ޕޮޕް ލަވައިގެ ރާނީ މެޑޯނާ އޭނާގެ ލޯބިވެރިޔާ 26 އަހަރުގެ އަހްލާމަލިކް ވިލިއަމް އެކުގައި މަސައްކަތް ކުރަން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. އޭރު އަހްލާމާލިކް މަސައްކަތް ކުރީ އުމުރުން 62 އަހަރުގެ މެޑޯނާގެ ރެބެލް ހާޓް ޓަވާ ލަވައިގެ ޑާންސް ކުރާ މީހެއްގެ ގޮތުގައެވެ.

މިހާރު މެޑޯނާ މަސައްކަތް ކުރަމުން ގެންދަނީ އޭނާގެ ހަޔާތުގެ މައްޗަށް ލިޔާ ސްކްރީން ޕްލެއި އެއް ތައްޔާރުކުރުމުގައެވެ. އެ މަސައްކަތުގައި އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ސްކްރީން ރައިޓާ ޑިއަބްލޯ ކޯޑީ ހަރަކާތްތެރިވެއެވެ.

މެޑޯނާ އާއި ވިލިއަމް އެކީގައި އެކި ތަންތަނުން ފެނިގެން ގޮސްފައިވާ އިރު ދެ މީހުން ވެސް އުޅެނީ ވަރަށް ލޯބިންނެވެ. އޭނާ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެއެވެ. އަދި އޭގެ ފަހުންވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައި ވެއެވެ. މިހާރު މެޑޯނާގެ ހަ ކުދިން ތިބި އިރު އޭނާގެ އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 23 އަހަރެވެ. އަދި އޭނާގެ އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތް އަހަރެވެ.

ލަވަ ކިއުމުގެ ދާއިރާގައި އެތައް އަހަރެއް ހޭދަކޮށް އެތައް ބައެއްގެ ލޯބި ހޯދާފައިވާ މެޑޯނާ އެންމެ ފަހުން ނެރެފައިވާ އަލްބަމަކީ 2019 ވަނަ އަހަރު ނެރުނު މެޑަމޭ އެކްސް އަލްބަމެވެ. ގިނަ ބަޔަކަށް މި އަލްބަމް ހަމަ ލޮލުން ބަލާލަން ނުވެދުނު އިރު މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން މި އަލްބަމުގެ ލަވަތައް ގެނެސްދިނުން މެދުކެނޑުނެވެ.

މެޑޯނާގެ އިންސްޓަގްރާމް 15.5 މިލިއަން މީހުން ފޮލޯ ކުރެއެވެ. އޭނާ ވަނީ އިންސްޓަގް މެދުވެރިކޮށް އޭނާ އާއި ލޯބިވެރިވާޔާގެ ފޮޓޯތައް ދައްކާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ބޭ ކޮރަސް ބޭގެ ކޭމެއް ކޮރެއްނުވާނެ! ކޮބައިތަ މައްސަލައަކީ! ކޮއި ހަންޓޯޓޯވިޔަސް ކޮއިގެ އަތުގައި ބައިވަރު ޓިސްޓިސް އެބަހުރި!

    11
  2. ޙހގ

    Thiah vure thaahiru photo eh nei tha jahan

    10
  3. އަންނި

    މަށައް މެޓޯ ލިބުނަސް ބޭނުން.

    10