އެއްމާބަނޑު ކުދިން ލިބެނީ މަދު ބަޔަކަށެވެ. އެއްމާބަނޑު ކުދިން ލިބޭއިރު އެއްވައްތަރުޖަހާ ކުދިންނާއި ދެ ޖިންސުގެ ކުދިންވެސް ލިބޭފަހަރު އާދެއެވެ. ލޫސިއާނާގެ މި އާއިލާއަށް މިވަނީ 6 އަހަރުފަހުން އެއްމާބަނޑު ދެ އަންހެން ކުދިން ލިބިފަ އެވެ. މީގެ 6 އަހަރުކުރިން މި އާއިލާއަށް ލިބިފައި ވަނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ.

އެރިން އާއި ޖޭކް ކްރޭޑޯ ނަމަކަމަށް ކިޔާ މި ދެމެފިރިންނަށް އެއްމާބަނޑު ދެކުދިން ލިބޭކަން އެނގުމުން ތިބީ ޝޮކެއްގައި އެވެ. އެއީ މިހާރުވެސް އެއްމާބަނޑު ދެކުދިން އެމީހުންގެ ތިބޭތީ އެވެ. މިގޮތަށް އެއްވައްތަރުޖަހާ ކުދިން ލިބުމަކީ ކޮންމެ 111،111 ފަހަރަކުން އެއްފަހަރު ވާ ކަމެކެވެ.

މި ދެމެފިރިންނަށް ފުރަތަމަ ލިބުނު އެއްމާބަނޑު ދެކުދިންނަށް ދީފައި ވާ ނަމަކީ ކޫޕާ އާއި ގްރާންޓް އެވެ.

އެރިން ނަމަކަށް ކިޔާ އެ އަންހެން މީހާ އާއި ކްރޭޑޮސް ނަމަކަށް ކިޔާ މި ދެމަފިރިން ބުނީ އެއްމާބަނޑު ދެކުދިން ލިބޭނެ ކަމަށް އެމީހުން އެއްގޮތަކަށްވެސް އުންމީދު ނުކުރާ ކަމަށެވެ. އަދި ފަހުން ލިބުނު ދެ އަންހެން ކުދިން ވިހެއުމުގެ ކުރިން ނެގި އަލްޓްރާސައުންޑް އެކުދިންގެ ބައްޕައަށް ފޮނުވުމުން އޭނާ ހީކުރީ އެއީ ކުރިން ލިބުނު ދެ ފިރިހެން ކުދިންގެ އަލްޓްރާސައުންޑް ސްކޭން ކަމަށް އެކުދުންގެ މަންމަ ބުނެފައި ވެއެވެ.

އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުއިރު އިރު އެރިން ކޮވިޑް-19 އަށް ފައްސިވެސް ވެފަ އެވެ. އެގޮތުން އޭނާ ފައްސިވީ އޮގަސްޓް މަހުގައި އެވެ. އޭގެ ސަބަބުން ސެޕްޓެމްބަރު 22 ގައި އޭނާ ޖެހުނީ ދުވަސް ނުފުރައި ކުދިން ވިހާށެވެ. އެކުދިން ވިހީ އޭނާގެ ބަނޑަށް 32 ހަފްތާގައެވެ.

ލޯލާ އާއި އެލީ ނަމަކަށް ކިޔާ އެއްމާބަނޑު ދެކުދިންނަށް 4 ހަފްތާ ވަންދެން ހޮސްޕިޓަލުން ފަރުވާ ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު