ބޮލީވުޑް ތެރޭގައި އޮތް މައްސަލަތަކަށް ހައްލެއް އައިސްފައެއް ނުވެއެވެ. މައްސަލައަކަށްފަހު މައްސަލައެއް މި ވަނީ ފެންމަތިވެފައެވެ. އެންމެ ފަހުން އެކްޓްރެސް ލުވީނާ ލޮދް މިވަނީ ފިލްމް އުފެއްދުންތެރިޔާ މަހޭޝް ބަޓް އާ ދެކޮޅަށް ނުކުމެފައެވެ. އޭނާ ބުނެފައިވާގޮތުން މަހޭޝް ބަޓް އޭނާއަށް ދަނީ އިންޒާރު ދެމުންނެވެ.
ދެ މިނިޓުގެ ދިގުމުނުގެ ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ، އޭނާ ކައިވެނިކޮށްގެން އުޅެނީ މަހޭޝް ބަޓްގެ އާއިލާ މީހެއްކަމަށްވާ ސުމިތް ސަބަރްވާލް އާ ކަމަށެވެ. އަދި އޭނާގާތުން ވަރިވާން އެދި މިހާރު ހުށަހަޅާފައިވާނެ ކަމަށާއި، ސަބަބަކީ އޭނާއަކީ މަސްތުވާތަކެތި ސަޕްލައި ކުރާ މީހެއް ކަމަށެވެ.
ލުވީނާ ބުނީ، އޭނާ އެ ވީޑިއޯ އާއްމު ކުރަން ބޭނުންވީ، އެއީ އޭނާގެ އާއިލާ އާއި އޭނާގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އިންސްޓަގްރާމްގައި އާއްމު ކުރި އެ ވީޑިއޯގައި އޭނާ އިތުރަށް ބުނެފައި ވަނީ، އޭނާގެ ފިރިމީހާ މަސްތުވާތަކެތި ސަޕްލައިކޮށްދެނީ އެކްޓްރެސް ސަޕްނާ ޕައްބީ އަށާއި، އަމީރާ ދަސްތޫރް އަށް ކަމަށެވެ. އަދި އެކަން މަހޭޝް ބަޓްއަށް އިނގޭ ކަމަށްވެސް ބުންޏެވެ.
"މަހޭޝް އަކީ އިންޑަސްޓްރީގެ ޑޯން، އޭނާ މުޅި ސިސްޓަމް އޮޕަރޭޓް ކުރަނީ، އޭނާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާނަމަ، އުނދަގޫ ޖައްސާނެ، މަހޭޝް ވަނީ ގިނަ ބަޔަކަށް އުނދަގޫ ޖައްސައި، މަސައްކަތުން ދުރުކޮށްފައި. އޭނާ ޖެހޭނީ އެންމެ ފޯން ކޯލްއެއް ކޮށްލަން ގިނަބައެއްގެ ވަޒީރާ ގެއްލޭނެ. އަހަރެން އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅި ފަހުން އޭނާ ދަނީ އަހަރެންގެ ގެއަށް ވަންނަން މަސައްކަތް ކުރަމުން، އަދި ގެއިން ނެރުމަށް". އޭނާ ބުނެފައި ވެއެވެ.
https://www.instagram.com/tv/CGrlL-ZjLOz/?utm_source=ig_embed
އޭނާ އެ ވީޑިއޯ ނިންމާލަމުން ވަނީ، އޭނާ އާއި އޭނާގެ އާއިލާއަށް ކަމެވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ މީހުންގެ ނަންތައްވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މަހޭޝް ބަޓް އާއި އޭނާގެ އާއިލާ މީހުން ހިމެނެއެވެ.
ލުވީނާ ބޮލީވުޑަށް ވަނީ ހިމޭޝްގެ ކަޖްރާރޭއިންނެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޕޫޖާ ބަޓް އެވެ.
ދެ ފުޓޯގައި ދެމީހުންތަ ؟
މަހޭޝް ބަޓްއާ ނުބެހިތިބެބަލަ އެސޮރަކީ އަޅުގަނޑު ގޮތައް ހުރި އަލިފެއް.