނެ ކަމަށްވެސް ނަސް ބުނެފައިވެއެވެ.

ދިވެހި އަންހެން ކުއްޖަކު ބުރުގާ ބާލަން ނުކެރިފައިކަމަށްބުނެ ނަސް ހެދި ވީޑިއޯގެ ސަބަބުން ދިވެހިންގެ ތެރޭގައި ނަސްއަށް އޮތް ސަޕޯޓްވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއާ ޚަލީފާ

    ބަޔަކާ ކުޅެވިއްޖެދޯ!

  2. ދިއާ މިރުޒާ

    ޢެކްސްގެ އިސްތަށިގަނޑު ނާސްއަށް ދައްކާލީމަ ދުނިޔޭގެ ހުރިހާ އުފަލެއް ލިބި ހިތްފުރުނީ. ތަންކޮޅެއް ބޮޑަށް ދައްކާލީމަ ނާސްވެސް ހުއްޓުން އަރާނެދޯ!