ކޮލަމްބިއާގެ މަޝްހޫރު މޮޑެލް، އަދި އެޤައުމުގެ ރީތީގެ ރާނީގެ މަޤާމު ލިބިފައިވާ އެލިޒަބެތު ލޯއިޒާ އޭނާއަށް ކެންސަރު ބަލި ޖެހިފައިވާކަން ހާމަކޮށްފިއެވެ.

އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް އެލިޒަބެތު ބުނެފައިވަނީ، އޭނާއަށް ކެންސަރު ޖެހިފައިވަކަން އެނގުނީ ދާދިފަހުން ދިމާވި ސިއްޙީ މައްސަލަތަކަކާއި ގުޅިގެން ހޮސްޕިޓަލުން ހެދި ޓެސްޓުތަކަށްފަހު ކަމަށެވެ. އަދި އޭނާއަށް ޖެހިފައިވަނީ ރަހިމުގެ ކެންސަރު ކަމަށްވެސް އެލިޒަބެތު ބުނެފައި ވެއެވެ.

އެލިޒަބެތު ކުރި ޕޯސްޓުގައި އެނާ އިތުރަށް ބުނެފައި ވަނީ، ކެންސަރު ޖެހުނުއިރު އޭނާ ހުރީ ދެވަނަ ދަރިއަކަށް ބަލިވެ ކަމަށެވެ. ނަމަވެސް ބަލީގެ ސަބަބުން ދަރިފުޅު ބައިގެން ދިޔައީ ކަމަށާއި، ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ޓެސްޓުތަކުން ހާމަވާ ކަމަށް އޭނާ ބުންޏެވެ.

ރަހިމުގެ ކެންސަރު ޖެހުމާއި ގުޅިގެން ރަހިމުގައި އާދަޔާއި ޚިލާފަށް ޓިޝޫ އުފެދެމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ހަށިގަނޑަށް ބަދަލު އަންނަމުންދާ ކަމަށް ވެސް އެލިޒަބެތު ބުންޏެވެ. އޭނާ ވަނީ އެ ބަދަލުތައް ހާމަވާ ފޮޓޯއެއްވެސް، އިންސްޓަގްރާމް ޕޯސްޓާއެކު އާންމު ކޮށްފައެވެ.

ކެންސަރު ބަލީގެ އެލިޒަބެތުގެ ހާލު ގޯސްވަމުން އަންނަކަން އޭނާ ހާމަކުރުމާއެކު، އޭނައަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި އެފަރާތްތަކުން އަންނަނީ އޭނާއަށް އަވަސް ޝިފާއެއް ލިބުމަށް އެދެމުންނެވެ.

އުމުރުން 31 އަހަރުގެ އެލިޒަބެތަކީ 2006 ވަނަ އަހަރު މިސް ވޯލްޑް ކޮލަމްބިއާގެ މަޤާމު ލިބިފައިވާ މޮޑެލް އެކެވެ. އިންސްޓަގްރާމުން 1.9 އަށްވުރެ ގިނަ މީހުން ފޮލޯކުރާ އެލިޒަބެތް އަކީ ކޮލަމްބިއާގެ އެންމެ މަޝްހޫރު އެއް މޮޑެލްވެސް މެއެވެ. މޮޑެލްގެ ދާއިރާއަށް އޭނާ ނިކުތީ އުމުރުން ހަތަރު އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގދސ

    ރީތި ވެފަ އޮންނާނީ، އަދިވެސް ވަގުތު އެބައޮތް. އިސްލާހުވޭ. މިމެސެޖް އޭނަޔަށް ރައްދު ކޮއްދެއްޗޭ.

    12
    2
  2. މ

    ނޯ ވަން އިސް ޕާފެކްޓް