ޓެލެގްރާމް ބޮޓަކަށް އަންހެނުންގެ ފޮޓޯ ފޮނުވުމުން ލައިގެން ހުންނަ ހެދުން ރިމޫވް ކޮށްލުމަށްފަހު އެމީހުންގެ ފޭކް ބަރަހަނާ ފޮޓޯއެއް އުފައްދައިގެން އެފޮޓޯ އަނެއްކާވެސް ޓެލެގްރާމްގައި އާއްމު ކުރަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ކުރަމުން އަންނަނީ ކޮން ގައުމެއްގެ ބައެއް ކަމެއް ނޭނގެއެވެ. ނަމަވެސް "ސީއެންއެން" އިން ބުނާ ގޮތުގައި އެތައް ހާސް އަންހެނުންނެއްގެ ބަރަހަނާ ފޮޓޯ މިގޮތައް އުފައްދައިގެން އާއްމު ކުރަމުން އެބަގެންދެއެވެ.

އަންހެނުންގެ ރީތި ފޮޓޯތައް އެޑިޓްކޮށް، އެމީހުންގެ ހެދުން "ފޮހެލުމަށް ފަހު" ފޭކް ފޮޓޯތައް އުފައްދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ކަމަށް ވެސް ސީއެންއެން އިން ބުނެއެވެ.

"މީސް މީޑިއާގައި ހަރަކާތްތެރިވާ ކޮންމެ މީހަކު ވެސް މީގެ އަމާޒަކަށް ވެދާނެ. އެހެންކަމުން މިއީ ވަރަށް ބިރުވެރިކަމެއް." އިންޓެލިޖެންސް ފާމެއް ކަމަށްވާ ސެންސިޓީ އިން ބުންޏެވެ.

ސީއެންއެން އިން ބުނާ ގޮތުގައި މިއެޕްލިކޭޝަން މެދުވެރިކޮށް އަންހެނުންގެ ބަރަހަނާ ފޮޓޯ އުފައްދާކަން ކަށަވަރު ކުރުމަށް ސީއެންއެން އިން އެތައް ފޮޓޯއެއް ޓެލެގްރާމް ބޮޓަށް ފޮނުވިއެވެ. ފޮޓޯތައް ފޮނުވުމުން އެޑިޓްކޮށް ފޮޓޯތަކުގައި ތިބޭ މީހުން ބަރަހަނާ ކުރުމަށްފަހު އާއްމު ކޮށްފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

މިފަދަ އެޕްލިކޭޝަނެއް މިދިޔަ އަހަރު ވެސް ބޭނުން ކުރަމުން އަންނަކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައެވެ.

މިފަހަރު ދިމާވެގެން އުޅޭ މައްސަލަ އާއިއެކު ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް މި އެޕްލިކޭޝަނުން އުފައްދާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި "ޑީޕްފޭކް" އުފެއްދުންތަކާއި މެދު ސަމާލުވެ ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ޤާނޫނީ ނިޒާމް މިފަދަ ކުށްތައް ކުރާ މީހުންނަށް ދެމިނުގަނެވޭނެ ގޮތައް ފަރުމާ ކުރަން ޖެހެއެވެ. މިހާރު ގިނަ ގައުމުތަކުގެ ޤާނޫނުގައި މިފަދަ ކަންކަން ހިމަނާފައި ނުހުރުމުން ކުށްވެރިން ފަސޭހަކަމާއިއެކު ސަލާމަތް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަރޭ

  މިއި ފޭސް ބުކް ނުވަތަ އެހެން ވެސް މީސްމީދިޔާ އަށް ފޮޓޯތަށް މެދު ކެދުމެއް ނެތި ނުލަ ންވީ ބަސަބު. އެމީހައަށްނޭގި އެހެން މީހަކު ނުވަތަ ބަޔަކު ތިމާގެ މިފަދަ ފޭކު ފޮޓޯ ތަކެއް އަސްލު ކަމަށް ދެކިފާނެ. އެކަމުގެ ސަބަބުންތިމާއަށްނޭގި ތިމާގެ ވާހަކ ބަޔަކު ދައްކާ މަލާމަތް ވެސްކޮށްފާނެ.

  18
  1
 2. ،ހާހެއް ނުވެއެވެ

  އިސްލާމް ދީނުގައި ފޮޓޯ ނެގުމަކީ ހަރާމް ކުރައްވާފައިވާ ކަމަކަށް ވާތީ އަހަރެންގެ އެއްވެސް ފޮޓޯއެއް ނުހުންނާނެ އެވެ

  24
  5
  • ބެއްޔާ

   އިސްލަމްދިނުގައި ފޮޓޯ ނެގުންހަރާމް ކަމެއްކަމަށް އިލްމުވެރިން ބުނާ އަޑެއް އަދި ނާހަން. މިޔުޒިކް ހަރާމްވާހަކަ ފިސާރި ގިނައިންއިވޭ.

   11
   3
  • ބުރުގާ

   އިސްލާން ދީނުގަ އިންޓަނެޓުވެސް ހަރާން. މަ އިންޓަނެޓެއް ބޭނުމެއް ނުކުރަން.. މަ އަބަދުވެސް ކޮންމެސް ސަހާބީއެއްގެ މަންތަރަކުން ހުރިހާކަމެއް ނިންމާލަނީ..

   2
   7
 3. ހުސޭނުބޭ

  ޝުރުޚީގައި އޮންނަންވީ އެގިހުރެ ބަރަހަނާވެފައި ޓެލެގްރާމަށް ލާފައި ނޭގޭކަމަށް ހަދަނީ! މިހެން ...........