އިންސާނުން ދުނިޔެއަށް ފޮނުއްވާފައި ވަނީ އެންމެން އެއްގޮތަކަށް ނޫނެވެ. ހަމުގެ ކުލައިން ފެށިގެން މިހުންގެ އިސްކޮޅާއި ބަރުދަންވެސް ތަފާތު ކޮށެވެ. ބައެއް ފަރާތްތަކަކީ ޢާދަޔާ ޚިލާފަށް ތަފާތުތަކެއް އެމީހުންގެ ހަށިގަނޑުގައި ހުންނަ މީހުންނެވެ. ޗައިނާއަށް ނިސްބަތްވާ 14 އަހަރުގެ ރެން ކެޔޫ ނަމަކަށް ކިޔާ މި ކުއްޖާ އަކީ އޭނާގެ ކުލާހުގެ ހުރި އެންމެ ދިގު ކުއްޖާ އެވެ. ޢާންމު ނަމުން ކިޔާނަމަ ޒިއަޔު ގެ އިސްކޮޅުގައި 7 ފޫޓު ހުރި އިރު އެހެން ކުދިންނަށްވުރެ އޭނާ 2 ފޫޓު ދިގެވެ.

ގްރޭޑް 9 އެއްގައި މިހާރު ތަޢުލީމް ހާސިލްކުރަމުންދާ ޒިއަޔު ގެ އިސްކޮޅުގައި 7 ފޫޓު 3 އިންޗި (2.21) ހުރި އިރު އޭނާ އަދިވެސް ދަނީ ދިގުވަމުންނެވެ. ޒިއަޔު މިހާރު ވަނީ ގިނިސް ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދަމަށް އެޕްލައި ކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ދިގު ކުއްޖާގެ ލަގަބު ހޯދަން ޒިއަޔު ކުރިމަތިލި އިރު މީގެ ކުރިން އެ ލަގަބު ހޯދާފައި ވަނީ އެމެރިކާއަށް ނިސްބަތްވާ ކުޑަ ކުއްޖެކެވެ. އެ ކުއްޖާގެ އުމުރުން 16 އަހަރުގައި އޭނަަގެ އިސްކޮޅުގައި ހުރީ 7 ފޫޓު 1 އިންޗި (2.159) އެވެ.

ޒިއަޔު ދިގުވަނީ އެއްވެސް ސިއްޚީ މައްސަލައެއްގެ ސަބަބުން ނޫނެވެ. ސިޗުއަން ގެ ސައުދު ވެސްޓް ޕްރޮވިންސްއަށް ނިސްބަތްވާ ޒިއަޔު ގެ ޢާއިލާއިން ވަނީ އޭނާ ކުޑައިރު ސިއްޚީ މައްސަލަ ހުރިތޯ ބެލުމަށް ކުޑައިރު ޑޮކްޓަރުންނަށްވެސް ދައްކާފަ އެވެ. ޒިއަޔު ދިގުވުމުގައި އެއްވެސް ސިއްޚީ މައްސަލައެއް ނެތްކަމަށް ޑޮކްޓަރުން އޭރުވެސް ވަނީ ބުނެފަ އެވެ. ޒިޔައު އުފަންވެފައި ވަނީ 2006 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގައި އެވެ. ދިގު މީހުންނަށް ބާސްކެޓް ބޯޅަ ކުޅުމަށް ގިނަ ފުރުސަތުތައް ލިބޭއިރު ޒިއަޔު ބުނީ އޭނާ ބާސްކެޓް ބޯޅަ އަދި އެހެން ކުޅިވަރެއް ކުޅެންވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އޭނާ ބުނީ ޚަރަކާތްތެރިވުމަށް އޭނާއަށް އުނދަގޫވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު