އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުންނާ ދިމާލަށް ބަޑި ދިއްކުރި ކަމަށް ބުނެ މަޝްހޫރު ރެޕާ އޮފްސެޓް ހައްޔަރުކޮށްފިއެވެ.

އުމުރުން 28 އަހަރުގެ އޮފްސެޓް ހައްޔަރުކޮށްފައި ވަނީ ލޮސް އެންޖަލިސްގައި ބޭއްވި ޓްރަމްޕް ރެލީއެއްގައި ބައިވެރިވި ސަޕޯޓަރުންނާ ދިމާލަށް ބަޑި ދިއްކުރި ކަމަށް ބުނެއެވެ. އޮފްސެޓް ހައްޔަރު ކުރި އިރު އޭނާ ހުރީ އިންސްޓަގްރާމުން ލައިވްކޮށްގެން ކާރު ދުއްވާށެވެ. އޭނާ ހައްޔަރުކުރި އިރު ލައިވް ސްޓްރީމުން އެ މަންޒަރު ރީއްޗަށް ފެނެއެވެ.

ހޮނިހިރު ދުވަހު ބެވާލީ ހިލްސް އިން އޮފްސެޓް ހައްޔަރުކުރި އިރު އޭނާ ވަނީ ފުލުހުންނަށް ނުކިޔަމަންތެރިވެފައެވެ.

އެގޮތުން އޭނާ ކާރު ތެރެއިން ނުކުތުމަށް ބުނުމުން ފުލުހުންނަށް ދެކޮޅު ހަދާ ތަން ފެނެއެވެ. ފުލުހުން އޮފްސެޓް ހައްޔަރުކުރި އިރު ކާރު ތެރޭގައި އޮފްސެޓްގެ އަންހެނުން އަދި މަޝްހޫރު ރެޕާ ކާޑީ ބީގެ ކަޒިން އެއްވެސް އިނެވެ.

ފުލުހުން ބުނީ އޮފްސެޓް ހައްޔަރު ކުރީ ސަޕޯޓަރުންނާ ދިމާއަށް ބަޑި ދިއްކުރުމުން ކަމަށެވެ. އޮފްސެޓް ބުނީ ޓްރަމްޕުގެ ސަޕޯޓަރުން އޭނާގެ ކާރުގައި ދިދައިން ޖަހާފައިވާ ކަމަށެވެ. އޮފްސެޓް ހައްޔަރުކޮށްގެން ގެންދިޔައިރު އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި އޭނާގެ އަންހެނުން ކާޑީ ބީ ވެސް ފެންނަން ހުއްޓެވެ.

ބެވާލީ ހިލްސް ޕޮލިސް ޑިޕާޓްމެންޓުން ފަހުން ނެރުނު ސްޓޭޓްމަންޓް އެއްގައި ބުނީ ސަޕޯޓަރުންނާއި ދިމާއަށް ބަޑި ދިއްކޮށްފައި ވަނީ ކާޑީ ބީގެ ކަޒިން، މާސެލޯ އަލްމަންޒަރް ކަމަށެވެ. މިހާރު އަލްމަންޒް އަށް ވަނީ 35،000 ޑޮލަރުގެ ޖޫރީމައިނާއެއް ކޮށްފަވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ އަކީ ކޮންސީލްޑް ހަތިޔާރެއް ގެންގުޅުމުގެ ދަޢުވާ އާއި ލޯޑު ކޮށްފައި އޮތް ހަތިޔާރެއް އާންމުންގެ ތެރޭގައި ގެންގުޅުމުގެ ދައުވާއެވެ.

ދެހާސް ހަތް ވަނަ އަހަރު ކާޑީ ބީ އާއި އޮފްސެޓް ކައިވެނިކޮށްފައިވާ އިރު މިފަހުން އެ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހި ވަރިއާ ހިސާބަށް ގޮސްފައި ވެއެވެ. އެމީހުންގެ ދެ އަހަރު އަންހެން ކުއްޖަކުވެސް އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޯ

    މިވެސް ހަބަރު

  2. Anonymous

    ތާކުން ތާކު ނުޖެހޭ