ބައެއް މަޝްހޫރު ތަރިންނަށް މި ވަނީ އޭލިއަންތަކެއް ކަމަށް ބުނާ އެއްޗެއް ފެނިފައެވެ. އެހެންކަމުން އެ މީހުންގެ ބަހަށް ހެއްލެންވީ ހެއްޔެވެ؟ އޭލިއަން ދުނިޔެއަށް އަންނާނެ ކަމަށް އިންތިޒާރު ކުރަންވީ ހެއްޔެވެ؟.

އޭލިއަން ފެނުނު ކަމަށް ބުނާ ބައެއް ތަރިންނަށް ބަލާލަމާ ހިނގާށެވެ.

މައިލޭ ސައިރަސް

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލޭ ސައިރަސް މި ވަނީ އޭނާއަށް އޭލިއަންތަކެއް ފެނުނު ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން މާބޮޑު އެއްޗެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނީ، އެ ވަގުތަކީ އޭނާ މަސްތުހާލުގައި ހުރި ވަގުތެއް ކަމަށެެވެ.

"އަހަރެން ކާރުގައި ދިޔައީ ރަހުމަތްތެރިއަކާއެކު، ދަނިކޮށް އަހަރެންނަށް ފެނުނީ، އަހަރެންނަށް ޔަގީން އަހަރެންނަށް އެ ފެނުނު އެ އެތި، އެކަމަކު އަހަރެން ވަނީ މަސްތުވާތަކެތި އެގަޑީގައި ބޭނުން ކޮށްފައި". މެގަޒިން އަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވެއެވެ.

އިތުރަށް އޭނާ ބުނެފައި ވަނީ، އެ އޭލިއަން ފެނުމުން އޭނާ ބިރުގަތް ކަމަށެވެ.

ޕޯސްޓް މެލޯން

ރެޕް ލަވަކިޔުންތެރިޔާ ޕޯސްޓް މެލޯންވެސް މި ވަނީ ޗެޓް ޝޯވއެއްގެ ތެރެއިން އޭނާއަށް އެތައް ފަހަރަކާއި އޭލިއަން ދިމާވި ކަމަށް ބުނެފައެވެ. އޭނާ ބުނީ އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް (ޔޫއެފްއޯ) އޭނާއަށް ފެނިފައި ވަނީ ނިއު ޔޯކް އާއި އުޓާހް އާއި ކެލިފޯނިއާ އިން ކަމަށެވެ. އަދި އެ ޔޫއެފްއޯ ފެނިފައި ވަނީ އޭނާއަށް އެކަނި ނޫން ކަމަަށާއި، އޭނާއެކު އެެއިރު ތިބި އެހެން މީހުންނަށްވެސް އެ އޭލިއަންތައް ފެނުނު ކަމަށް އޭނާ ބުންޏެވެ.

ރުސެލް ކްރޮވް

އޮސްކާ ހާސިލް ކުރި ރުސެލް ކްރޯވް ބުނާގޮތުގައި، އޭނާއަށް ހަމައެކަނި ފެނުނީ ޔޫއެފްއޯ އެެއް ނޫނެވެ. އޭނާ ވަނީ އެ މަންޒަރު ވީޑިއޯ ކޮށް ޔޫޓިއުބްއަށްވެސް ލާފައެވެ. ސިޑްނީ މަތިން ދިޔަ ރީނދޫ އަދި ރަތް ކުލައިގެ އަލިގަނޑަކީ އެއީ ޔޫއެފްއޯ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޒޭން މާލިކް

ލަވަކިޔުންތެރިޔާ ޒޭން މާލިކްއަށްވެސް އޭލިއަންއެއް ވަނީ ފެނިފައެވެ. އެކަމަކު އޭނާއަށް ފެނިފައި ވަނީ ހުވަފެނުގައެވެ. ޒޭން ބުނެފައިވާގޮތުގައި އޭނާ ވަން ޑައިރެކްޝަން ދޫކޮށްލަން ނިންމީ އެހެންވެގެންނެވެ. އޭނާ މެގަޒިންއަކަށް މައުލޫމާތު ދެމުން ބުނީ، އެ އޭލިއަން އޭނާއާ ވާހަަކަދެއްކި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Premier

    Too Me toޮ

    3
    2
  2. އެމަންޖެ

    ކޮބާ އެއްމެ މަޝްހޫރުމީހާ ކެނެރީގޭ ނަޝީދުގެ ނަން...؟؟

    15
    1
  3. ޔާސިރު

    އޭލިއަނުން އެއް ނޫން.
    އެމީހުންގެ ޝައިތާނުންތައް
    ޝައިތާނުންނަށް އަޅުކަން ކުރާ ބައެއް ވިއްޔާ

    19
    1