ކެއްކުމަކީ ވަރަށް ޝައުގުވެރި އަދި އެެހާމެ ނުރައްކާތެރި ކަމެކެެވެ. ކައްކަން ބަދިގޭގައި އުޅޭ އުޅުމުގައި ތަފާތު ނުރައްކާތެރި ހާދިސާތައް ވެސް ހިނގައެވެ. ހޫނު ކާއެއްޗެއްސާއި ހިފާ ގެންގުޅޭ ސާމާނުތަކުން ހިތާމަވެރި ކަންތައްތައް ކުރިމަތިވެއެވެ. ވަކީން ހާއްސަކޮށް ހޫނު ތެލަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ.

ނަމަވެސް މި އަންހެން މީހާއަށް މިއީ ތަފާތު މީހެކެވެ. ހޫނު ތެޔޮ ތާހަށް ބާނަނީ އަމިއްލަ އަތެވެ،

އެ މަންޒަރު މިހާރު ޓިކްޓޮކްގައި ހަލުވިކަމާއި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެނެއެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެނަކު ކައި އެއްޗެހިތަކެއް ތެލުލާ މަންޒަރެވެ. ނަމަވެސް ހޫނު ތެޔޮ ގަނޑުގެ ތެރެއިން އެއްޗެހި ނެގުމަށް އިތުރު އާލާތެއްގެ ބޭނުމެއް ނުކުރެއެެވެ. ބޭނުން ކުރަނީ އެ އަންހެން މީހާގެ އަތެވެ.

މި އަންހެން މީހާ ހޫނު ތެޔޮގަނޑުގެ ތެރޭގައި އަތް ބޭނުން ކޮށްލަނީ އެއްވެސް ޖެހިލުމެއް، ތަދެއް ވެސް ނުވެއެވެ. ތެޔޮގަނޑުން އަތް ނެގުމުން ވެސް ފިހުނުކަމުގެ އެއްވެސް ނިޝާނެއް ވެސް ނެތެވެ.

ޓިކްޓޮކްގެ މި ވީޑިއޯ ޓްވިޓާގައި ހިއްސާކުރަމުން ''ފަސްޓް ވީ ޓޭސްޓް''އިން ކެޕްޝަނުގައި ލިޔެފައިވަނީ ތެޔޮގަނޑުން އެއްޗެހި ނެގުމަށް އިތުރު ވަސީލަތެއް ބޭނުން ކުރާނީ ބަލިކަށި މީހުން ކަމަށް އެ އަންހެން މީހާ ބުނެފައިވާ ވާހަކައެވެ.

ހިނިތުންވެލައިގެން އެއްވެސް ހާސްކަމެއް ނެތި ހޫނު ބޮޑު ތެޔޮގަނޑެއްގެ ތެރޭގައިވާ އެއްޗެހިތައް އިތުރު އާލާތެއް ބޭނުންނުކޮށް އަދި ރައްކާތެރިކަމުގެ އެއްވެސް ކަމެއް ނެތި ނަގައި، އެއްފަރާތްކޮށް އަދި ހޫނު ތެޔޮފޮދެއް އަތުގެ ތެރެއަށްލައި މަންޒަރު މި ކުޑަކުޑަ ވީޑިއޯކޮޅުން ދައްކައިދެއެވެ.

ހޫނު ތެޔޮގަނޑުގެ ތެރޭގައި އަތް ގެންގުޅުމަށްފަހު ތެޔޮގަނޑޫން އަތް ނަގައި އަތަށް އެއްވެސް ތަދެއް، އަދި އަނިޔާއެއް ލިބިފައި ނެތްކަން މީހުންނަށް ދައްކައިލައެވެ.

މި ވީޑިއޯ ވަނީ 20،000އަށްވުރެ ގިނަ މީހުން ބަލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މީގެ 10 އަހަރު ކުރިން ޒީ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ތިކަންނުރާ ފިރިހެނެއް ދެއްކި!

    23
  2. ކަނބުލޮ

    އިހުސާސް ނުވަނީ ޖުޒާންބަލި ޖެހުނީމަ ....

    51
    2