ބޭނުންވާ ތަކެތި

250 ގްރާމް މާރީ ބިސްކޯދު މުގުރާފައި

275 ގްރާމް ބަޓަރު

1 ދަޅު ގެރިކިރު

175 ގްރާމް ކެސްޓަރ ސުގަރ ނުވަތަ އާދައިގެ ހަކުރު

2 ޖޯޑް އައިސްކްރީމް

3 ވަށް ދޮންކެޔޮ

1 ޗޮކްލެޓް ގާނާފައި

ތައްޔާރުކުރާނެ ގޮތް

ކެރަމަލްގަނޑު ތައްޔާރު ކުރުމަށް ބަޓަރުގެ ދެބައި ކުޅަ އެއްބައި ވިރުވާފައި މާރީ ބިސްކޯދާއި އެެއްކޮށް މޮޑެލާށެވެ. ދެން މިތަކެތި ޓްރޭއަކަށް އެޅުމަށް ފަހު ފިނި ކުރަން އައިސް އަލާމާރީގައި ބަހައްޓާށެވެ. ދެން ބާކީހުރި ބަޓަރާއި ހަކުރު ތަވާއަކަށް އެޅުމަަށް ފަހު މަޑު ގިނީގައި ވިރުވާލާށެވެ. ހަކުރާ ބަޓަރު ވިރި ރަގަނޅަށް އެއްވުމުން ގެރިކިރު އޭގެ ތެރެއަށް އަޅައި ފަސްމިނެޓް ވަންދެން ކައްކާށެވެ.

ދެން ދޮންކެޔޮވަށް ފޮއްޗަށް ވާ ގޮތަށް ކެފުމަށް ކުރިން ތައްޔާރުކޮށްފައި ހުރި ބިސްކޯދު ޓްރޭގެ މަތީގައި ރީއްޗަށް އަތުރާލާށެވެ. އެއަށް ފަހު ތައްޔާރުކޮށްފައި ހުރި ކެރެމަލްގަނޑު ބިސްކޯދު މައްޗަށް އަޅާށެވެ. ދެން ކެރެމަލްގަނޑު ހަރުވަންދެން ފްރިޖުގައި އެއް ގަޑިއިރު ބަހައްޓައިގެން ފިނި ކުރާށެވެ. ސާވް ކުރުމުގެ ކުރިން ގާނާފައިވާ ޗޮކްލެޓާއި އައިސްކްރީމް ޕައިގެ މައްޗަށް އަޅައި ރީތިކޮށް ގާނިސްކޮށްލާނެވެ.