އެއް އަނގޮޓިއެއްގައި އެންމެ ގިނަ ޑައިމަންޑު ބޭނުންކޮށްފައިވާ އަނގޮޓި ގިނިސް ވަރލްޑް ރެކޯޑް ހޯދައިފިއެވެ. މި އަނގޮޓިއަކީ އިންޑިޔާގެ ހައިދުރަބާދުގައި ''ދަ ޑައިމަންޑް ސްޓޯރު ބައި ޗަންދުބާއީ''ގެ ނަމުގައި ޑައިމަންޑު ވިޔަފާރިކުރާ މީހެއް ކަމުގައިވާ ކޮއްޓި ސުރީކާންތުގެ އަނގޮޓިއެކެވެ.

7،801 އަސްލު ޑައިމަންޑު ބޭނުންކޮށްފައިވާ މި އަނގޮޓިއަށް ދީފައިވާ ނަމަކީ ''ދަ ޑިވައިން – 7،801 ބުރަހްމާ ވަޖުރާ ކަމަލަމް''އެވެ. މި ނަން ދެވިފައިވަނީ ހިމާލިޔާއިން ވަރަށް މަދުން ފެންނަ މަލެއްކަމުގައިވާ ބުރަހްމާ ކަމަލަމްގެ ނަމުންނެވެ. އެ މަލަކީ އެ މީހުން ވަރަށް ހާއްސަ ގަދަރެއް ދީފައިވާ އަދި ސިއްހީ އެތައް ކަމަކަށް ވެސް ބޭނުންކުރާ މަލެކެވެ. އަދި ސާންސްކްރިތް ބަހުންނާއި ތެލެގޫ ބަހުން ޑައިމަންޑަށް ކިޔަނީ ވަޖުރާއެވެ. މި އަނގޮޓި މިއަދު ވަނީ ބާޒާރަށް ނެރެފައެވެ.

މި އަނގޮޓިއަށް ލިބުނު ދުނިޔޭގެ ރެކޯޑަކީ ދެކުނު އިންޑިޔާއަށް ވެސް ލިބުނު ފުރަތަމަ ދުނިޔޭގެ ރެކޯޑެވެ.

''ޑިވައިން އަނގޮޓި'' ތައްޔާރު ކުރުމަށް ބުރަހްމާ ކަމަލަމް މަލުގެ ޑިޒައިން އިޚްތިޔާރު ކޮށްފައިވަނީ އެ މަލަކީ އެމީހުން އަޅުކަން ކުރުމުގައި ބޭނުންކުރާ މަލެއް ކަމުގައި ވާތީއެވެ.

މި އަނގޮޓި ފަރުމާ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އަނގޮޓި އެއްކޮށް ނިންމުމަށް ނަގާފައިވަނީ 11 މަސް ދުވަހެވެ.

މި އަނގޮޓީގައި ހިމެނެނީ 8 ކަރީގެ 5 ލޭޔާއަކާއި 6 ކަރީގެ އެއް ލޭޔާއެވެ. މެދުގައި މަލުގެ ކަރުގަނޑެއް ވެސްވެއެވެ.

ގިނަސް ވަރލްޑް ރިކޯޑާއި މި އަނގޮޓި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ބަލަންޖެހޭ ހުރިހާ ބެލުމެއް ބެލުމަށްފަހު އެއް އަނގޮޓިއެއްގައި އެންމެ ގިނަ ޑައިމަންޑް ބޭނުންކޮށްފައިވާ އަނގޮޓީގެ ނަމުން ރެކޯޑް ލިބިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ކޮއްޓި ސްރީކާންތުއޭ ބުނީމާ މަ ހީކުރީ ކުއްޓި ނަޝީދު ތިމާގެމީހެއްކަމަށް!

    7
    2
  2. އަންނި

    މޯދީ ކައިރީ ބުނާނަން ތިއަނގޮއްޓި ހަދިޔާ ކުރަން އަޅުގަނޑައް.

  3. ރިންގު

    ރީތި ރިންގެއް ދިނީމަ އެންމެފަހުންވެސް އެއްލާލީ..ކިހިނެއް އަދި ތި ރިންގު ދޭނީ