ކުރީގެ މަޝްހޫރު މޮޑެލް ކޭޓީ ޕްރައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާގެ ދަތްތައް ރީތި ކުރުމުގެ ގޮތުން ލެއްވި މަސްނޫއީ ދަތްޕިލަ ވެއްޓިއްޖެއެވެ. އެ ދަތްޕިލަ ވެއްޓުމުގެ ސަބަބުން އޭނާގެ އަސްލު ދަތްތައް ފެނެއެވެ. އޭނާގެ ދެ ދަތް ދޭތެރޭގައި ހުސްކަމެއް ހުންނައިރު، އެ ދަތްތައް ވަރަށް ބޮޑަަށް ހަލާވެފައިވާ ކަން އިނގެއެވެ.
އުމުރުން 42 އަހަރުގެ ކޭޓީ ވަނީ މިދިޔަ އޮގަސްޓް މަސް ތެރޭގައި ތުރުކީއަށް ގޮސް މަސްނޫއީ ދަތްޕިލައެއް ޖަހާފައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން، ކޭޓީ އަނެއްކާވެސް އެނބުރި ތުރުކީއަށް ގޮސް މަސްނޫއީ ދަތްޕިލަ ޖަހާނެއެވެ. މިވަގުތު އޭނާ ހުރީ ލޯބިވެރިޔާއާއެކު ރާއްޖޭގައި ނަމަވެސް، މި ޗުއްޓީ ނިންމާފައި އޭނާ ދާނީ ތުރުކީއަށް ކަމަށް ކޭޓީގެ މެނޭޖަރު މެއިލް އޮންލައިންއަށް ބުނެފައި ވެއެވެ.
އޭނާ ރައްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރަމުންދާއިރު، އެ ފޮޓޯތަކުން އޭނާގެ މަސްނޫއީ ދަތްޕިލައިގެ ހުދުކަން ފެނިގެން ދެއެވެ.
ދަ ސަން ނޫހަށް މައުލޫމާތު ދެމުން،މީހަކު ބުނެފައި ވަނީ، އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ދިއުމުގެ ކުރިންވެސް އެ ދަތްޕިލައިގެ އެތެރޭގެ ދަތްތައް ފައިބާފައިވާ ކަމަށާއި، ނަމަވެސް އެކަން ފާހަގަނުވެ އޮތީ ފެންނަން ހުންނަ ދަތްތަކަށް ނުވުމުން ކަމަށެވެ.
ކޭޓީ މީގެ ކުރިންވެސް ދަތުގެ މައްސަލަތައް ދިމާވެ ފަރުވާ ހޯދިއެވެ.
އެއީ ދަތްޖަހަން ވެގެން އަސްލު ދަތްތައް ގާނާފަ.
މިއީ އޭނާގެ އަސްލު ދަތެއް ނޫން. ދަތް ޖހަން ގާނާފަ އެހުރީ. ޢަހަންނަކީ ދަތުގެ ޑަކުޓަރެއް.
އަސްލުދަތް ނުނީ ގާނާފަ އެއީ ޔޫގެ މަންމަތަ؟
ތިގޮލާވެސް ތީ ރަނގަޅަކަށް ވަންޏާ މަސްނޫއީ ގޮލައަކަށް ވާނީ..
90 އަހަރުގެ މަމަގަނޑެކޭ މީނަގެ ހުރި ތަފާތަކީ ކޮބައި؟ މާމަވެސް ހީލީމާ ފެންނާނެ ޖަހާފައި ހުންނަ ދަތްތައް!
އަވަހަށް ސަރުކާރުގެ ޚަރަދު މީނާ އަށް ދަތްޕުޅެއް ދެއްވާ
ދެން އަހަރެމެން އައް ކޮންކަމެއް
ރާއްޖެ އައިސް އުޅެނިކޮށް ތިއޮތީ ސަންތި މަރިޔަބާ ދިމާވެފައި. ދަތް ޖަހާ ނުނިމެނީސް ތިއޮތީ އާދެވިފައި.