ނޯރާ ފަތޭހީއަކީ މިހާރު ބޮލީވުޑްގެ އެންމެ މޮޅު އަންހެން ނެށުންތެރިޔާ ކަމާމެދު ޝައްކެއް ނެތެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީއްސުރެ އެންމެން ދައްކާ އެއް ވާހަކައަކީ އޭނާގެ ރީތިކަމުގެ ވާހަކައެވެ. ޚާއްސަކޮށް ދުޅަހެޔޮ ހަށިގަނޑެއްގެ ވެރި ނޯރާ އަކީ ވަރަށް ބޮޑަށް ކެއުމަށް ބަލާ ވަރަށް ބޮޑަށް ކަސްރަތުކުރަން ދެވި ހިފާފައިވާ މީހަކަށް ވާނެ ކަމަށް ހީވެދާނެއެވެ. އެކަމަކު ތި ހީވަނީ މުޅިން ގޯސްކޮށެވެ.

ދިލްބަރް އިން ބޮލީވުޑްގައި އާންމުންގެ ހިތްތައް ފަތަހަ ކުރި ނޯރާ ބުނީ އޭނާ ދުވަހަކު ވެސް ޑައިޓް ނުކުރާ ކަމަށެވެ. ނޯރާ އޭނާގެ ހަށިގަނޑު ރީތިކޮށް ބަހައްޓާ ގޮތް ވަރަށް ބޮޑަށް ބަރޯސާ ވަނީ އޭނާގެ ހަޖަމް ކުރުމުގެ ނިޒާމް ވަރުގަދަ ވުމުގެ މައްޗަށެވެ. އެއީ ޑައިޓް ނުކުރާ ތަންތަނުގައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ ވެސް ނޯރާ ކުރާ ކަމެއް ނޫނެވެ.

"އަހަންނަކީ ކާއެއްޗިއްސަށް ވަރަށް ލޯބި ކުރާ މީހެއް. ކާބްސް ވެސް ކަން. ފޮނި އެއްޗެހި ވެސް ކަން. ޕެކް ކުރި ކާނާ އާއި ޕިއްޒާ އާއި ބާގާ ވެސް ކަން. އަދި ދެން ވެސް އަހަރެން އުފާކޮށްދޭ ކޮންމެ އެއްޗެއް ކަން. އަދި މާ ބޮޑަށް ވަރުބަލިވާ ކަސްރަތެއް ވެސް ނުކުރަން. އެކަމަކު ޕައިލެޓްސް ކަހަލަ ޓޯންވާ އެއްޗެހި ހެދޭތޯ ބަލަން. ދެން ނަށަން އަބަދު ވެެސް. އެއީ އަހަރެން ކުރާ ކަސްރަަތަކީ،" ނޯރާ މާލިނީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އެހެންކަމުން ނޯރާ އަކީ ގުދުރަތީ ގޮތުން ލޫޅާފަތި މީހެކޭ ބުނުމަކުން ގޯހެއް ނެތެވެ.

ނޯރާ ވަނީ ބޮލީވުޑްގެ ހިޓް އެތައް ލަވައެއްގައި އަޖައިބުވާ ފަދަ މޮޅު ނެށުންތަކެއް ދަސްކޮށްދީފައެވެ.

އޭނާ ފެށީ ބެލީ ޑާންސް އިން ކަމަށްވީ ނަމަވެސް މިހާރު އޭނާ ވަނީ ވަރަށް ގިނަ ވައްތަރުތަކުގެ ނެށުންތައް ދަސްކޮށް އިތުރު ޓްރެއިނިންތައް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ނޯރާޔަކީ މިހިތުގެ މަލަކާ، އައިވިލް އޯލުވޭސް ލަވްޔޫ.

    4
    6
  2. ބޯ ގޯސް

    ޑައިޓެއްނުކުރަން .. އަށިގަނޑަށް ބޭނުންވާ މިންވަރަށްކައިގެން ބަރާބަރަށް ކަސްރަތުކޮއްގެން އުޅެނީ އެކަމަކު ޑައިޓެއްނުކުރަން ަހަހަހަހަހަހަހަހަހ