ދާދިފަހުން މަޝްހޫރު ވްލޮގާރ ނަސް ރާއްޖެ އައުމަށް ފަހު ހެދި ވީޑިއޯއަކުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އަނެއްކާވެސް ނަން މަޝްހޫރު ވްލޮގާރ އެއް ރާއްޖޭ އަތުވެއްޖެ އެވެ.

މިފަހަރު ރާއްޖެ އައިސްފައި ވަނީ ޓްރެވަލް ބްލޮގާއެއް ކަމަށްވާ ޑްރޫ ބިންސްކީއެވެ. އޭނާ މަޝްހޫރުކަން ހޯދާފައި ވަނީ ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި 10 ޑޮލަރުން ގަނެވޭ ތަކެތި ދައްކުވައިދޭ ޝައުގުވެރި ވިޑިއޯތަކުންނެވެ. އޭނާ އަކީ ދީނީ އަދި އިޖްތިމާއީ ކަންކަމަށް ވިޑިއޯ ހަދާ އުޅޭ ފަރާތެއް ނޫނެވެ.

ޑްރޫ ރާއްޖެ އައިސްފައި ވާއިރު މި މަހުގެ 24 ވަނަ ދުވަހު މާފުށީގައި އޭނާގެ ދިވެހި ސަޕޯޓަރުންނާއި ބައްދަލު ކުރަން ބޭނުންވާ ކަމަށް ޑްރޫ ވަނީ ބުނެފަ އެެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ ރާއްޖެ ދައްކުވައިދޭ ފުރަތަމަ ވިޑިއޯ އާންމު ކޮށްފައެވެ. އެ ވިޑިއޯގައި ބުނެފައި ވަނީ ރާއްޖެ އަކީ ޓުއަރިސްޓުންނަށް އެންމެ އަމާން އެއް ގައުމު ކަމުގައެވެ.

ދިވެހި އަންހެނެއް ބުރުގާ ބާލަން ބޭނުންވެ އެކަން ކުރަން ނުކެރިފައި ހުރި ވާހަކަ ގެނެސްދިން ނަސް ޑެއިލީގެ ވިޑިއޯގެ ސަބަބުން އެތައް ބަޔަކު ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ކޮމެންޓު ސެކްޝަންތަކުގައި ޑްރޫ އާއި މެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާތޮޑާ ޒިޔާނާ

    ހުރިހާ ޒުވާނުން އޭނަ ފަހަތުން ދުވަން ފަށާ.

  2. އުކުޅަހު މީހާ

    ތިކަހަލަ ފޭކު މީހުންނާ ކާކުތަ ބައދަލު ކުރާނީ..؟

  3. ތޭރަ

    ތިކަހަލަމީހުނަށްއެހެންގައުމުތަކުގަވެސްވިސާދެނީވަރަށްބަލާފައެކަމުމިތަންމިއޮންނަނީމިކަހަލަހުރިހާލާދީނީކަމަކަށްއޯޕަންކޮށް

  4. ކެޔޮޅު.

    ތީ ޔަހޫދީ އެޖެންޓުން. ތިފަދަ ފަރާތް ތަކާމެދު ކަމާބެހޭ ފަރާތްތަކުންނާއި، އަމިއްލަ ފަރުދުންވެސް ފަރުދީ ޒިންމާ ނެންގެވުމަށް ސަމާލުވާން ޖެހޭނެ!!!

    • ނަން

      ހާދަ އިންގޭ މީހެކޭ ދޯ