ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކުރާ ކަންކަމުގެ މައުލޫމާތު ހޯދާ އެއް ކުރާ ނަމަ ޑިޓޮކްސް ޑައިޓްގެ ވާހަކަ ވާނީ އަޑު އަހައިފައެވެ. މިއީ ޖޫހާއި، ނުކައި ހުރުން ނުވަތަ ރޯދަ އަށް ހުރުން ފަދަ ކަންކަން ކޮށްގެން ބަރުދަން ލުއިކުރުމަށާއި ސިއްހަތު ރަނގަޅުކޮށް މަސައްކަތް ކުރަން ކުރާ ކަންތައްތަކެކެވެ.

ބައެއް މާހިރުން ބުނާ ގޮތުން ކެއުމުގައި ހަކުރު ނުހިމަނާ ނަމަ ބަރުދަން ލުއިވެ، ހަންގަނޑު އުޖާލާވެ، ސިއްހަތު ރަނގަޅުވެއެެވެ.

ހަކުރު ގިނަ އަދަދަކަށް ބޭނުން ކުރުމަކީ މީހާ އުމުރުން ދުވަސްވީ ކަމަށް ދައްކާ، ފަލަވެ ހަށގަނޑު ހުތުރު ވާން މެދުވެރިވާ ކަމެކެވެ. އަދި ހަކުރު ބޭނުން ކުރާ ނަމަ ހިކެން ވެސް އުނދަގޫވެއެވެ. ހަމަ އެހެންމެ ހަންގަނޑަށް ނުރަނގަޅު އަސަރުކޮށް އަވަހަށް މުސްކުޅިވުން ފަދަ ކަންކަން މެދުވެރިވެއެވެ.

އެމެރިކާ އަށް އެކަނި ބެލި ނަމަވެސް 10 އިންސައްތަ މީހުންނަކީ ހަކުރަށް ދެވި ހިފާފައިވާ މީހުންނެވެ.

ހަކުރު ކެވެނީ ހަމައެކަނި އައިސް ކްރިމާއި ފޮނި އެއްޗެހީގެ ޒަރިއްޔާއަކުން ނޫނެވެ. ޕާނާއި ޓޮމާޓޯ ސޯސް އަދި ސެލަޑް ޑްރެސިން އަކީވެސް ހަކުރެވެ.

ހަކުރު މަދުކޮށްލުމުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަނަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އަދި ފެންނަ ފެނުމުން ވެސް ތަފާތު ފާހަގަވާނެއެވެ. ބައެއް ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުންނަށް ނަތީޖާ ފެންނަ ގޮތް ލަސްވެދާނެއެވެ.

ސިއްހި ދިރާސާއަކުން ދައްކާ ގޮތުން ފަލަ ކުދިންނަށް ވެސް މިއީ ރަނގަޅު ޑައިޓެކެވެ.

ހަކުރު މަދުކޮށްލުމުން ހަކަތަ ދަށް ވާނަމަ ހެނދުނު ވިކްސް ކާށެވެ. އަދި މަހާއި ފެހި ފަތްތައް ކެއުން އިތުރު ކުރާށެވެ އަދި ބުއިމަށް ސައި ނޫނީ ކަޅު ކޮފީ ހަކުރު ނާޅާ ބޭނުން ކުރާށެވެ. އެއްވެސް ކަހަލަ ތައްޔާރީ ކާނާއެއް ނުކާށެވެ. އަދި އެނާޖީ ޑްރިންކް އާއި ޕެކެޓް އަދި ދަޅުގައި ހުންނަ ބުއިންތައް ވެސް ނުބޯށެވެ.

ހަކުރު ބޭނުން ނުކުރާތާ ތިން ދުވަސް ވުމަށް ފަހު ދެން އާފަލު ކެވިދާނެއެވެ. އަދި އަލްމަންޑްސް ވެސް ކެވޭނެއެވެ. މިކަހަލަ މޭވާތައް ބޭނުން ކުރެވޭނެއެވެ. އަދި ކިރު ހިމެނޭ ކާ އެއްޗެއް ކޮންމެ ދުވަހަކު ވެސް ޑައިޓްގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކެވިދާނެއެވެ. މިގޮތަށް ކަންތައް ކުރުމުން ހަޑިގަނޑަށް، ފައިބަރު، ޕްރޮޓީން، ލިބި ހަކުރު އޮބްޒާވް ކުރާ މިންވަރު ދަށް ވާނެއެވެ. ކިރު ހިމެނޭ ކާނާގައި ހުންނަ ފެޓް އިން ފުރިހަމަކޮށްދެނީ އެބައެވެ.

އަދި ކެރޮޓް އާއި ޕީސް ފަދަ ތަރުކާރީ ވެސް ކެއުމަށް އިތުރު ކުރެވޭނެއެވެ. އަދި ފައިބަރު ހުރި ބިސްކޯދުވެސް އެއް ކުރެވޭނެއެެވެ. އެކަމަކު އެއީ ހަކުރު އެކުލެވިގެން ނުވާ ބިސްކޯދަށް ވާންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަބޫ

    މަގޭ އޮފީސްމޭޓެއް ހަކުރު ހުއްޓައިގެން 1 ހަފްތާވީ. ކުޅެން ހުއްޓާ ވެއްޓުނީ. ޑޮކްޓަރަށް ދެއްކީމަ ބުނީ ގުލްކޯޒް މާދައްވީޔޯ. ހަކުރު ބޭނުން ނުކުރާތީ. ހަކުރަކީ އެއްކޮށް ހުއްޓައިގެން ވަރަށް ނުރައްކާވާކަމއެއް

  2. މުހައްމަދު

    މަގޭ 1 މަސް ވަންދެން ހަކުރ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެޅި އެއްވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއްޗެއް ނުކައި ނުބޮއި ހުރެގެން އެއްކަމެއްވެސް ނުވި. ބަރުދަނަށްވެސް ބަދަލެއް ނާދެ، އިތހުރު ގޮތެއްވެސް ނުވޭ