ކައިވެނީގެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމުން އިންޑިއާގެ ތަރި މަލްވީ މަލްހޮޓްރާއަށް ރޭގެ ވަގުތެއްގައި ވަޅިން ހަމަލާ ދީފައެވެ.

ފުލުހުން ބުނީ، އޭނާގެ ގަޔަށް ވަޅި ޖެހުމުގެ ސަބަބުން އަނިޔާވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެކްޓަރ މަލްވީގެ ގަޔަށް ވަޅި ޖަހާފައި ވަނީ ރޭގެ ލަގްޒަރީ ކާރެއްގައި އައި މީހެކެވެ. އޭނާ ވަނީ މަލްވީގެ ގަޔަށް ވަޅި ޖެހުމަށްފަހު ފިލާފައެވެ.

މިހާރު އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިކަން ހިނގާފައި ވަނީ މަލްވީ ދުބާއީން އައިތާ އެއް ދުވަސް ފަހުންނެވެ. އަދި ރޭ 9:00 ހާއިރު އޭނާ މަލްވީގެ ގަޔަށް ވަޅި ޖަހާފައި ވަނީ، ކެފޭއަކުން އެނބުރި ގެއަށް ދަނިކޮށެވެ.

އެ އެކްޓަރ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާގޮތުން، އޭނާ އާ ސިންގ އާ ދެ މީހުން ދަންނަތާ އަހަރުތަކެއް ވާނެ އެވެ. އަދި ސިންގ ބޭނުންވަނީ މަލްވީ އާ ކައިވެނި ކުރަން ކަމަށާއި، ނަމަވެސް އެކަން ބޭނުން ނުވާ ކަމަށް މަލްވީ އޭނާއަށް އަންގައި، ވާހަކަދެއްކުން ހުއްޓާލިކަމަށް އޭނާ ބުންޏެވެ.

އަދި ސިންގ ރޭ އައިސް އޭނާ ގާތުގައި ވާހަކަދެއްކުން ހުއްޓާލީ ކީއްވެތޯ ސުވާލު ކުރި ކަމަށާއި، އޭނާ ވާހަކަނުދައްކާ ދާން ފެށުމުން ގަޔަށް ވަޅި ޖެހުމަށްފަހު ފިލީ ކަމަށް އެކްޓަރ ފުލުހުންނަށް މައުލޫމާތު ދެމުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު