އެމެރިކާގެ ރައްޔިތެއް ކަމަށްވާ ބްރެންޓް އަންޑާވުޑް މި އުޅެނީ މީހުން ދިިރިނޫޅޭ އަވަށެއްގައެވެ. ކެއްރޯ ގޮރްޑޯގައި އޭނާ އުޅެމުންދާތާ ހަ މަސް ދުވަސް ވެއްޖެ އެވެ. ޔަގީނުންވެސް އެފަދަ ތަނެއްގައި އުޅެން ވަރަށް ބިރުގަންނާނެއެވެ. އެހާ ދުވަސް ވަންދެން މީހުން ނޫޅޭތަނަކަށް ވުމުން ނާމާންވެސް ވާނެއެވެ. އަދި ރޫހާނީ އެއްޗެހިވެސް އުޅޭނެއެވެ.

އެ އަވަަށަކީ 1866 ވަނަ އަހަރު ތެރޭގައި ފެނުނު އަވަށެކެވެ. އެ އަވަށް ބޭނުން ކުރަމުން ދިޔައީ މައިނިންގ މަސައްކަތަށެވެ. ނަމަވެސް 1950 ވަނަ އަހަރުން ފެށިގެން އެ އަވަށް ވަނީ ފަޅުވެފައެވެ.

އެ އަވަށް ގަތް އެމެރިކާގެ ރައްޔިތެއް ކަަމަށްބާ އަންޑާވުޑް ފާއިތުވި ހަ މަސް ދުވަސް އުޅެމުން ގޮސްފައި ވަނީ އެ އަވަށުގައެވެ. އެއީ ލޮސް އެންޖަލަސް އާއި ލަސް ވެގަސް އާ ދެމެދު އޮންނަ އަވަށެކެވެ. އޭނާ އެ ދަނީ އެ އަވަށުގައި ތަންތަން ހެދުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ އެ އަވަށް ގަނެފައި ވަނީ 2018 ވަނަ އަހަރު ތެރޭގައެވެ. އޭނާގެ ރަހުމަތްތެރިއަކާއެކު 1.4 މިލިއަން ޑޮލަރަށް އެތަން އޭނާ ގަތް އިރު، އޭނާގެ މަަގްސްދަކަށް ވެފައި ވަނީ އެތަން ފަތުުރުވެރިންނަށް ހުޅުވާލުމެވެ.

އެތަން ގަތް ފަހުން އަންޑާވުޑް ވަނީ އެތަނަށް އެތައް ފަހަރަކު ގޮސްފައެވެ. އަދި މި އަހަރު ކުރީކޮޅު އޭނާ ބޭނުންވީ އެތަނުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އޭނާ އެތަނަށް ދިޔަ ފަހުން އެތަން އަލުން ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެށިއެވެ.

އަންޑާވުޑް ބުނާގޮތުގައި، އެތަނުގައި މަސައްކަތް ދަނީ ވަރަށް ދަށް ސްޕީޑެއްގައެވެ. އެއީ އެތަން ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ އެއްޗެހި ނުލިބޭއިރު، އެފަދަ އާލާތްތައް ގަންނަން އޭނާ ތިންގަޑިއިރުގެ ދަތުރެއް ކުރަން ޖެހުމެވެ. އަދި ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅަން ޖެހޭތީ އެވެ.

އޭނާ ފުރަތަމަ ބޭނުންވީ އެތަނުގައި މަދު ދުވަސްކޮޅެއް ހޭދަ ކޮށްލާށެވެ. ނަމަވެސް އެތަނުގައި ހުއްޓާ ކޮވިޑް-19 ޕެންޑެމިކް އާ ދިމާވިއެވެ. އެހެންވެ އޭނާ ނިންމީ އެތަނުގައި މަޑު ކުރާށެވެ. އަދި ސްނޯގެ ތޫފާނެއް އައުމުގެ ސަބަބުންވެސް އޭނާ އެތަނުގައި މަޑުކުރަން މަޖުބޫރު ވީއެވެ.

އޭނާ އެތަނުގައި ދިރިއުޅެމުން ދިޔައީ ވަރަށް ހާލުގައެވެ. ނަމަވެސް ސްނޯގެ ސަބަބުން އޭނާއަށް ފެން ލިބުނެވެ. އަދި އެތަނުގައި އޭނާ ކައި އުޅެނީ ބަންދުކޮށްފައި ހުންނަ ކާތަކެއްޗާއި ބަތެެވެ.

އަދި އެތަނުގައި ގެއެއް ހުންނައިރު، އެގޭގައި ފިނި ހެދުމުގައި އެއްޗެހި ހުރުން ވެގެން ދިޔައީ އޭނާގެ ނަސީބަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Yeah

    Me too

    5
    2
  2. ބޯހަލާކުވޭ

    ޖިންނި އަވަށެއް ނޫނޭ! ފަޅު އަވަށެކޭ. މާ މޮޅުވާންވެގެން އާބަސްތަކެއް ތިއުފައްދަނީ މޮޔަވެގެންތޯ؟

    1
    1