ކޮވިޑް-19 ޖެހިގެން ބަލިން ރަނގަޅުވާ މީހުންނަށް ދިގު މުއްދަތަކަށް ހިތުގެ މައްސަލަ ދިމާވާ ކަމަށް އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ.

އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީގައިގެ ރިވިއުއެއްގައި ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ކޮވިޑް-19 ޖެހޭ މީހުންގެ ފުއްޕާމޭ އެކި ގޮތްގޮތުން ހަލާކުވާ ކަމަށާއި އެކަމުގެ ސަބަބުން ލެއަށް ލިބެން ޖެހޭ އޮކްސިޖަން ލިބުންވެސް ހުއްޓޭ ކަމަށެވެ.

"ވެންޓިލޭޓަރުގައި ފަރުވާ ދޭ ބަލި މީހުންނާއި ބާރުގަދަ ބޭސް ދީފައިވާ ބަލި މީހުންނަކީ މިކަމުގައި އެންމެ ނުރައްކާތެރި މީހުން" އައިކަން ސްކޫލް އޮފް މެޑިކަލްގެ ޑރ. ސީން ވިދާޅުވެފައި ވެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ 2003 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ދެމެދު ފެތުރިފައިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ ސާސް ވައިރަސް ޖެހިގެން ރަނގަޅުވާ މީހުންގެ ތިންބައި ކުޅަ އެއްބައި މީހުންނަކީ އެއް އަހަރު ފަހުންވެސް ފުއްޕާމޭގެ މައްސަލަ ހުންނަ މީހުން ކަމަށެވެ. އެގޮތުން އެފަރާތްތަކަށް އެކްސަސައިޒް ކުރުމަށް އުނދަގޫވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެވައިރަސް އިން އެގޮތަށް އިންސާނާގެ ހަށިގަނޑަށް ހަދާލާއިރު، ކޮވިޑް-19ގެ ސަބަބުން ހިތުގެ މައްސަލަ ދިމާވެ ހިތް ހަލާކު ކޮށްލުމުގެ ފުރުސަތު އޮތްކަން ޑޮކްޓަރުން ވަނީ ބުނެފައެވެ.

ދެވަނަ ދިރާސާގައި ބުނެފައިވަނީ ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް "މިޔޯކާޑިއަލް" އިންޖަރީ ޖެހޭ ކަމަށެވެ.

މީގެ އިތުރުންވެސް ދިރާސާއެއްގައި ބުނެފައިވަނީ ހަކުރު މަތި މީހުންނާއި، ލޭ މައްޗަށް ދާ މީހުންނާއި، ކޮލެސްޓްރޯލް ފަދަ ބަލިތައް ހުންނަ ފަރާތްތަކަށް ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަމަށެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނައިން މި ބަލި ހުންނަ ފަރާތްތަކުން ތިބެނީ އެމެރިކާގައި ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު