އެމެރިކާގައި އުމުރުން 48 އަހަރުގެ ފިރިހެނަކު އޭނާގެ 30 އަހަރުގެ އަނބިމީހާ މަރާލުމަށްފަހު ޔޫޓިއުބް މެދުވެރިކޮށް އަނބިމީހާ މަރާލިކަމަށް އެއްބަސްވެއްޖެއެވެ.

ޓްރެންޓް ޕަސްޗަލް ނަމަކަށް ކިޔާ މި ފިރިހެން މީހާ އޭނާގެ އަނބިމީހާ، ސަވަންނާ މަރާލުމަށް ޔޫޓިއުބްގައި އާންމު ކުރި ހަތަރު މިނެޓުގެ ވީޑިއޯގައި ބުނީ އޭނާގެ އަންހެނުން މަރާލީ އޭނާއަށް ބޭވަފާތެރިވުމުން ކަމަށެވެ. އަދި އެ ވީޑީއޯގައި ފިރިހެން މީހާ ވަނީ އެމީހުންގެ ކުދިންގެ ކިބައިން މާފަށް ވެސް އެދިފައެވެ.

އެ ގައުމުގެ މީޑިއާ އިން މައުލޫމާތު ދޭ ގޮތުގައި އަންހެން މީހާ މަރާލާފައި ވަނީ އޭނާ ގެއިން ބޭރުގައި ހުރެފައި ގެއަށް އެނބުރި އައިފަހުން އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. އަދި އަންހެން މީހާ މަރާލުމަށްފަހު ފިރިހެން މީހާ ވަނީ އެތަނުން ފިލައިފައެވެ.

ނަމަވެސް އެ ގައުމުގެ ފުލުހުން ވަނީ އެ ފިރިހެން މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޓްރެންޓް ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯގައި ބުނީ އޭނާއަށް އޭނާގެ އަންހެނުންނާއި އެހެން ފިރިހެނަކު ފޯނުން ނަހަމަށް ގުޅުމެއް ހިންގާ އަޑު އިވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަންހެން މީހާއަށް ނަސޭހަތްދީފައިވާ ކަމަށެވެ.

https://youtu.be/_hODwEkIEKY

އަނބިމީހާ މަރާލި ފިރިހެން މީހާ ބުނީ އޭނާ އޭނާގެ އަންހެނުން ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި އަންހެން މީހާ އޭނާ އަށް ބޭވަފާތެރިވާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެކި ފިރިހެނުންނާއި އެ އަންހެން މީހާ ވާހަކަ ދައްކާފައިވާ އޯޑިއޯތައްވެސް އޭނަަގެ އަތުގައި އެބަ ހުރި ކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ކަލެޔައް އިނސާފު ލިބޭނެ.

    1
    2