އިނގިރޭސިވިލާތުގެ ޝާހީ ކައިވެނީގެ ވާހަކަތައް އަދި ނިމޭކަށް ނޫޅެއެވެ. ކައިވެނީގެ ވާހަކައިގެ ތެރެއިން މިއަދު ފެތުރެމުންދާ ވާހަކައަކީ މޭގަން މާކެލް ލައިގެން ހުރި ވެޑިން ޑްރެސްއަކީ ކޮޕީއެއް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަަކެވެ.

މީސް މީޑިއާގައި ހިޔާލުފާޅުކުރި މީހުން ބުނާ ގޮތުގައި މޭގަންގެ ހެދުމާއި އެއްގޮތައް ފަހާފައި ހުރި ހެދުމެއް 2001 ވަނަ އަހަރު ޖެނިފާ ލޮޕޭޒް "ވެޑިން ޕްލޭނާ" ކިޔާ ފިލްމުގައި ލައިގެން ހުއްޓެވެ.

ކައިވެނީގެ ހެދުން ފަހާ މީހުން ވެސް އެހެން މީހުން ކުރިން ބޭނުންކޮށްފައިވާ ކައިވެނީގެ ހެދުންތަކުން ޚިޔާލުތައް ހޯދައެވެ. ނަމަވެސް މޭގަން ކައިވެނި ކުރި ދުވަހު ލައިގެން ހުރި ހެދުން ޖޭލޯގެ ހެދުމާއި ވައްތަރުވެފައި ވަނީ މޭގަން އާއި ހެރީ އެގޮތައް ހެދުން ފަހަން ބޭނުން ވެގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން ކައިވެނި ކުރި ދުވަހު ލައިގެން ހުރި ހެދުމަކީ 270000 އެމެރިކާ ޑޮލަރުގެ އަގުހުރި ހެދުމެކެވެ. މޭގަން އާއި ޖޭލޯގެ ހެދުމުގެ ފޮޓޯތައް މީސް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ދަނީ ދެހެދުމާއި ބެހޭ ގޮތުން ބަހުސް ކުރަމުންނެވެ.

ބައެއް މީހުން ބުނަމުން ގެންދަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން މޭގަން ފެހި އަގުބޮޑު ހެދުން އޮތީ ކޮޕީ ކޮށްފައި ކަމަށެވެ. ނަމަވެސް އަނެއްބަޔަކު ބުނަނީ އެއީ ކޮޕީއެއް ނޫންކަމަށާއި އެއީ އިއްތިފާގެއް ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން މޭގަންގެ ވެޑިން ޑްރެސް ޑިޒައިން ކުރި ޑިޒައިނަރު އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކިހާބޮޑު މުސީބާތެއްތަމީ.. އަހަރެމެންނަށް ކޮންކަމެއް.. މީހެއްގެ މިލިޔަންމީހުން އަހަރަކު ވެޑިންޑްރެސް ފަހާއިރު އެހެންގޮތަކަށް ފަހާނެ ގޮތެއް މަށަކަށް ނުވިސްނޭ.. ކޮންމެސް ހެދުމެއް އެތްގޮތްވާނެ.. ބަޔަކު ގަޅިވިޔަސް މިދެން ބޮޑުވަރު ކަންނޭންގެ.. އެއްވައްތަރު އިންސާނުންވެސް ދުނިޔޭގައުޅޭ.. މީކީ އހަރުންގެ ބާރުފޯރުވޭނެ ކަންތަކެއްނޫން..

    • ީަބޮޑުވަރު
  2. އިޝާ?

    ތިކަމާ އަހަރެމެން ކިއެއްތަ ކުރަންވީ؟؟؟؟

    އެނަ ބޭނުން ވީކަން ނޭގެ އެކަހަލަ ވެޑިން އެއް...

  3. ޑާކު

    ޖޭޑު ލައްވާ ފެއްސިނަމަ މާއަގުހެޔޮކޮށް ފެހުނީސް.

  4. ޖޮއްބެ

    ތިޔަ ރަސްކަމުގެ ނިޒާމަކީ ތިޔަ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިއޮތް ބޮޑު މުޞީބާތެކެވެ. ރާނީއާއި އޭނާގެ ދަރިކޮޅު މިރިމިރި އަށް ދިޔަޔަސް ތިޔަކަމަކުން ސަލާމަތެއް ވާކަށްނެތެވެ.ފުރަތަމަ ރައްޔިތުންގެ ފައިސާއިން އެވަރުގެ ބޮޑުއިސްރާފެއް ކޮށްގެންވެސް ނުވާނެނު؟ އެކަމަކު ރާނީގެ ދަރިންނާ ދަރިންގެދަރިންނާ އެދަރިންގެ ދަރިންގެ ޚަރަދުބަރަދު ވެސް މި ބަލަހައްޓަން ޖެހެނީ އިނގިރޭސި ރައްޔިތުންނަށް. މިއީ އަޅެ އަރަަތެއްތަ......؟؟؟