ފިހާރައެއްގެ ތެރޭގައި ބަހައްޓާފައި އިން، މޮޓޮރައިޒްޑް ޝޮޕިންގ ކާޓެއް ވަގަށްނަގައިގެން މަގުމަތީގައި ދުއްވި ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.

ފްލޮރިޑާގެ ލާގޯ ނަމަކަށްކިޔާ ސިޓީއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ފިރިހެނަކާއި އޭނާގެ 32 އަހަރުގެ އަނބިމީހާއެވެ.

ޗާޖުކޮށްގެން ދުއްވޭ މި ކާޓް ވަގަށްނަގައިގެން މަގުމަތިން ދުއްވާފައި އެ ދެމަފިރިން ދިޔަ މަންޒަރު ގިނަ ބަޔަކަށް ފެނިފައިވާއިރު، އެމީހުން އަތުލައިގަތީ ލާގޯގެ ރެސްޓޯރެންޓެއްގެ ތެރޭގައި ތިއްބައެވެ. އޭރު ވަގަށް ނެގި ކާޓް އިނީ އެ ރެސްޓޯރެންޓުގެ ބޭރުގައެވެ.

އޮފިޝަލުން އެންމެ ފުރަތަމަ އެ މީހުންނާއި ސުވާލުކުރުމުން އެ ދެމަފިރިންވެސް ވަނީ ކާޓް ވަގަށް ނެގި ކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް ފަހުން ކޯޓުގައި ވަނީ އެކަމަށް އެއްބަސް ވެފައެވެ. އެގޮތުން ކާޓް ވަގަށް ނަގައިގެން ދިޔައީ ދެމީހުން އެކުގައި ކަމަށް އެމީހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުން ވަނީ އެ ދެމީހުންގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފާއެވެ. މިހާރު މި ދެމަފިރިން ފްލޮރިޑާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުންދާއިރު، އެމީހުނަށް އިއްވާފައިވަނި ކިހައި މުއްދަތެއްގެ ޙުކުމެއް ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމީހުންގެ ކައވެނީގެ އަހުދާއި އެއްގޮތަށް ކަންތައްތައް ކުރީ. ވައްކަމުގައި ބައިވެރިވެ، ވައްކަމަށް އިއުތިރާފުވެ ޖަލަށްގޮސް އަދި އަދަބުލިބިގަންނަނީވެސް ދެމަފިރިން އެކުގާ.

  2. ކަލޯގަޔާ ތިއުޅުނީ ގޮއިން އިން ސްޓައިލް ކުޅެލަން ދެއްތޮ... ކިކިކިކިކި

  3. އެންމެންގެ ވޯޓް ރައީސް ޔާމީނަށް

    ވޯޓް ޔާމީނަށް