ބޭނުންވާނެ ތަކެތި:

500 ގްރާމް ކުކުޅު ( ކަށިނެތް)

2 މޭޒުމަތީ ސަމްސާ ތަންދޫރި ޕޭސްޓް

2 ލޮނުމެދު ( ޗަސްކޮށްފައި)

1/2 1 ސައިސަމްސާ ގަރަމް މަސާލާ

2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް

1/2 1 ޖޯޑު ފްލެއިން ޔޯގަޓް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ހުރިހާ ތަކެއްޗެއް އެއްކޮށްލުމަށްފަހު ކުކުޅުގައި އުނގުޅާނީއެވެ. ދެން ބޯތަށި މަތިން ރަބަރު އެޅުމަށްފަހު އައިސް އަލަމާރިއަށް ލާށެވެ. އަދި މޭރިނޭޓް ކުރުމަށް މަދުވެގެން 1 ގަޑި އިރު ވަންދެން އަލަމާރީގައި ބަހައްޓަން ވާނެއެވެ. ދެން ބާބަކިޔު ގްރިލްގައި ނުވަތަ އާދައިގެ ގްރިލްގައި މެދުމިނެއްގެ ހޫނުގައި ކުކުޅު ރޯފިލަންދެން ގްރިލް ކުރާނީއެވެ. ނުވަތަ 180 ޑިގްރީ ހޫނު މިނުގައި 30- 40 މިނެޓް ވަންދެން ވަންދެން އަވަނުގައި ފިހެލާނީއެވެ.