ބޭނުންވާ ތަކެތި:

1200 ގުރާމު ކުކުޅެއް ނުވަތަ ބޯންލެސް ޗިކަން ޕެކެޓެއް

6 ޖޯޑު ފެން

1 ޖޯޑު ޒައިތޫނި ތެޔޮ

3 ފިޔާ (ކޮށާފައި)

1 ޗިކަން ކިއުބް

1 މޭޒުމަތީ ސަމުސާ އަސޭ މިރުސް

2 މޭޒުމަތީ ސަމުސާ ސުމަކް

3 މޭޒުމަތީ ސަމުސާ ޕައިން (ފިހެފައި)

ޕާނެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅުކޮޅު ފެނުކައްކާލާށެވެ. ފެނުކައްކާއިރު، ތެލީގައި ހުންނަ ފޯމުތައް ނަގަން ވާނެއެވެ. މި ބާވަތް ތައްޔާރު ކުރާއިރު، ކުކުޅު (ބޯންލެސް ނޫން) ބޭނުންކުރާނަމަ، ކަށިތައް ނަގަންވާނެއެވެ. 50 މިނެޓު ކުކުޅުކޮޅު ކެއްކުމަށްފަހު އުނދުމަތިން ބޭލުމަށްފަހު ބަހައްޓާށެވެ.

އެއަށްފަހު، އެހެން ތެއްޔެއްގައި ތެޔޮފޮދު ހޫނުކުރަން ފަށާށެވެ. އަދި، ތެޔޮފު ރަނގަޅަށް ހޫނުވުމުން، ފިޔާކޮޅު ރަތްކޮށްލާ، އެހެން ހުރިހާ ބާވަތްތައް އަޅާށެވެ. އަދި، އޭގެތެރެއަށް ކުކުޅުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ދެން، ކުކުޅު ތެލިން އެތިކޮޅެއް ނެގުމަށްފަހު، ޕާނުގެ މެދުގައި ބާއްވާށެވެ. އަދި، ރަނގަޅަށް ފާނުން ކުކުޅުކޮޅު ފޮރުވާލާށެވެ. މިހެން ހެދުމަށްފަހު، ތެޔޮފޮދެއް ޕާނުގެ ބޭރުގައި އުނގުޅުމަށްފަހު، އަވަނުން ފިހާށެވެ. ފިހާނީ 230 ޑިގްރީ ސެލްސިއަސް އަށެވެ.

މިއީ އަރަބިން ތައްޔާރުކޮށް އުޅޭ ބާވަތެކެވެ. އަދި، ބޭނުންކުރުން އެންމެ ރަނގަޅުވާނީ އީރާނު ޕާނެވެ.