ބޭނުންވާ ތަކެތި

1 ޕެކެޓް އިންސްޓެންޓް ޗޮކްލެޓް
މިކްސް ޕުޑިންގ
2 ޖޯޑު ކިރު
1/2 ޕެކެޓް ޗިކްލެޓް ވެފާސް
ވިޕްޑް ކްރީމް (ފިނިކޮށްފައި)
ކެރަމަލް ސޯސް
1/3 ޖޯޑު ނަޓްސް (ކޮށާފައި)
1 ސްނިކާށް ބާރ (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް

ކިރާއި ޗޮކްލެޓް މިކްސް ޕުޑިންގ ރީއްޗަށް ގިރާލުމަށްފަހު ސެޓް ވަންދެން އިރުކޮޅަކު ބަހައްޓާލާށެވެ. (ނޫނީ ފޮށީގެ ބޭރުގައި ލިޔެފައިވާ ގޮތަށް އަމަލުކުރާށެވެ.) ޓްރޭއެއްގައި ޗޮކްލެޓް ވެފަރ އިން ބޭސްއެއް އަޅައިލުމަށްފަހު އޭގެ މައްޗަށް ވިޕްޑް ކްރީމް ލޭޔަރ އެއް އަޅާލާށެވެ. ކެރަމަލް ސޯސްކޮޅެއް ބުރުވާލުމަށްފަހު ޗޮކްލެޓް ޕުޑިންގ ލޭޔަރ އެއް އަޅާލާ ނަޓްކޮޅެއް ބުރުވާލާށެވެ. މިގޮތަށް އިތުރު ލޭޔާރ އެއް ނޫނީ ދެ ލޭޔަރ އަޅާލެވިދާނެއެވެ. އެންމެ މައްޗަށް ކެރަމަލް ސޯސް ކޮޅެއް އަޅާލުމަށްފަހު، ސްނިކާސް އަޅާލާށެވެ. ސާރވް ކުރާނީ ފްރިޖަށްލައި ފިނިކޮށްގެންނެވެ.