މޭކަޕްކޮށްދިނުމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެ މަސައްކަތް ކުރުމަށް ވަގުތު ބޭނުންވެއެވެ. ތަމްރީނުވެސް ބޭނުންވެއެވެ. ހަމަހުރެލާފައި އެފަދަ ކަމެއް ކުރެވިދާނެކަމަށް ހީ ނުކުރާށެެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެކަން ވެދާނެއެެވެ. ބޭނުންވަނީ ހިތްވަރެވެ. ކެރުންތެރިކަމެވެ.

މިއީވެސް މިއަދު ގިނަބަޔަކު މޭކަޕްކޮށްދިނުމުގައި ތަފާތުދައްކަމުން އަންނަ ޒުވާނެކެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ މި ޒުވާނާއަކީ ޝަމްލާ ޝަރީފް (ޝަމް)އެވެ.

ކުޑައިރުވެސް ވަރަށް މޭކަޕްކުރާހިތްވޭ

"އަސްލު ކުޑައިރުވެސް ވަރަށް މޭކަޕްކުރާހިތްވޭ. އެންމެ ކުޑަކުޑައިރުވެސް ވަރަށް ލިޕްސްޓިކް އެއްޗެސް ގެންގުޅެން. މޭކަޕް ކުރަން. އޭޖުން 10 އިޔާޒް ވަންދެކަށް މަންމަގެ އޮންލީ ގާލް. ވަރަށް ހުރޭ އެއްޗެހިވެސް ހޯދާފައި. ވަރަށް ރީތިވާންވެސް އުޅޭނެ ވާނެ އެއިރު. ލޯގަނޑު ކައިރީވެސް ހުންނަ ރީތިވާން ކުޑައިރު"

ޝަމްގެ މޭކަޕެއް

ރާއްޖޭގައި މޭކަޕް އާޓިސްޓުން ތައާރަފްވިއިރުން ފެށިގެން ވީޑިޔޯ އެއްޗެސް ބަލަން

"ބޮޑުވެގެން އައި ފަހުން ރާއްޖޭގެ މޭކަޕް އާޓިސްޓުން ތައާރަފްވީއިރުން ފެއްޓިގެން މިހެން މޭކަޕް ޓިއުޓޯރިއަލް އެއްޗެސް ބަލަން. އެގޮތަށް އިންޓްރެސްޓް ހުރެގެން ދިޔައީ ވަންޑޭ ވޯކްޝޮޕަކަށް ރުތްބާ ކުރިއަށްގެންދިޔަ. އެތަނުން އަސްލު ބޮޑަށް ވަދެވުނީ"

ޝަމްގެ މޭކަޕެއް

ކޮލަމްބޯއިންވެސް މޭކަޕް ކޯހެއް ހެދިން

"ބޮޑަށް ސްޓަޑީ ކުރަން ބޭނުންވެގެން ކޮލަމްބޯއަށް ގޮސް އެއް މަސް ދުވަހުގެ ކޯހެއް ހެދީ. މާކަޕް ސްކޫލް ސްރީލަންކާއިން. އެތަނުން ކޯސް ހަދައިގެން އައިސް މި ފެށީ.

ފުރަތަމަ އަސްލު އަމިއްލައަށް ރީތިވަން މޭކަޕް ދަސްކުރީ

"އަސްލު އަމިއްލައަށް ރީތިވާން މޭކަޕް ކުރަން ދަސްކުރީ. އެކަމު އެ ހިސާބުން އިންޓްރެސްޓު ޖެހުނީ އެހެން މީހުންނަށްވެސް މޭކަޕްކޮށްދޭން"

ޝަމްގެ މޭކަޕެއް

އެންމެ ބޮޑު ސަޕޯޓެއް މަންމަ ދެން ފެމަލީ އާއި ރައްޓެހިން

"މަންމަގެ ހެލްޕާއެކީގައި މިކަން ކުރެވެެނީ. މަންމަ ދަރިފުޅު ބަލާދޭތީވެ މޭކަޕްގައި އަސްލު އުޅެވެނީ. ދެން ފެމަލީ އާއި ރައްޓެހިން"

ބޭރުގެ މޭކަޕް އާޓިސްޓުންގެ މަސައްކަތްތައް ބަލަން

"އެގޮތަށް އާއްމުކޮށް ބަލަނީ މެނިމޯ ފަދަ އާޓިސްޓުން. އެއީ އަސްލު ފިިރިހެނެއް ދޯ އަސްލު އެ މީހުން ޓްރާންސްފޯމްކޮށްލާއިރުގައި ވަރަށް ރީތި. ދެން ވަރަށް ހައިރާންވާކަހަލަ މޭކަޕްތައްކޮށްފައި ހުންނަނީ"

ޝަމްގެ މޭކަޕެއް

ގޮންޖެހުންތަކެއް އެބަހުރި މި ދާއިރާގައިި

"އަސްލު ވާގޮތަކީ ޖޮބްގެ ގޮތުން ބައެއް ފަހަރު ދޫކޮށްލަންެވެސް ޖެހޭ. ޖޮބަށް ދަމުން މިއީ ކުރާކަށް ފަސޭހަކަމެއް ނޫން. މިކަމަށް ހުސްވެގެން މިއީ ކުރެވިދާނެކަމެއް. ޝަމް ކުރަނީ ޕާޓްޓައިމް ގޮތަށް. އެގޮތަށް ކުރާތީވެ ހުރޭ ދަތިތަކެއް".

މީހުން ވަރަށް ސަޕޯޓިވް

"ވަރަށް ގިނަ ބައެއްގެ ސަޕޯޓް ލިބޭ. އަދި މިހާތަނަށް މޭކަޕް ކުރި އެއްވެސް ކުއްޖަކު ހިތްހަމަނުޖެހިގެން އެއްވެސް ކޮމެންޓެއް ނުދޭ. ވަރަށް ހެޕީކޮށް ކްލައިންޓްގެ ފޭސް ފެންނަނީ. ވަރަށް ހެޕީ އޭ ވަރަށް ހިތްހަމަޖެހެއޭ ބުނޭ ވަރަށް ގިނަ ކުދިން"

އެންމެ ކުރާހިތްވަނީ ބޮޑަށް ނެޓުރަލް މޭކަޕް

"ޝަމް އެންމެ ކުރާހިތްވަނީ ބޮޑަށް ނެޗުރަލް މޭކަޕް. ގިނައިން ކުރެވިފައިވެސް ހުންނާނީ ވަރަށް ނެޗުރަލް އެއްޗެސް. އެހާ ގޮތްބޮޑު ނޫން މޭކަޕް"

އާއްމުކޮށް ކުރަނީ ބްރައިޑްސް މެއިޑްގެ މޭކަޕް

"އަންހެން ކުދިންގެ މޭކަޕްތައް ކުރަނީ. ކުޑަކުދިންގެ މޭކަޕްތައްވެސްކޮށް އުޅެން. މޯސްޓްލީ ހަމަ ބްރައިޑްސް މެއިޑް ކުރެވިފައި ހުންނާނި. ދެން ޕާޓީތަކަށް

ޝަމްގެ މޭކަޕެއް

ތަފާތު މޭކަޕެއް ވަރަށް ނުކުރަން. އެކަމަކު އެކަތި އިންނާނެ ހާއްސަ ދުވަހަކަށް ހަދާފައި

"ވަރަށް ތަފާތު މޭކަޕްތައް ނުކުރަން. އިންނާނެ ސްޓޮޕް ވަޔޮލެންސް އެގެއިންސްޓް ވުމެންސް ޑޭއަށް ޓްރައިލް އެއްޗެއްކޮށްލާފައި އިންނާނެ ވުމެންސް ޑޭއަށް. އެ ޓްރޫ ސްޓޯރީއެއްގެ މައްޗަށް ބިނާކޮށްފައިކޮށްލާފައި އިން އެއްޗެއް. އެ ޓެސްޓަކަށް ކުރިކަމެއް. އެއަށް ބޭނުންކޮށްފައި އިންނާނި ލިޕްސްޓިކް ދެން ބްލެކް ކިލުއިގެ މޭކަޕް ބޭނުންކޮށްގެން މޫނު މަތީގައި މީހަކު ޖަހާފައި ހުރި ނިޝާންތައް ހުންނަ ގޮތަށް ހަދާފައި، އޭތި ފުދޭވަރަކަށް ޝެއާވެސް ކުރި ފޭސްބުކްގައި"

ޝަމްގެ ތަފާތު މޭކަޕެއް

މި ދާއިރާގައި އެންމެ އުފާވި ދުވަސް

"މި ދާއިރާގައި އެންމެ އުފާވި ދުވަހަކީ ލަންކާގައި ކޯސް ނިންމާލި ދުވަސް. އެ ދުވަހު ވަރަށް ބުރަކޮށް އުޅެ އެ ދުވަހު ވަރަށް ފަތިހާ ހޭލައިގެން ވަރަށް މަސައްކަތުން ބްރައިޑެއް ރީތިކޮށްގެން ފުދޭވަރަކަށް ރަނގަޅު ކޮމެންޓްސް ޓީޗަރުގެ ފަރާތުން ލިބުނު ދުވަހެއް އެއީ. އެ ދުވަހު ވަރަށް އުފާވި

އިތުރަށް ދަސް ކުރަން ބޭނުންވާ ސްޕެޝަލް އެފެކްޓް މޭކަޕް އެއްޗެސް

"ބޭނުންވަނީ އަސްލު ކުރިއަށްދެވެން އޮތް އެންމެ މައްޗަކަށް ކުރިއަށްދާން. ދެން ބޭނުންވޭ ސްޕެޝަލް އެފެކްޓް މޭކަޕް"

ކޮންމެެވެސް ދުވަހަކުން ފިލްމްސްޓާޜެއްގެ މޭކަޕެއްކޮށްލާނަމޭ ހިތައް އަރާ

"ނެތް އަނެއްހެން ވަކި ހާއްސަ މީހެއްގެ މޭކަޕެއްކޮށްލަން ބޭނުންވާ. ކޮންމެވެސް ފިލްމް ސްޓާރެއްގެ މޭކަޕެއްކޮށްލާނަން ހިތައް އަރާ ކޮންމެވެސް ދުވަހަކުން

މޭކަޕްގެ ދާއިރާގައި މިއަދު ޝަމްކީ ވިދާނެ މީހެކެވެ. އޭނާ އެ މަސައްކަތް ކުރަމުން ދަނީ ލިބޭ ހުސްވަގުތުތަކުގައި ނަމަވެސް، އޭނާއަށް ލިބޭ ފުރުސަތުތައް މަދެެއް ނޫނެވެ.