ނިއުމާ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭނޭ މީހަކު މަދުވާނެއެވެ. ދިވެހި ސިނަމާތަކުގައި ރަނިކަން ކޮށްފައިވާ ދިވެހިން ގަޔާވާ އެތަކެއް ފިލްމުތަކެއް ކުޅެފައިވާ ނިއުމާ މުހައްމަދަކީ ދިވެހި ފިލްމީ ދާއިރާގެ ރާނީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިއަދަކީ ނިއުމާގެ 43 ވަނަ އުފާވެރި އުފަންދުވަހެވެ.

ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1995 ވަނަ އަހަރު ނެރުނު ޑްރާމާ ސިލްސިލާ 'ހިތި ތަޖުރިބާ' އިންނެވެ. އެ ސިލްސިލާގައި ނިއުމާގެ އެކްޓިން ގިނަބަޔަކަށް ކަމުގޮސް އޭނާ އަށް އިތުރު ފިލްމުތައް ކުޅެން ފުރުސަތުތައް ލިބުނެވެ. އެގޮތުން 1997 ވަނަ އަހަރު ނެރުނު 'ފަތިސް ހަނދުވަރު' ގެ އެންމެ މުހިއްމު ރޯލުން އޭނާ ފެނިގެން ދިޔައެވެ. އޭގެ ފަހުން ބިރުވެރި އެތައް ފިލްމަކުން ނިއުމާ ފެނިގެންގޮސް ނިއުމާ ދަންނަ މީހުންގެ ޢަދަދު އިތުރުވަމުން ދިޔައެވެ.

https://www.instagram.com/p/CGioN9olhnk/

ނިއުމާ ކުޅުނު ބައެއް ފިލްމުތައް:

ޒަލްޒަލާ (2000)

ގިނަހިލަ (2003)

ދޮންކަމަނަ (2003)

ސަނދުރަވިރޭ 2 (2004)

ހަނދުކޭތަ (2005)

ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއްވެސް ނިއުމާއަށް ވަނީ ލިބިފަ އެވެ. އެގޮތުން 2007 ވަނަ އަހަރު ނިއުމާއަށް ވަނީ ޤައުމީ ފިލްމު އެވޯޑް ފޯ ބެސްޓް އެކްޓަރ އެވޯޑް ލިބިފަ އެވެ. މިއީ ފިލްމީ ދާއިރާގައި ނިއުމާއަށް ލިބުނު ފުރަތަމަ އެވޯޑެވެ. މި އެވޯޑު ނިއުމާ އަށް ލިބިފައި ވަނީ 2003 ވަނަ އަހަރު ގެނެސްދިން ލޯބީގެ ފިލްމު 'ކަލާޔާނުލާ' ގައި ނިއުމާ ދެއްކި މޮޅު އެކްޓިންނެވެ.

ނިއުމާ ދެން ފެނިގެންގޮސްފައި ވަނީ 2006 ވަނަ އަހަރު ނެރުނު 'ހިޔަނި' ފިލްމުނެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ނެރުނު 'ޔޫސުފް' އެ އަހަރު ނެރުނު 'ހިތް ރޮއްވާނުލާ' މި ފިލްމުތަކުން ނިއުމާ އަށް ވަނީ ޤައުމީ ފިލްމު އެވޯޑްގެ ބެސްޓް އެކްޓްރެސް އަށް ނޮމިނޭޓް ވެފަ އެވެ.

ނިއުމާގެ އުފަންދުވަހުގެ ފޮޓޯއެއް- ސޯޝަލް މީޑިޔާ

ނިއުމާ އެންމެ މަޝްހޫރު ވެފައިވާ އެއް ފިލްމަކީ 2010 ވަނަ އަހަރު ނެރުނު 'ނިއުމާ' އެވެ. ނިއުމާއަށް އަށް ވަނީ ދެވަނަ ފަހަރަށް ޤައުމީ ފިލްމު އެވޯޑުގެ ބެސްޓް އެކްޓްރެސް އެވޯޑު ލިބިފަ އެވެ. އޭގެ ފަހުން ނިއުމާ ކުޅުނު ފިލްމުތަކުގެ ތެރޭގައި މާފެއް ނެތް (2010)، ސަޒާ (2011)، މިހަށިން ފުރާނަ ދަންދެން (2012)، ދިލަކަނި (2013)، އާދޭސް (2014)، އަދި 20 އަހަރުވަންދެން ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށްފަހު ނިއުމާ ވަނީ 2017 ވަނަ އަހަރު އޭނާ ފިލްމީ ދާއިރާއިން ރިޓަޔާ ކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ނިއުމާ އެންމެ ފަހަކަށް ކުޅެފައިވާ އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ވަނަ އަހަރު ނެރުނު 'ނިވައިރޯޅި' އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަަައް ޔާ

    ހ ހެޕި ބާތުޑޭ ޓޫ ޔޫ!

    1
    7
  2. ބުއްޅަބޭ

    ތިއީ ސްނީތާއަށް ޖޯކް ޖެހި މީހާ.
    އިންސާނީ ކަރާމާތް ނަގާލަން ކުރި މަސައްކަތަށް ދިވެހިންގެ ކިބައިން އަދި ސްނީތާ ކައިރިން މައުފަށް އެދެން ޖެހޭ

    13
  3. ﷲގެ އަޅާ

    43 އަހ ހަރުން ގިނައީ ﷲ އަށް އުރެދުމަށް ނަގާލެވުނު ދުވަސްތަކެވެ. ދެންވެސް ކީރިތިﷲ އަށް ރުޖޫޢަވެ ތައުބާވުން ކީއްތޯއެވެ.

    32
    3
  4. ުއުނދުޅި

    43 އެކަމަަކު މޭކަޕުނުކުރާނަމަ ހީވާނީ 63 އަހަރުގެ މީހެއްހެން

    22
    2
  5. ޢަބްދުﷲ

    ނިޢުމާއެވެ. އަހަރެންނަކީ ކަލޭގެ ރަށްޓެއްްސަކީމެެވެ. މިއަދު 43 އަހަރު ފުރުނީއެވެ. އެއީ އިންސާނެއްގެ ދުނިޔަވީ ޙަޔާތުން މިނެކިރާލާއިރު ކުރު މުއްދަތެއްނޫނެވެ. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ އެކަލާންގެއަށް އަޅުކަންކޮށް އާޚިރަތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި އެކަލާންގެ އެންގެވި އިމުގެ ތެރެއިން ދުނިޔޭގެ އުފާ ޙާޞިލްކުރުމަށެވެ. އޭ ނިޢުމާއެވެ. މިއަދު ނުވަތަ މާދަމާ ނަމަވެސް ތިބާ ނުވަތަ އަހަރެންނަށްވެސް މިވަގުތީ ޙަޔާތާ ވަކިވާން ޖެހިދާނެއެވެ. ދެން އޮތީ ނިމުމެއްނުވާ ދާއިމީ ޙަޔާތެވެ. ވީއިރު ތިފަދަ ބޭކާރު ކަންކަމުގައި ވަގުތުނަގާ ނުލާށެވެ. އިސްލާމީ ރިވެތި ޙިޖާބުން ނިވާވެ ހެޔޮ ޢަމަލުތަކުގައި މަސްޣޫލްވަމާހިނގާށެވެ. ފަހުން ބުރުގާއަޅަން ލަސްނުކުރާށެވެ. ވަގުތު ފާއިތުވެދާނެއެވެ. ތިޔަ ފިލްތައްމުކުޅެގެން ލިބުނު މަޝްހޫރުކަމަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫނެވެ. އަދި ތަނަވަސްކަމެއްވެސް އަމުދަކުން ނުލިބުނު ނޫންހެއްޔެވެ؟ އެހެންކަމުން ދުނިޔޭގައި، ދެންވަގުތުކޮޅެއް ޙަޔާތަށް ލިބިގެންވާނަމަ ގެއްލިދިޔަ ޙަޔާތް އަނބުރާ ހޯދޭތޯ ގަދައަޅައި މަސައްކަތްކުރުން ހާދަހާވާ ބުއްދިވެރިއެވެ. މިއީ ހެޔޮއެދޭ ރަޙުމަތްތެރިއެއްގެ ފަރާތުން ބުނެލި ނަޞޭޙަތުގެ ޖުމްލަ ކޮޅެއްކަމުގައި ހީކުރާށެވެ. އަދި އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށްވެސް މިނަޞޭޙަތް ދެމުންނެވެ. މާތްﷲ ނިޢުމާއަށާއި ޢާއިލާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށިއެވެ. އާމީން!

    60
    2
    • ސަނާ

      ވ ރަގަޅު ހެޔޮ ނަސޭހަތެއް...މާތް ﷲ ތިބާ އަށް ހެޔޮރަހުމަތްލައްވާށި...އާމީން...!!!

      34
  6. ޑިމޮކްރަޓިސްޓް

    ތިވަރުގެ ފޮނި އަންހެނެއް މުޅި ފިލްމީ އިންޑަސްޓްރީން ދުވަހަކުބެސް ނުދެކެން.