ދުއްވަމުންދިޔަ ޓެކްސީއެއްގެ ތެރޭގައި އިން ކުއްޖަކު ފިލާވަޅު ހަދަން އިން ގޮތް ފެނިފައި އެތައް ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ.

ޗައިނާގެ ޓްރެފިކް ބޮޑު މަގެއްގެ މަތީގައި ދުއްވާފައި ދިޔަ އެ ޓެކްސީގައި އިން ކުއްޖާ ފިލާވަޅު ހަދަން އިނީ ކާރުގެ ލޯގަނޑުން ބޭރަށްވާ ގޮތަށް ނުކެމެ، ކާރު މަތީގައި ފޮތް ބާއްވައިގެންނެވެ. އެ މަންޒަރު އެތައް ބަޔަކު ވަނީ ފޮޓޯ ނަގާފައެވެ.

އެ ކާރު ދުއްވަން އިނީ އޭނާގެ ބައްޕައެވެ. ނަމަވެސް އެ ބައްޕައަށްވެސް އޭނާގެ ދަރިފުޅު ފިލާވަޅު ހަދަމުން ދިޔައީ އެގޮތަށް ހުރެ ކަމެއް ނޭނގޭކަމަށް އޭނާ ބުނެއެވެ. އެ ބައްޕަ ކުރީ ސީޓުގައި އިނީ އިތުރު މީހަކާވެސް އެކުގައެވެ. އޭނާ އިނީ "ވާހަކައިގެ ތެރެއަށް ގެއްލިފައި" ކަމަށް ފަހުން ބުނެފައިވެއެވެ.

އެ އަންހެން ކުއްޖާ އެފަދަ ގޮތަކަށް ފިލާވަޅު ހަދަން ޖެހުނީ ކީއްވެކަން ސާފުވެފައި ނުވާއިރު، އެކުއްޖާގެ ބައްޕައަށް އޭނާ ފިލާވަޅު ހަދަން އިން ގޮތް ފެނުނީ މާ ފަހުން ކަމަށް ވެއެވެ. ޗެންގ ނަމަކަށް ކިޔާ އެމީހާ ބުނީ، އޭނާގެ ދަރިފުޅު އެގޮތަށް ކަންތައްކޮށްފައި ވަނީ އޭނާގެ ފަރުވާކުޑަކަމުންކަން އެނގޭ ކަމަށެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ދަރިފުޅަށް އެންގިކަމަށްވެސް އޭނާ ބުންޏެވެ.

ޗެންގގެ ފަރުވާކުޑަކަމުން އޭނާ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި، މަސައްކަތް ކުރާ ކުންފުނިން ވަނީ އޭނާގެ ލައިސަންސް ސަސްޕެންޑްކޮށްފައެވެ. އަދި އޭނާއަށް އެ ސެންޓަރުގައި ޓެކްސީ ދުއްވަން ފުރުސަތު ނުދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު