ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ޓިކްޓޮކްގެ އެކައުންޓެއް ހުޅުވައިފިއެވެ.

ކައިޒީން ވަނީ މިނިކާ ވަގަކަށްދާ ވައްތަރުގެ ޖަމްޕްސޫޓެއް ލައިގެން ހުރި ޓިކްޓޮކް ދެ ވީޑިއޯ އާންމުކޮށްފައެވެ. އެއީ ހުޅުމާލޭގައި އޭނާ ކުޅެފައިވާ ވީޑިއޯއެކެވެ. ކައިޒީންގެ ޓިކްޓޮކް އެކައުންޓް ހުޅުވުމާ އެކު، އޭނާގެ ފޮލޯވަރުންގެ އަދަދު ވަނީ ހާހަކަށް ވުރެ މައްޗަށް އަރައިފައެވެ.

ކައިޒީން އިންސްޓަގްރަމްގައި މިއަދު އާންމު ކުރި ސްޓޯރީއެއްގައި ވަނީ އޭނާގެ އެކައުންޓަށް ފޮލޯކޮށް ދިނުމަށް ފޭނުންގެ ކިބައިން އެދިފައެވެ.

އޭގެ ފަހުން ކައިޒީން ބުނީ ޓިކްޓޮކްގެ އެކައުންޓެއް ހުޅުވުމުން އޭނާ އެ ތަނާ ގުޅުނު ސަބަބާ މެދުގައި ވަރަށް ގިނަ ބަޔަކު ސުވާލުކޮށް ހަދާ ކަމަށެވެ. ޓިކްޓޮކްއާ ގުޅުނީ ޓިކްޓޮކްގެ ސައުތު އޭޝިއަން ޓީމަކުން ދައުވަތު ދިނީމަ ކަމަށް ކައިޒީން ބުންޏެވެ.

ކައިޒީން ޓިކްޓޮކްއާ ގުޅުނު އިރު، ރާއްޖޭގެ މަޝްހޫރު ފިލްމީ ބައެއް ތަރިން ވެސް ޓިކްޓޮކްގައި އެކައުންޓް ހުޅުވާފައިވެއެވެ.

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަލީ ސީޒަން އާއި އަބްދުﷲ މުއާޒް (މުއާ) ވެސް ޓިކްޓޮކްއާ ވަަނީ ގުޅިފައެވެ. އަދި މި ތަރިންގެ ތެރެއިން އައްޒަ އާއި ސީޒަންގެ ޓިކްޓޮކް އެކައުންޓް ވަނީ ވެރިފައިކޮށްދީފައެވެ.

ގިނަ ދިވެހިންގެ ހުނަރުތައް އެންމެ ބޮޑަށް ދައްކާލާ މީސް މީޑިއާގެ އެއް ޕްލެޓްފޯމަކީ ވެސް ޓިކްޓޮކްއެވެ.

ރާއްޖޭގެ މޮޑެލުންގެ ތެރެއިން ކައިޒީން އަކީ މިހާރު ރާއްޖޭގައި ހުރި މީސް މީޑީއާގެ ޕްލެޓްފޯމްގައި އެންމެ ފޭން ބޭސް ބޮޑު ފަރާތެވެ. ކައިޒީންއަކީ ވަރަށް ގިނަ ބަޔަކު އިންސްޕިރޭޝަންގެ ގޮތުގައިވެސް ބަލާ މީހެއްކަމުން، އޭނާގެ އިންސްޓަގްރާމް ފޮލޯވާސް މަދެއް ނޫނެވެ.

ކައިޒީންއަކީ ރާއްޖޭގައި މަޝްހޫރު ބްރޭންޑްތަކާއި، ބައެއް ވިޔަފާރި ބްރޭންޑްތަކުގެ އެމްބެސެޑަރުކަންވެސް ކުރި އަދި ކުރަމުން އަންނަ މޮޑެލްކެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފޮލޯ

    އަމާ ޓަފު އިންގޭ.ފޮލޯ ކުރައްޗޭ ެެެެެެެ

    34
    24
  2. ސަމީ

    ތިޔަ ހުރިހާ ކަމެއް ކޮށްގެންވެސް ހިތްހަމަ ނުޖެހިގެން މިހާރު ޓިކްޓޮކަށް ، ބަލަ ދިޔަހޯދަން އުޅޭ ހިތްހަމަޖެހުމެއް ތިޔަ ކަންތަކަކުން ދުވަހަކުވެސް ނުލިބޭނެ

    36
    1
    • ނިށާ

      ހިންހަމަޖެހުމަކީ ﷲ ތަޢާލާ ދެއްވާއެއްޗެއް ކިތަންމެ ފައިސާ ހުއްޓަސް މަޝްހޫރަސް އެޔެއް ހާސިލްނުވާނެ..އިންސާނާ ކިތަންމެ ފަގީރަސް ފަރުޟު ފަސް ނަމާދާއި ގުރުއާނާއި ސުންނަތުގައި ހިފައިފިއްޔާ އޮޓޮމެޓިކުން ހިންހަމަ ޖެހޭނެ މިއީ ގުދުރަތްތެރިކަމުގައިވާކަމެއް.

      17
  3. ހުދުމަަ

    މީނަ ދެންއަޅެ މިކާކުތަ އަމިއްލަ ޜީތިވެގެން ޢުލެނީ ޙާޙާޙާޙާޙާ

    31
    2
  4. އަންނި

    ބަލާލަން ހޮޓް ލޯބި ވީޑިޔޯސް އަޕްކޮއްދެއްޗޭ.

    4
    24
  5. ފައްޔާޒު

    މުޅި އިންސްޓަގްރާމްގައި އޮތީ ކައީ.

    3
    19
  6. ޒިމް

    މި ލިޔުނު މީހާ އަށް ހަމަ އެކަނި އިނގެނީ ކައިޒީންގެ މައުލޫމާތު އެކަނި ތަ؟

    19
  7. Anonymous

    އޭ (ޖިންނީންނާއި އިން ސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން
    ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ
    ވެރިރަ ސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން
    ނިޢުމަތަކަށް ހެއްޔެވެ؟ (الرَُحمٰن 13)

    53
    2
    • Anonymous

      ❤️❤️

  8. ނަސްރާ

    މީ ކާކު؟

    26
    3
  9. ފާތިމަތު ޒަޔާން

    ޗައިނާގެ ކުޅަދާނަ މޮޅެތި އުފެއްދުންތަކުން ހައިރާންވޭ...ވަރުގަދަ ޢަލީ އެކްސްޕްރެސް އަދި ޓިކްޓޮކް ކޮންސްޓަރަކްޝަން އިމާރާތް ކުރުމުގެ ދުނިޔޭގެ 1 ވަނަ ބުރިޖްތައް އެޅުމުގެ 1 ވަނަ. މިނޫންވެސް އެތެއް އުފެއްދުމެއް...އެމަރިކާ އަށް ވުރެ ގަދަ ޗައިނާ...

    26
    • ކަމާލު

      ބޮޑު ހޮސްޕިޓަލެއް 6 ދުވަހު އެތެރޭ ޗައިނާއިން އަޅާ ނިންމާދައިވޭ...އެއީ އެމަރިކާނަމަ އަހަރަކަށް ވުރެ ގިނަދުވަސް ނަގާނީ އެކަން ކުރުމަށް...ނޮވެމްބަރު 3 ގައި ޓްރަމްޕު ޑައުން

      8
      1
  10. ބިރުވެތިވޭ

    ގަދަފަދަ ވެގެންވާ ދުވަހަކަށް ބިރުވެތިވޭ

    54
    1
  11. ބެގީ ރަސީދު

    މަވެސް ޓިކްޓޮކް

    5
    15
  12. ހާންޑޯ

    މަށަށް ހެވެނީ

    25
    1
  13. އަމާ

    އައްޒަގެ ފިރިސޮރު މުއާޒު ވެސް ވެރިފައި ކޮށްފައިނީ. 🙄 ޓިކްޓޮކް ކުޅެން ނޭގުނަސް

    31
    1
  14. ނުޒޫ

    ލަދުން ބޯހަލާކު

  15. ޖ

    މީނަޔައް ކައިޒީންއޭ ކިޔުނީ ކީއްވެ މީނަގެ އަސްލުނަމަކީކޮބާ

    11
    • ޢްއްްްއް

      ޒަޔާން އޭ ކިޔަނީ. ފޮނިވެގެން ކައިލީ އަށް ވާންވެގެން🙄

  16. ތުރާކުނު

    މީދެއްކާކުތަ ބަލަ ކަލޭހެއްދެވީ ކަލޭ ތިކްޓޮކު ކުޅެކަށެއްނޫން މާތްﷲއަށް އަޅުކަން ކުރަން ތިމާގެ އައުރަ ނިވާކުރިއްޔާ މާތާހިރެއްނު މީނަގެ މައިން ބަފައިންވެސް އަޅެފަހެ ނެތީތަ

    10
  17. ދެރަ

    ދަރިއަކަށް ފެނިދާނެތީ ލަދުވެސް ގަނޭ ތި ވީޑިއޯ. ކީއްކުރާނީ ދިވެހި މުސްލިމުނގެ ހާލަތު.

    14
  18. ލޯބި

    ކައި އާއި ބައްދަލު ކުރަން ކިހިނެއް ހަދާނީ!

    1
    10
  19. ޙޫޑާ

    މިީނަ ވަރަށް ބޭނުން ވާނެ ފޭމަސް ވަންހަހަހަހ

  20. ސަންގު

    ތިމާ މީހާ މުސްކުޅިވެ ގައިބާރުދެރަވީމާ ތިޔަބުނާ ފޭނުން ކުރާނީ މަލާމަތް ދެން އަޅާލާނެ މީހެއްނުވާނެ ވީއިރު ޒުވާން ދައުރު ﷲއަށް ކިޔަމަންވެ ރުވެތި އުޅުމެއް އުޅޭށެވެ.

    11
  21. ނާނާނާނާނާ

    🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    3
    1
  22. ބަދީއު

    ވަރަށް ގިނަމީހުނަށް އިންސްޕިރޭޝަން އެކޭ؟ މަ ހުވައި ދެން މަ ލިނުލައިގެން ބަތެއް ނުކާނަން.