ރެޕް ދުނިޔޭގައި މަޝްހޫރު ރެޕާ ނިކީ މިނާޖު އޭނާގެ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ފޭނުންނަށް ދައްކާލައިފި އެވެ. ނިކީ އާއި ކެނެތް ޕެޓީ އަށް ފުރަތަމަ ލިބުނު ކުއްޖާގެ ފޮޓޯ ފޭނުންނަށް ދައްކާލުމަށް އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި ނިކީ ވަނީ އެނިވަރސަރީ ތަހުނިޔާވެސް ކިޔާފަ އެވެ.

ބަލިވެ އިންކަން ނިކީ ހާމަކޮށްފައި ވަނީ ޖުލައި މަހުގައި އެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ކުއްޖަކަށް ބަލިވެއިންކަން ހާމަކޮށްފައި ވަނީ އޭގެ ކުރިން ކުރި ޕޯސްޓުތަކުގައި އޭނާ ހެނދުނު ވަރަށް ބަލިވެފަ ހުންނަކަން ފާހަގަ ކޮށްފައި ވަނިކޮށެވެ.

މިދިޔަ އަހަރު ނިކީ ވަނީ އޭނާ އާއި ކެނެތް ކައިވެނި ކޮށްފައިވާކަންވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް އަންގާފަ އެވެ. ނިކީ ކުއްޖަކު ބޭނުންވެފައި ހުންނަތާ އެތައް މަހެއް ވެފައި ވާއިރު 2019 ވަނަ އަހަރު ނިކީ ވަނީ މިއުޒިކް ދާއިރާއާއި ދުރަށް ދިއުމުގެ ވިސްނުމެއް އުޅޭކަމަށް ބުނެފަ އެވެ. އެގޮތަށް ވިސްނީ އެމީހުން އާއިލާއެއް ބިނާކުރަން އުޅޭތީ ކަމަށް ބުނެފައި ވެއެވެ.

https://www.instagram.com/p/CGnMmx-r5SK/?igshid=pkd7q7ralpob

މީގެ ކުރިން ނިކީ ބުނެފައި ވަނީ އޭނާ އާއި އޭނާގެ ފިރިމީހާ ކެނެތް އަކީ ގާތް ދެ ރައްޓެހިން ކަމަށާއި ކުޑައިރުއްސުރެ ދެމީހުން އެކަކު އަނެކަކު ދަންނަ ކަމަށެވެ. އަދި އެ ކެނެތް އޭނާއަށް ވަރަށް ކަމުދާ ކަމަށްވެސް ނިކީ ބުނެފައި ވެއެވެ.

37 އަހަރުގެ ނިކީ އޭނާގެ ފުރަތަމަ ކުއްޖާ ވިހާފައި ވަނީ ސެޕްޓެމްބަރު 30 ގައި އެވެ. އޭނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    އެއީ ދަރިފުޅުގެ ފޮޓޯތަ....؟؟؟

    21
  2. އަންނި

    މިކީއާ އެއްވެސް ތަފާތެއްނެތް.

    17
  3. ޙުސޭނު

    ވަރަށް ހުތުރު.. ކަމަކުނުދޭ.. ފޫހި.

    1
    7