ބޮލީވުޑްގެ މަގްބޫލު ތަރި ސަންޖޭދަތު ކެންސަރު ބަލިން ރަނގަޅުވެއްޖެ ކަަން އިއުލާނުކޮށްފިއެވެ.

ސަންޖޭދަތުގެ ފޭނުންނަށް ލިބިގެން ދިޔަ ހިތާމަވެރި އެއް ހަބަރުގެ ގޮތުގައި އޭނާގެ ފުއްޕާމޭއަށް ކެންސަރު ޖެހުނު ހަބަރު ވާނެ އެވެ.

އޭނާ މިއަދު ވަނީ މީސް މީޑިއާ މެދުވެރިކޮށް އެ ބަލިން އޭނާ ރަނގަޅުވެފައިވާ ކަން ހާމަކޮށްފައެވެ. އޭނާ އެކަން ހާމަކޮށްފައި މި ވަނީ އޭނާގެ އެއްމާބަނޑު ދެ ކުދިން ކަމަށްވާ ޝަހްރާން އާއި އިގްރާގެ 10 ވަނަ އުފަން ދުވަހާއި ދިމާކޮށެވެ.

"ފާއިތުވި ދުވަސްތައް ދިޔައީ އަހަރެންގެ އާއިލާ އާއި އަހަރެންނަށް އުނދަގޫ ދުވަސްތަަކަކަށް، އަހަރެންގެ ދަރިންގެ އުފަން ދުވަހު އަހަރެން ހާމަ މި ކުރަނީ އެ ބަލިން އަހަރެންނަށް ޝިފާ ލިބިއްޖެ ކަމުގެ އުފާވެރި ހަބަރު". އޭނާގެ ޕޯސްޓުގައި ވެއެވެ.

އޭނާ ވަނީ އެ ބައްޔަށް ފަރުވާ ހޯދަމުންދިޔައިރު، އޭނާގެ އާއިލާއަށް އޭނާއަށް ސަޕޯޓް ކުރާ މީހުން ދެމުންގެންދިޔަ ހިތްވަރާ، އޭނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ދުއާ ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ސަންޖޭދަތު އޭނާގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނީ ކޮކިލާބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލްގައެވެ.

އޭނާ ވަނީ ކެންސަރަށް ފަރުވާ ހޯދަމުންދިޔައިރުވެސް ފިލްމްތަކުގެ ޝޫޓިންގއަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ފުއްޕާމޭގެ ކެންސަރު ލެވެލް 4 ގައި ހުރި މީހަކަށް ތިހާ އަވަހަށް ތި ބަލިން ފަސޭހަވީ ކިހިނެއްބާ!

  2. އާސިދާ

    ކުޅަދުން ވަންތަކަން އެވަރުވެސް ނޭނގޭތަ..ހުސޭނުބެއަށް..

    19