ދަރިންނަށް ލިބޭ ކޮންމެ ހިތާމައަކާއި ދެރައެއްގައި އަދި ކޮންމެ އުފަލަކާއި ކުރިއެރުމެއްގައި ވެސް އެންމެ ގާތުގައި ގިނަ ފަހަރަށް ހުންނާނީ މަންމައެވެ. މަންމަގެ އޮގާތެރިކަމާއި އަޅާލުން އެއްވެސް ވަގުތެއްގައި ދަރިންނާއި ވަކިވެގެންނެއް ނުދެއެވެ.

ބްރެޒިލްގެ ކަސޭރެސްގެ އުމުރުން 26 އަހަރުގެ ކެރޮލީނާ ގިރަލްޑެލީ އަށް ދަރިއަކު ލިބުނު އިރު ދަރިފުޅުގެ މޫނުމަތީގައި ވަރަށް ބޮޑު އުފަން ލަފައެއް ހުއްޓެވެ. ނަމަވެސް ދަރިފުޅުގެ މޫނުމަތީގައި ހުރި ތަފާތަކީ ދަރިފުޅު އެކަނި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ކެރޮލީނާ ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ކެރޮލީނާ ވަނީ އޭނާގެ ދަރިފުޅުގެ މޫނުގައި ހުރި ލަފަ އާއި އެއްގޮތައް އޭނާގެ މޫނުގައި ކުލަ ޖައްސާފައެވެ.

ކެރޮލީނާ ބުނީ ދޮޅު އަހަރުގެ ދަރިފުޅުގެ މޫނު ހުންނަ ގޮތައް މަންމަގެ މޫނުގައި ކުލަ ޖެއްސުމުން ދަރިފުޅަށް ވެސް ހާއްސަ އުފަލެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އޭނާ ވަޒީފާ އަށް ދަނީ ވެސް މޫނުގައި ހުންނަ "އުފަންލަފަ" ފޮހެނުލައެވެ.

ކެރޮލީނާ ބުނީ އޭނާ އެހެން ހުރުމުން ގިނަ މީހުން ބެލި ނަމަވެސް އެއީ އޭނާ އަށް މައްސަލައެއް ނޫން ކަމަށެވެ.

ކެރޮލީނާ މޫނުގައި މިގޮތައް ކުލަ ޖެއްސުމުން ވަރަށް ގިނަބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު