ޔުނިސެފް ގުޑްވިލް އެމްބެސެޑަރ ފޮރ ޗައިލްޑް ރައިޓްސް ގެ ހައިސިއްޔަތުން، ބޮލީވުޑް އަދި ހޮލީވުޑުގެ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިތިބި ރޮހިންޖާ މުސްލިމުންގެ ކޭމްޕުތަކަށް ޒިޔާރަތް ކޮށްފިއެވެ.

ޕްރިޔަންކާ ވަނީ އިއްޔެ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުރި ތިން ކޭމްޕަކަށް ޒިޔާރަތްކޮށް އެކޭމްޕުތަކުގައި ދިރިއުޅޭ ކުޑަކުދީންގެ ހާލު ބަލާފައެވެ.

ގުޑްވިލް އެމްބެސެޑަރުގެ ހައިޞިއްޔަތުން ކޭމްޕްތަކަށް ޒިޔާރަތް ކުރުމަށް ފަހު އޭނާ ބުނީ އެކުދިން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ. ޕްރިޔަންކާ ވަނީ އެ ކުދިންނަށް އެހީ ވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.

ޕްރިޔަންކާ ބުނެފައިވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް އެތެރެވި މީހުންގެ ތެރެއިން 60 އިންސަތައަކީ ކުޑަކުދިން ކަމަށެވެ. އަދި ބައްދަލުކުރި ހުރިހާ އާއިލާތަކަށް ވެސް ޔުނިސެފްގެ ފަރާތުން އެހީތެރިވާނެ ކަމަށާއި ޚާއްސަކޮށް ކުޑަކުދިންނަށް ބޭނުންވާ އެކިއެކި ޚަރަަދުތައް ވެސް ކޮއްދޭނެކަމަށް އޭނާ ބުންޏެވެ.

އޭނާވަނީ ވަނީ ބަންގްލަދޭޝްގެ އުޝިޕަރަންގް ކޭމްޕުގައި ދިރިއުޅުނު ރޮހިންޖާ ރައްޔިތުންނާ ވެސް ބައްދަލު ކޮއްފައެވެ. އެކޭމްޕުގައި 30،000 ވަރަކަށް ރޮހިންޖާ މުސްލިމުން ދިރިއުޅޭކަމަށް އޭއެސްޕީ އިން މައުލޫމާތު ދެއެވެ.

ރެފިއުޖީ ކޭމްޕް ތަކުގައި ރޮހިންޖާ މުސްލިމުންނަށް ކުރިމަތިލާންޖެހިފައިވަނީ ހިތްދަތި، އުނދަގޫ ކަންތައްތަކެވެ. ބޯކޮށް ވާރެވެހި، ކިސަޑު ހެދިފައިވާ ސަރަޙައްދުތަކުގައި ހުންނަ ރެފިއުޖީ ކޭމްޕްތަކުގައި އެމީހުން އުޅެމުންދަނީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ނުލިބި، ބަލި މަޑުކަމެއްގެ ތެރޭގައެވެ.

ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ރަޚައިން ސްޓޭޓްގައި ރޮހިންޖާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް 2017 ވަނަ އޯގަސްޓްމަހު ހިންގި ޖަރީމާތަކުގައި އެތައް ގެއެއްގައި ހުޅުޖަހާފައިވެއެވެ.

މިޔަންމާ ސަރުކާރާއި އެޤައުމުގެ އަސްކަރިއްޔާއިން ރަޚައިން ސްޓޭޓްގައި އުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާ އިންސާނީ ޖަރީމާތަކާ ގުޅިގެން 700،000 އަށްވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިަިޒާލިމު

    ޕީސީއާއިއެކު ސުނީތާ ނުގެންދޭބާ؟ ނުގެންދަންޏާ ތިއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް.

  2. ސީނުކަރަ

    ދެންމިތަނައް އެއްމެކުރިން ދިޔައަޑު އިވޭނީ ސުނީތާ ޕުރިއަންކާފަހު ސުނޭތާ