އިންޑިއާގެ ޗަންދިގަރްހްގެ ހޮޓެލް ސަންބީމްގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް، މާސްކް އަޅައިގެން ހުރި ކާކުކަން ނޭނގޭ މީހަކު އަންހެނަކު ފައިސާ ދަބަސް ނަގައިގެން ފިލައިފިއެވެ.

އެ މީހާ ވަގަށް ގެންދިޔަ ފައިސާ ދަބަހުގައި 3.50 ލައްްކަ ރުޕީސްއާއި ދެ ފޯނާއި ޖަވާހިރުވެސް ހުންނާނެ ކަމަށް ވެއެވެ. އެ ދަބަހަކީ އިއްޔެ ކައިވެނި ކުރި އެ އަންހެން މީހާގެ މަންމަގެ ދަބަހެކެވެ.

މިހާރު އެ މީހާގެ ވީޑިއޯއެއް މީސް މީޑިއާއިން ވަނީ އާއްމުވެފައެވެ. އެ ފޯޓޯއިން ފެންނަނީ އޮރެންޖް ކުލައިގެ ގަމީހަކާއި، ކަޅު ފަޓުލޫނެއްގެ އިތުރުން ކަޅު ކުލައިގެ މާސްކެއް އަޅައިގެން ހުންނަ މަންޒަރެވެ. އެ ވީޑިއޯގައި އޭނާ ދަބަސް ހިފައިގެން ދާ މަންޒަރުވެސް ފެނެއެވެ.

އޭނާ އެ ކައިވެނީގެ ހަފްލާއަަށް ވަދެފައިވާ ކަމަށް ބެލެވެނީ ގެސްޓެއްގެ ގޮތުގައެވެ.

އެ ކައިވެނީގެ ހަފްލާ ބޭއްވާފައި ވަނީވެސް އެ އަންހެން މީހާއެވެ. އޭނާގެ އަންހެން ދަރިފުޅުގެ އެ ކައިވެނީގެ ހަފްލާއަށް މިދިޔަ ބުދަ ދުވަހު އޭނާ ދިޔައީ އެ ދަބަސް ހިފައިގެން ކަމަށާއި، އެ ދަބަހުގައި އެތައް އެއްޗެއް ހުންނާނެ ކަމަށް ބުންޏެވެ. އެ ދަބަހުގައި ހުރި ފައިސާ ތަކަކީ އެ ކައިވެނީގެ ހަފްލާގައި މީހުން ދީފައި ހުރި ފައިސާ ތަކެވެ.

އެ ހޮޓަަލްގެ އެތެރޭގައި އާއި ބޭރުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފޫޓޭޖްތަކުން ނަގާފައިވާ އެ ވީޑިއޯއިން ފެންނަނީ އެ އަންހެން މީހާ ސްޓޭޖްގައި ކައިވެނި ކުރި މީހުންނާއެކު ތިބޭ ތަނެވެ. އަދި މީހަކު އައިސް އެ ދަބަސް ނަގައިގެން އެ ހަފްލާ ތެރެއިން ނުކުންނަން ދާ މަންޒަރުވެސް ފެނިފައި ވެއެވެ.

ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައިވަރޭ

    މިމީހާ ކޮޗިން ފެރީން ކުޅުދުއްފުއްޓަށް ދިޔަތޯ ބަލަން ފެނޭ

  2. އަންނި

    މަބުނެގެން ކުރިކަމެއް އެއީ.