ފިރިހެނުން އަންހެން ހެދުން އެޅުން ވެފައި އޮންނަނީ ބޮޑު މައްސަލައަކަށެވެ. ވާނީވެސް އެހެންތާއެވެ. އަންހެނުންގެ ހެދުންތައް ހުންނަނީ ފިރިހެނުން އަޅައިގެން އުޅުމަށް ކަމުދާ ކަހަަލަ ގޮތަަކަށް ނޫނެވެ. އަދި އެއީ ހުރިހާ ނަޒަރަކުން ބެލިޔަސް ގޯސް ކަމެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއެވެ. ނަމަވެސް އަންހެނުން ފިރިހެނުން ހެދުން އަޅައިގެން އުޅުން އެއްބަޔަކަށް ގޯހެއް ނޫނެވެ. އެއީ ފެޝަން ކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

މިގޮތަށް ހެދުން އަޅާ ވައްޓަފާލި ޒަމާނަށް އައި ބަދަލާއެކު ބަދަލުވެއްޖެ އެވެ. އަންހެން ވެރިން ފިރިމީހާގެ ހެދުން އަޅައިގެން ތަފާތު ދައްކައެވެ. އެ މީހުން ފިރިހެނުންނަށް ހާއްސަ ހެދުން އަޅައިގެން ހުއްޓަސް އެއީ އަންހެން ހެދުމަކާއި ވައްތަރު ގޮތަކަށް ހަދަލައެވެ. މި ވާހަކަ ބާއްވަމާ ހިނގާށެވެ.

މަޝްހޫރު އެތައް ތަރިންނެއްވެސް މިހާރު އެކަން ކުރަމުން ދެއެވެ. ފިރިމީހާ ނޫނީ ލޯބިވެރިޔާގެ ހެދުން ފެޝަންއަކަށް ލައިގެން ފޮޓޯނަގާފައިވާ ލައެވެ.

މިގޮތަށް އެންމެ ފަހުން އާއްމުންގެ ބޮޑު ސަމާލުކަން ހޯދީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެވެ. އޭނާވެސް މިހާރު މީސް މީޑިއާގައި ކުރިއަށްދާ، ޗެލެންޖެއްގައި ބައިވެރިވީއެވެ. "ފެށުނީ މިހެންް، މިހާރު މިހެން" ޗެލެންޖްގައި ޕްރިޔަންކާ ބައިވެރިވެ ފޮޓޯއެއް ހިއްސާކޮށް ބުނެފައި ވަނީ، ފިރިމީހާ ނިކްގެ ހެދުން ވަގަށް ނަގަން އޭނާ ވަރަށް ލޯބިވާ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.

ޕްރިޔަންކާ އެ ފޮޓޯ ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމްގައެވެ. ކޮލާޖް ހަދާފައިވާ އެ ފޮޓޯގައި ފެށުނު ގޮތް ކަމަށް ދައްކާފައި ވަނީ ނިކް ހުދު ކުލައިގެ ޖެކެޓް ވައްތަރުގެ ހެދުމެއް ލައިގެން ހުންނަ ފޮޓޯއަކާއި ސީދާ ޕްރިޔަންކާ އެ ހެދުން އަޅައިގެން ހުރެ ނަގާފައިވާ ފޮޓޯއެކެވެ.

ޕްރިޔަންކާ މިވަގުތު ހުރީ ޖަރުމަނުގައެވެ. އޭނާ ޖަރުމަނަށް ގޮސްފައި ވަނީ މަސައްކަަތަކަށެވެ.

އޭނާ އެންމެ އަވަހަށް ދެން ފެނިގެން ދާނީ މެޓްރިކްސް 4 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Premier

    I ިޮio ve

    7
    2
  2. ހުސޭނުބޭ

    ކުޑަކޮށް ހާވާލާފައި ބަލާލަބަލަ........ ހަމަ ހުރެދާނެ އެކޮއިގެ ފިރިމީހާ އެކޮއިގެ އަޑިން ލާ އެއްޗެތުވެސް ވަގަށްނަގައިގެން ލައިގެން!

    27
    3
  3. ޓިނު----

    ދެން މި ކަން ވެސް އަޅުވާނީ ޔާނު ބޮލު ގަައި ؟

    4
    2
  4. ސުނީޔަންކާ

    އަޅޭ ސުނިޔަންކާ ދެންމިކަން ކުރާނީކިހިނެ 😅😅😅

    5
    1