ބޭނުންވާ ތަކެތި

1 ބޮޑު ޕާން
200ގ ބޯންލެސް ކުކުޅު (ލޮނުލައިގެން ފެނުކައްކާފަ ނުވަތަ ބޭނުން ނަމަ ރޯފިލާ ވަރަށް އަވަނުން ފިހެލެވި ވެސް ދާނެ)
1 ބޮޑު ފިޔާ (ތަންކޮޅެއް ކުދިކޮށް ކޮށާފަ)
1 ޓޮމާޓޯ (ފޮތި ފޮއްޗަށް ކޮށާފަ)
ކެރެޓެއްގެ އެއްބައި (ކުދިކޮށް ކޮށާފަ)
1/2 ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފަ)
2 ލެޓިއުސް ފަތް (ބޮޑެތިކޮށް ކޮށާފަ)
1/3 ސައިސަމުސާ މުގުރި އަސޭމިރުސް
3 މޭޒު މަތީ ސަމުސާ މެޔޮނޭސް ޗީޒް ފޮތި (ބޭނުން ނަމަ)
ލޮނު

ތައްޔާރު ކުރާނެގޮތް

ކުކުޅު މަސްކޮޅު ފެނުން ނަގާ ހިއްކާލާށެވެ (އަވަނުން ފިހުނީ ނަމަ ހިހޫ ވަންދެން ނަގާފައި ބަހައްޓާށެވެ.) އެއަށް ފަހު މަސްކޮޅު ކުދިކޮށް ކޮށާލާށެވެ. ދެން ވަކިން ތައްޓެއްގައި ފިޔާ، އަސޭމިރުސް އަދި ލޮނު އެޅުމަށްފަހު މޮޑެލާށެވެ. ރަނގަޅަށް މޮޑުމަށްފަހު ފިޔާކޮޅުގެ ތެރެއަށް ކުކުޅު މަސްކޮޅު ވެސް އަޅާފައި މޮޑެލާށެވެ. އަދި އެއަށްފަހު މެޔޮނޭސް އަޅާ މޮޑެލާށެވެ. ޕާން ފޮތީގައި މެޔޮނޭސް ކޮޅެއް ހޭކުމަށް ފަހު މަސް ކޮޅެއް އަޅާ އޭގެ މަތީގައި ޓޮމާޓޯ ފޮއްޗެއް ނުވަތަ ދެ ފޮތި ބޭއްވުމަށްފަހު ލެޓިއުސް ފަތް ކޮޅަކާއި ޗީސް ފޮއްޗެއް ބާއްވާ އަނެއް ޕާންފޮތި އޭގެ މަތީގައި ބާއްވާށެވެ. ޓޯސްޓް ކޮއްގެން ކާން ބޭނުން ނަމަ މިގޮތަށް ސޭންޑްވިޗް ތައްޔާރު ކުރުމަށް ފަހު ޓޯސްޓަރަށްލާ ފިހެލާށެވެ.