ބޮލީވުޑުގެ ފިލުމުތަކުންނާއި ތަފާތު ޝޯތައް ހުށަހަޅައިދިނުމުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މަންދިރާ ބޭޑީ 4 އަހަރުގެ އަންހެން ކުއްޖަކު އެޑޮޕްޓްކޮށްފިއެވެ. މި ކުއްޖާ އެޑޮޕްޓް ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ.

މަންދިރާއާއި އޭނާގެ ފިރިމީހާ ރާޖު ކޯޝަލްއާއި ފިރިހެން ދަރިފުޅު ވިރްއާއި އެޑޮޕްޓްކޮށްފައިވާ 4 އަހަރުގެ އަންހެން ދަރިފުޅު ތާރާގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ވަނީ ތާރާ ބޭޑީ ކޯޝަލް ތަޢާރަފް ކޮށްދީފައެވެ.

އެ އާއިލާއަށް ހަތަރު އަހަރުގެ ތާރާ އައުމަކީ އެމީހުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި، ވިރް ވެސް އޭނާގެ އަންހެން ކޮއްކޮއަށް މަރުހަބާ ކިޔާފައިވަނީ ވަރަށް އުފަލުން ކަމަށް މަންދީރާ ބުނެފައި ބެއއެބެ.

އަދި ތާރާ ބޭޑީ ކޯޝަލް އެ އާއިލާގެ މެމްބަރަކަށް ވެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގައިކަމަށް މަންދިރާ ބުނެފައިވެއެވެ.

މަންދިރާގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން އޭނާގެ ރަހުމަތްތެރިން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. ބަތަލާ އަނިންދިތާ ބޯސްއާއި ވިދްޔާ މާލްވަދޭއާއި ނިޔުޓްރިޝަނިސްޓް ޕޫޖާ މަކީޖާ ވަނީ މަންދިރާއަށް މަރުހަބާ ކިޔައިފައެވެ. އަދި މަންދިރާގެ އެތައް ދުވަހެއްގެ ހެވަފެން ހަގީގަތަކަށްވުމުން އެކަމާއި އުފާކުރާ ކަމަށް ވެސް މަންދިރާގެ ރަހުމަތްތެރިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ނޫހަކަށް ދިން ބަސްދީގަތުމެއްގައި މަންދިރާ ބުނެފައިވަނީ އޭނާއާއި ރާޖު އަންހެން ދަރިއަކު އެޑޮޕްޓް ކުރަން ބޭނުންވެގެން އުޅޭތާ ދެ އަހަރު ވެއްޖެކަމަށެވެ. އެމީހުންގެ އަށް އަހަރުގެ ފިރިހެން ދަރިފުޅު ވިރްއަށް އަންހެން ކޮއްކޮއެއް ހޯދައިދެން ވެސް ބޭނުންވާތީ ކަމަށް މަންދިރާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު