ދުނިޔޭގައި މީސްމީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ކުރިއަރައިގެން އައީ ޓިކްޓޮކްއެވެ. ދިރިއުޅުމުގެ އުކުޅުތައް ދަސްކުރުމާއި ސަކަރާތް ޖެހުމާއި މަޖާ ވީޑިއޯތަކުން މުޅި ޓިކްޓޮކް ވަނީ ފުރާލައިފައެވެ. ޓިކްޓޮކްގައި އެންމެ މަޝްހޫރުކޮށް ދެކެވޭ އެއް ވާހަކައަކީ ކެއްކުމާ ގުޅުން ހުރި ވާހަކަތަކެވެ.

ޓިކްޓޮކްގައި އަވަހަށް ކައްކާނެ ގޮތާއި މޭވާ އާއި ތަރުކާރީ ފަދަ ތަކެތި އަވަހަށް ކޮށާނެ ގޮތް ވެސް ބުނެދޭ މީހުން އުޅެއެވެ. މީގެ ކުރިން އާއްމުކޮށް ނޭނގޭ އެތައް ކަމެއް ޓިކްޓޮކް ކުޅޭ މީހުންގެ ފަރާތުން އެނގޭ ފަހަރު ވެސް އާދެއެވެ.

އެގޮތުން މިފަހަރު ޓިކްޓޮކައެއް މި ދަސްކޮށްދިން އުކުޅަކީ ވެސް އާ އުކުޅެކެވެ.

އާންމުކޮށް ގިނަ މީހުން ލޮނުމެދު ނޮޅަނީ ވަޅިން ލޮނު މެދުގެ މެދަށް ވާ ގޮތަށް ޖަހާލުމަށް ފަހު، ނޫނީ ލޮނުމެދުގެ ކޮޅުން ފެށިގެންނެވެ.

https://www.tiktok.com/@k_ali98/video/6809354594662042886

ނަމަވެސް ޓިކްޓޮކަ އެއް މިވަނީ ލޮނު މެދު ނޮޅަން މުޅިން އާ ގޮތެއް ކިޔައި ދީފައެވެ. މިއީ ހަމަގައިމު ވެސް އާންމުކޮށް ލޮނުމެދު ނޮޅާ ގޮތް ކަމަށް ބުނެވޭކަށް ނެތެވެ.

ޚުޝީ އަލީގެ ނަމުގައި ހަދާފައިވާ ޓިކްޓޮކް އައިޑީއެއްގައި އަންހެނަކު ވަނީ ވަކިވަކި ލޮނުމެދުތައް ބޯތަށްޓަކަށް ލުމަށް ފަހު 30 ސިކުންތު ވަންދެން މައިކްރޯވޭވްކޮށްފައެވެ.

 

Garlic hack in microwave

ލޮނުމެދު މައިކްރޯވޭވް ކުރާ އިރު "ހިސްސްސް" މި ޒާތުގެ އަޑެއް އަޑު އިވޭނެއެވެ. އެއަށް ފަހު ޒުވާރިން ޕޮޕްކޯން ހަދާއިރު ކިޔާ ފާޑުގެ އަޑެއް އިވޭނެއެވެ.

ހާސް ނުވާށެވެ. ލޮނުމެދުތައް ފަޅައިގެން ދަނީކީ ނޫނެވެ.

މައިކްރޯވޭވްކޮށް ނިމޭ އިރު ޚުުޝީގެ ވީޑިއޯގައި ފެންނަ ގޮތުން ލޮނުމެދުގެ ބޭރު ތޮށިތައް ހުންނަނީ އެއްކޮށް ނޮޅިފައެވެ.

Garlic_hack_finished blistered

ނަމަވެސް މައިކްރޯވޭވްކުރުމުން ލޮނުމެދުތައް ކޮންމެވެސް ވަަކަށް މަޑުވެއެވެ.

އެހެންކަމުން ރިހަ ކަހަލަ އެއްޗެހި ކައްކާއިރު މިގޮތަށް ލޮނުމެދު ނޮޅިއަސް ލޮނުމެދު ރަހަ ގަދަކޮށް ބަހައްޓަން ބޭނުންވާ ފަދަ ކެއުންތަކުގައި ހިމަނަން ލޮނުމެދު ނޮޅަން މިއީ އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްވަ

    ތިހުރިހާ ބޭކާރު ކަމެއް ކޮށްފަ، ފަހުވަގުތު ކަރަންޓުބިލް ބޮޑުވެގެން ހަޅޭއްލަނީ

    4
    1
  2. ދަރަނި ދަންތުރަ

    ތިއީ އާކަމެއްނޫން މަގޭ މަންޖެ ތިގޮތަށް ލޮނުމެޑުން ތޮށިނޮޅާތާ 15 އަހަރުވެއްޖެ

    3
    1