އަނބުޅައަކީ ހުތް ފޮނި މޭވާއެވެ. އަދި އެއިން ގިނަ ސިއްޙީ ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. މީގެ އިތުރުން އަނބުޅަ ގަހުގެ ފަތަކީވެސް ސިއްޙީގޮތުން ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. ބައެއް ބޭސް ބަލިތަކަށް ފަރުވާ ކުރުމަށްވެސް އަނބުޅަ ގަހުގެ ފަތް ބޭނުން ކުރެވިދާނެއެވެ.

މިގޮތުން އަނބުޅަ ގަހުގެ ފަތް ހިއްކައި، ޗިސްކޮށްގެން އެކެޔުމުގެ ސަބަބުން އަނގަފާރު ރަގަނޅު ކުރުމަށް ބޭނުން ކުރެވިދާނެއެވެ. މިއީ ވަރަށް އިހު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ ކަމެކެވެ. މީގެ އިތުރުން ފަތް ޗިސްކޮށްގެން ކައިގެން ބަނޑުގައި ރިހުން އަދި ބޭރަށްހިންގުންފަދަ ބަލިތަކުންވެސް ސަލާމަތްވެވިދާނެއެވެ. މީގެ އިތުރުން
ފަތް ކައްކައިގެން އޭގެ ދިޔަ، ލޯޝަނެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ.
ވިހެއުން ފަސޭހަކޮށްދީ ވިހެއުމުގެ ތެރޭގައި ލޭފޭބުން މަނާކުރުމަށް މިފަތް ޒަމާނުއްސުރެ ދިޔައީ ބޭނުން ކުރަމުންނެވެ.

މީގެ އިތުރުން ހަމުގައި ހުންނަ ފާރު، ކަނޑައިގެންދާ ތަންތަން، ފިހޭ ތަންތަން ރަނގަޅު ކުރުމަށްވެސް އަނބުޅަ ފަތް ބޭނުން ކުރެއެވެ. އަދި ފަނިވުމުން ފަނި ބޭރު ކުރުމަށްވެސް އަނބުޅަވަރެއް ހަމަ ނެތެވެ.