އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 އާ އެކީ ޗާޖަރެއް ނުލިބޭ މައްސަލާގައި ސެމްސަންގ އިން ވަރަށް ބޮޑަށް މަލާމަތް ކުރިއެވެ. އެ މީހުންގެ ނޯޓް 20 މާކެޓް ކުރީ އެޕަލްއަށް ޖޯކު ޖަހާފައެވެ. އަދި އެ ނުވެގެން ސެމްސަންގް އިން އެބަޔަކު (އައިފޯން ގެންގުޅޭ ފަރާތްތަކުން) ހޯދަމުން އަންނަ އެޑަޕްޓަރު ލިބޭނެ ކަމަށް ބުނެވެސް އެޕަލްއަށް ޖޯކު ޖެހިއެވެ.

ދެކުނު ކޮރެއާގައި މިހާރު އާއްމުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު، ސެމްސަންގ އިން ނެރޭ ގެލެކްސީ އެސް21ގެ ފޯނާއެކު ޗާރަކާއި ހެޑްސެޓެއް ނުލިބޭނެއެެވެ.

ބައެއް ނޫސް އައުޓްލެޓްތަކަށް މައުލޫމާތު ދެމުން އިންޑަސްޓްރީގެ އެތެރޭގައި މަސައްކަތް ކުރާ މީހުން ބުނަނީ، ސެމްސަންގ އިން އަލަށް ނެރޭ އެސް21ގެ ފޯނާއެކު ލިބޭ ފޮށީގައި ހިމެނޭ އެއްޗެހި ނުލިބޭ ގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔޫއެސްބީ ކޭބަލް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ޖީއެސްއެމްއެރީނާގައި ބުނެފައި ވަނީ މިއީ ހަމަ ކަށަވަރު ރިޕޯޓްތައް ނޫން ކަމަށެވެ.

ސެމްސަންގގެ ފަހުގެ ފޯންތަކާއެކު އެެއާބަޑް އާއި ޔޫއެސްބީ ކޭބަލް އަދި ޗާޖިންގ ބްރިކް ލިބެނެއެވެ.

ސެމްސަންގ އިން ފޮށީގައި ހިމެނޭ ތަކެތި ނުދޭން ނިންމާނަމަ، އެއީ ތިމާވެއްޓަށް ރައްކާތެރި ގޮަތަކަށް ވެދާނެ ކަަމަށް ބެލެވޭއިރު، އެކަމުގައި ސެމްސަންގއަށް އިތުރު ފައިދާ ވާނެއެވެ. ސަބަބެއް ކަމަށް ވަނީ ވަކިން އެ ކުންފުނިން ޗާޖަރު ވިއްކަން ފެށުމެވެ.

އަދި މީގެ އިތުރުން، ސެމްސަންގގެ ނޮން-ފްލެގްޝިޕް ފޯނުތަކާއެކުވެސް، ޗާޖަރު ނުލިބިދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.