ހޮލީވުޑްގެ ފިލްމީތަރި ޒެކް އެފްރޯން އާއި އޭނަގެ ލޯބިވެރިޔާ އެންގޭޖް ވެއްޖެ އެވެ. ޒެކް އޭނާގެ އޮސްޓްރޭލިޔާގެ ލޯބިވެރިޔާ ވެނަސާ ވަލަޑަރެސް އާއި އެންގޭޖްވީ އޭނާއަށް 33 އަހަރު ފުރުނު ދުވަހު އެވެ.

ފަހަކަށް އައިސް ޒެކް އާއި ވެނަސާ ގެ ލޯބީގެ ވާހަކަތައް މީޑިޔާއިން އަބަދުވެސް ފެންނަމުންދެއެވެ. އަދި ޒެކް އޭނާގެ ލޯބިވެރިޔާ އާއި ރަށްޓެހިވުމަށްފަހު ފިލްމީ ދާއިރާ ދޫކޮށްލާނެ ވާހަކަތައްވެސް މީގެ ކުރިން ދެއްކި އެވެ.

އޮސްޓްރޭލިޔާއަށް އުފަން 25 އަހަރުގެ ވެނަސާ އަކީ އޭނާގެ ރީތިކަމުގެ ސަބަބުން މީޑިޔާގައި މަޝްހޫރު ކަން ހޯދާފައިވާ މީހެކެވެ. ޒެކްގެ އުފަންދުވަހު އޭނާ ވަނީ ވެނަސާ އަށް ހާއްސަކޮށް ހަދާފައިވާ އެންގޭޖެންޓް ރިންގެއްވެސް ދީފަ އެވެ

. ހޮލީވުޑް ތަރީންގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ބުނީ ޒެކް ވެނާސާ އަށް އެންގޭޖްކޮށްފައި ވަނީ ޒެކްގެ އުފަންދުވަހު ބޭއްވި ޕާޓީއަށް ފަހުގައި ކަމަށެވެ.

ޒެކް އާއި ވެނަސާ ފުރަތަމަ ބައްދަލުވެފައި ވަނީ ބެއިރޮން ބެއި އިން މިއަހަރުގެ ޖުލައި މަހުގައި އެވެ. އޭގެ ފަހުން ދެމީހުން އެކުގައި އެކި ތަންތަނުން ފެނިގެންގޮސްފައި ވެއެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ދެމީހުންގެ ކައިވެނީގެ ވާހަކަތަކާއި ދަރިންގެ ވާހަކަތަކާއި އެކުދިންނަށް ކިޔާނެ ނަންނަމުގެ ވާހަކަތައްވެސް ދައްކަ އެވެ.

ހައި ސްކޫލް މިއުޒިކަލް ގެ ތަރި ޒެކް އޭނާގެ ހިތް އެއްކޮށް ލޯބިވެރިޔާ ވެނަސާ އަށް ދީފައިވާއިރު ޒެކް ގެ ފޭނުން މިހާރު ތިބީ އެމީހުންގެ ކައިވެނީގެ އިންތިޒާރުގައި އެވެ.