ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޖެންޑާ މިނިސްޓްރީގެ ނައިބު ފާތިމަތު ޔުމްނާ ކައިވެނި ކުރިއިރު ފެމެލީ ކޯޓުގެ ހުއްދަ ހޯދާފައި ނުވާތީ މިނިސްޓަރ އިމްރާން 5000 ރުފިޔާ އިން ޖޫރިމަނާ ކުރިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިނިސްޓަރ އިމްރާން ޖޫރިމަނާ ކުރީ ދެ އަންބަށް ކައިވެނިކުރާއިރު ފެމެލީ ކޯޓުގެ ހުއްދަ ހޯދަން ޖެހޭކަމަށް ޤަވައިދުގައި އޮތް ނަމަވެސް އެހުއްދަ ނަގާފައި ނުވާތީއެވެ.

"އަދިވެސް" ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި ބުނެފައި ވަނީ މިނިސްޓަރ އިމްރާނާއި މިިސްޓަރުގެ ނައިބު ޔުމްނާ ކައިވެނި ކޮށްފައި ވަނީ ރާއްޖޭގެ ކޯޓުތަކުގެ އިންތިޒާމްތަކުގެ ބޭރުން، ހުޅުމާލޭގައި، ލަންކާގައި ހުރި މައުޒޫނަކު ލައްވާާ އޮންލައިންކޮށް ކަމަށެވެ.

އިމްރާންގެ ކައިވެންޏާއި ގުޅޭ ތަފްސީލް ހާމަކުރަމުން ނޫހުގައި ބުނެފައި ވަނީ އިމްރާނާއި ޔުމްނާ ކައިވެނި ކޮށްފައި ވަނީ 28 މާޗު 2020 ގެ ރޭ 9.45 ގައި ހުޅުމާލެ މަރީނާ ވިއުގައެވެ. ވަލީ ދީފައި ވަނީ ޔުމްނާގެ ބައްޕަ، މޫސާ ނިޒާރެވެ. ހެކިވެރިންގެ ގޮތުގައި ތިބީ މުހައްމަދު އިބްރާހިމް ކިޔާ މީހަކާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރެވެ.

"މި ކައިވެނިކޮށްދެއްވި މައުޒޫނަކީ ލަންކާގެ މައުލަވީ އަލްހާފިޒު އަލްހާއްޖު، އެސް.ޔޫ މުހައްމަދު ލަފިރު (މަނާރީ) އެވެ. މީނާއަކީ ލަންކާގައި ވަރަށް ގިނަ ދިވެހިންނަށް ވެސް ކައިވެނިކޮށްދޭ މައުޒޫނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ކޮށްދޭ ކައިވެނި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ގަބޫލްކުރާ ކަމަށް ވެސް ވެއެވެ.

މި ކައިވެނި ކޮށްދިންއިރު، ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ލަންކާގައި ކަރފިއު ހިންގާފައި އޮތުމުން، ކައިވެނީގެ މަޖިލީސް އަށް ދެމަފިރިންނަށް ފަރުދީ ގޮތުން ހާޒިރު ނުވެވުނީ ކަމަށާއި އެހެންވެ ކައިވެނި ކޮށްދީފައި ވަނީ އޮންލައިންކޮށް ކަމަށް ކައިވެނީގެ ލިއުމެއްގައި މައުޒޫނު ބުނެ، ސޮއިކޮށްފައިވެއެވެ." އަދިވެސް ގައި ބުނެފައި ވެއެވެ.

މިނިސްޓަރ އިމްރާން "އަދިވެސް" އަށް މައުލޫމާތު ދެމުން ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައި ވަނީ ކައިވެނި ކޮށްދިން މައުޒޫނަކީ "ދިވެހި އެމްބަސީގެ ހުއްދަ އޮންނަ ބޭފުޅެއް" ކަމަށާއި "އޮންނަ އުސޫލުން ފެމިލީ ކޯޓުގައި (ކައިވެނި) ރަޖިސްޓްރީކޮށްފައިވާ" ކަމަށެވެ.

ގަވައިދު ބުނާ ގޮތުން ފެމިލީ ކޯޓުގެ ހުއްދަ ނެތި ރާއްޖެއިން ބޭރުގައި ދެ އަންބަށް ކައިވެނިކޮށްފި ނަމަ، 5،000 ރުފިޔާ އިން ޖޫރުމަނާކުރެއެވެ. އެހެންވެ އިމްރާނުގެ ކައިވެނި ވެސް ރަޖިސްޓްރީކުރަން ހުށަހެޅުމުން، 5،000 ރުފިޔާ އިން ވަނީ ޖޫރުމަނާކޮށްފައި ކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރުވެފައެވެ.

މިނިސްޓަރ އިމްރާންގެ ކުރީގެ އަނބިކަނބަލުން އައިޝަތު ރީމް މިހާރު ވަނީ މިނިސްޓަރ އިމްރާން ކައިރިން ވަރިވެ، އެހެން ކައިވެންޏެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. އަރީ

    އަންގެން ހިތި ޝާހުން

    77
    6
    • ތާރާ

      "އަންގެން ހިތި ޝާހުން" އިމްރާން އަށް ތާއިދެއް ނުކުރަން، މޭޑޭ ތަކާ އެމްޑީޕީ ވެގެން އުޅޭތީ... ކައިވެނިކޮށްގެން ހުރެ ވަގަށް ސައިޑް ބިޓުންނާ ރޯޔަލް ރޭޕްއާ ހިންގުމަށް ވުރެން ކައިވެނި ކުރުން ރަގަޅެއް ނޫންބާ..

      28
      1
    • ރީމާ

      އެއޮތް ފަދަ ރީތި ހިތްހެޔޮ ތަނަވަސް ރީމް އޭ ކިޔާ ކަމަނާ ހުއްޓާ ދެން މިކަހަލަ ކަމެއް ކުރާނެތަ ހަމަ ޖެހޭ މީހަކު؟؟ ރީމް ކިހާ ގުރުބާަނީއެއްތޯވީ ހައްޔަރުގަ ހުރި އިރު

      52
      3
    • Anonymous

      ޙެއްހެއް. ނަންވާނީ މަޑުއްވަރީ ކުދިން

      42
  2. ޝުޒާނާ

    އަދާލަތު ޕާޓީ އޮފީހަށް އަންހެން ކުއްޖަކު ވައްދައި އެކުއްޖާގެ އުރަމަތީގަ ހިފާ ޖިންސީ ފުރައްސާރަ ކޮށްފައި ހުރި މީހެއް އިމްރާނަކީ.. އަސްލު ވަރަަށް ޙަޔާތް ކުޑަ މީހެއް.. އިމްރާންގެ މި މައްސަލަ ބަލާނެ ތަނެއް މި ޤައުމުގަ ނެތް..

    117
    14
    • ލިޔާ

      ޔަގީން ނުވާ ތިކަހަލަ ވާހަކަ ދެއްކުމަކީ ކުށެއް... އަދަލާތު އޮފީހުގަ ސީސީޓީވީ ކެމެރާ ހުންނަ އިރު ތިކަހަލަ ކަމެއް ހިގައިފިނަމަ އިންގޭނެ

      30
      20
      • ދދދދދ

        ކަލޭ އިންނަނީ އެ ކެމެރާއަށް ބަލަންތަ؟ އެއީ ގޮތްކުޑަ މީހެއް. އެބުނާ އަންހެންކުއްޖާ އެވާހަކަ ދެއްކީ. ކަލެއަށް ވަރެއް ވެއްޖެތާ

        36
        6
        • ޙގގފގގ

          ހަހަހަހަ. ދޮގެއްވެސް ނޫން

          21
          1
  3. އަރީ

    އަންގެން ހިތި ޝޭހުން

    89
    9
    • ލަޔާން

      'އަންގެން' ހިއްޗޭ... އަޅުގަނޑެއް ޝޭހް އިމްރާން އެމްޑީޕީ އާ ގުޅުނީމަ ތާއިދެއް ނުކުރަން... އެކަމަކު ޝޭހް އިމްރާން ނޫނަސް ދެއަތްބަށް ކައިވެނި ކުރޭ.. ކައިވެނިކޮށްގެން އުޅެމުން ސައިޑް ބިޓުންނާ ރޯޔަލް ރޭޕް ހިންގުން މާ ހުތުރު

      23
      1
  4. ޖަޖަޖަ

    އެއްޗެއް ނުބުނާނަން ކަމަށް ހުރެފައިވެސް....... ދޮށީ އަންބާއި ކޯޓެއްގެ ހުއްދަ ހޯދަން ޖެހޭގޮތަށް އޮތުމަކީ އިސްލާމް ދީނުގައި އެކަން ކުރަން އޮންނަ ގޮތްތޯ ދަންނަވާލަން ހަމަ ހިތަށް އަރާތީ.... 2006 ޖޫން ގައި ހިނގި ކަމެއްގެ ދެރަވަރު ނަތީޖާގެ ހިތި އަދިވެސް ނުފިލާތީ.....

    54
    11
    • ހަސަނުގެ ދަރި ލަތީފް

      ދޮށީއަންބާއި ކޯޓުގެ ހުއްދަހޯދާކަށް ނޯވޭ އިސްލާމް ދީނަކު އެކަމަކު އެފަދަ ގަވައިދުތައް އިސްލާމްދީނާ ފުށުނާރާ ގޮތަށް ހަދާފައި ހުންނަނީ ، އެންމެންގެވެސް ރައްކާތެރި ކަމަށް ޓަކަޢި ، ސިއްރުން ދެއަންބަށް އިންނައިރު ދޮށީ އަނބިމީހާއާ އެމީހާގެ ދަރިންނަށް އަޅާނުލާ އަދި އެމީހުންގެ ޚަރަދުތައް ބެލެހެއްޓޭފަދަ އާމްދަނީއެއް ނުލިބޭ ފަދަ ހާލުގައި ދެ އަންބަށް އިންނާތީ ، ފަހުގެ އަނބިމީހާ އިންނަން އުޅޭއިރު ބުނާނެ ހެވޭ އެއްވެސް ޚަރަދެއް ނުދިނަސް އެކަމަކު ކައިވެނި ކުރެވި ދަރިން ލިބޭ ހިސާބަށް ދިޔައިމަ އޮންނަނީ ހަގު އަންބަށް ޚަރަދުކުރަންޖެހިފަ ، ދޮށީ އަނބި މީހާއަށް ޖެހެނީ އަމިއްލައަށް މަސައްކަތް ކޮށް ދަރިންނާ ތިމާ އާ އަދި ނުވިތާކަށް ފިރިމީހާގެ ޚަދަރުތައްވެސް ބަލަހައްޓަން ޖެހިފަ،

      39
  5. ޙާލު

    ތިވީރަގަޅައް

    83
    3
  6. ސަމްސިއްޔާ

    ރީމްގެ މުޅި ދިރިއުޅުން ހަލާކޮށްލި މީހެއް ތިޔަ އިމްރާނަކީ.

    114
    4
  7. ލައިޓް

    ސްވޮޕިންގ ؟ ވިން ވިން

    31
    2
  8. ޒާ

    ޗީޑި އިމްރާން ކޮންމެ ކަމެއްގައިވެސް މަކަރާއިޖަހައިގެން ކަނީ. ދެންބުނޭ މޭޑޭގައި ގެންގުޅުނު ހެކީގެ ކަރުދާސްތައް ފުލުހުން އަތުލިގޮތަށް ރާއްޖޭގައި ކައިވަނި ކޮށްދޭނެ ގާޒީއަކުވެސް ނުވިއްޔޭ. އިމްރާން ގަބޫލް ކުރަންތަ ތިޔަ މަގާމަށް ކުފޫހަމަ ނުވާކަމާއި، ރާއްގޭގައި އޮތް ގާނޫނީ ނިޒާމުން ބޭރުން ވަަގަށް ކަމެއް ކޮށްފިންކަމަށް.

    88
    5
  9. މިއަދު

    މިފަދަ މީހުންގެ ސަބަބުން ރާއްޖޭގައި މިއޮންނަ ރީތިއާދަކާދަތަކާއި ޘަޤާތްގެއްލި މުލި މުޖުތަމްޢު ހަރާބުގެ ތެރެއަށް ނުވެއްޓި ހިގައްޖެނަމަ ކިތަންމެހާވެސް ރަނގަޅު މާދަމާ ދެމީހަކު ގެއަށްގޮސް ވަލލީހޯދާލާ އަނބި ޤަބޫލުކުރީމަސް 5 ހާސް ރ އިން ނިންމާލާނީތޯ؟

    51
    6
  10. ލާމު

    ވަރިވަނީވެސް އިންނަން ތައްޔާރުވެގެން ހެން ހީވާކަހަލަ. އަވަހޭ ކައިވެނި ކުރާލެއްވެސް. ޕޮލިހެކޯ ރީމްއާ އިނީ ކިޔާ އަޑުއިވޭ. އެ ސޮރު ވެސް އުޅޭނެ ދޯ އިމްރާނަށް ސެލިއުޓްކޮށްކޮށް.

    59
    5
    • ށެއްބު

      ކަލޯ ކަލޮއަށް ވިސްނޭ... ޢެސޮރު ގާނުވާލާނެ ދޯ... 🤦

      24
  11. Anonymous

    ތީ އިމުރާނު ނޫން އެހެން މިހަކު ނަމަ ކުއްވެރިވެސް ކުރާނެ

    67
    1
  12. ވަޒީރެއާލާ

    ގާނޫނާއި ގަވާއިދު ތަކަށް ކިޔަމަންނުވާ މީހަކު މިނިސްޓަރުކަމުގައި ބަހައްޓައިގެން ނުވާނެ. ހަމަމިހާރު މިނިސްޓަރުކަމުން ވަކިކުރުމަށް ރައީސްސޯލިހަށް އިލްތިމާސް ކުރަން. ދޮގާއި މަކަރު ހެދުން ނޫންކަމެއް މީނާގެ ނެތް. މިކައިވެނި މިރާއްޖޭގެ ކޯޓް ތަކުގައި ނުކުރީ މީނާހިތުން ހެއްދެވިފަރާތައް އޮޅުވާލަން. އެހެންނޫންދެން ކޮންކަމެއް. ހުރި ނުލަފާކަން ބަލާބަލަ. ތީޝޭޚެއްނޫން. ނުބައި ނުލަފާ ޝައިތޯނެއް.

    62
    3
  13. ބޮލި މުލައް

    އަޅެ މީ ކަލޭނޭ އިސްލާމީ އުއްމަތެއްގަ ސޭހޭ ކިޔަން ހެޔޮވާ ވަރު މީހެއްތަ.

    70
    3
  14. ސަމްކުޅިބޭ

    ފާތިމަތު ޔުމްނާއަަށް އަހަރެން ހަނދާންކޮށްދެން ބޭނުންވަނީ މުސްކުޅި ދިވެހި ހަރުބަހެއް. މިބަސްބަހަކީ ތޯތޯ ބަސްތަކެއްނޫން. ވަރަށް އާރުލާ ހަރުބަސްތަކެއް. އެއީ " އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއްފުޅަށް މަތިންވެސް ފުންމާލާނޭ" މިބުނީ އިމްރާނަކީ ބަކަށްޓެކޭ ނޫނޭ. އެކަމަކު ބަކަރީގެ އުސޫލޭ އެއީ. ކާވެނިވެސް އެއޮތީ އޮޅުވާލާފައޭ. ހަމައެގޮތަށް ޔުމްނާއަށްވެސް އެތައް ކަމެއް އޮޅުވާލާނޭ. އަދިއެއް ވާހަކަ. ޔުމްނާ އިމްރާނާ ކައިވެނި ކުރީ އިމްރާނު ގެ އަންބެއްއިންދާ ކަމާ އެކަމުހެ ހިތްހަމަ ނުޖެހުން އެމީހާގެ ހުންނާނެކަމާ، ދެންވެސް އިމްރާނު އެހެން އަންހެނަކާ ގުޅުން ބާއްވާ ނަމަ ތިމާއަށްވެސް އެހިތްހަމަ ނުޖެހުން ލިބޭނެކަން. އެއްވެސް ކަމަކާނުލާ މީހަކު ރޮއްވާފާ ތިމާއަށް ހޭން ނުހުރެވޭނެކަން. ތިމާވެސް ރޯންޖެހޭނެކަން. އެދުވަހުން ބޭބެ މިބުނިބަސް އެއީ ހަމަ ރަނގަޅު ބަހެއްކަން ގަބޫލު ކުރެވޭނެ.

    129
    5
  15. ސަމްސާ

    އިމްރާން އަކީ މާކަ ރަނގަޅު މީހެއްނޫންތާ ؟

    އެކަމަކު ކައިވެނި ކޮށްދިން މީހުން މިކަމުގައި އެއްވެސް ޒިއްމާއެއްނެއްތަ ؟

    51
    6
    • އަލީ ހަމީދު

      އިމްރާނު ރޯލް މޮޑެލްއަކަށް ބަލަނީ ޖ. ނާޒިމް. މީނާ އެދުރުވަނީ ނާޒިމްނަގައިދޭ ފިލާވަޅުތަކުން. މިއީ މާބޮޑު ދެ ބެސްޓް ފަރެންޑުންނޯ ޖަލުގަ ދުވަސްތައް ހޭދަކުރިފަހުން.. ޖ. ނާޒިމްވެސް މިއީ މިހެން އިންދެގެން އުޅެމީހުންނަށް ލައްކަ ދޮގާއި މަކަރު ހަދައިގެން މީހުންނާ އިންނަމުން އަދި ނުއިނދެ ޖަރީމާ ހިނގާ މީހެއް.

      12
      2
  16. ނޯޑައުޓް

    ކަނބުލޯ ވ. ވިސްނާފަތޯ ތިޔަކަން ތި ކުރެއްވީ؟ އެހެން މި ބުނީ، މާދަމާވެސް ވެރިކަން ބަދަލުވެ، ޝޭހުގެ މަޤާމު ގެއްލުނީމަ ދުވާލު ދެދަޅައަށް ޝޭހު ދަމާ ރަބަރެއްހެން ދަމާނެ ކޯޓަށާއި އެތަންމިތަނަށް. އެދުވަހުން ކަމަނާހިތައް އަރާނެ ސަހަރޯއެވެ. މިއީ މިޤައުމުގައުމުގައި ކަންހިނގާ އަދި ހިނގާނެ އުސޫލު. ވިސްނަވާ... މި ބުނެދިނީ ލައްކަވާހަކަ..

    83
  17. މަޑުއްވަރީ މީހާ

    އެކަމު ނަން ވާނީ މަޑުއްވަރީ މީހުން

    57
    3
    • ޙަދީ

      ޢެހެންތޭ

  18. ހ

    ހިހީ.... "މިިސްޓަރުގެ ނައިބު" މިސްޓަރު އަކީ ކާކު ތޯ؟

  19. Anonymous

    ޥެރިންނަށް ތި ބެ ގަވައިދުތައް މުގުރަނީ އާއމުންނަށް ނަމޫނާ ދައްކަން ތި ބި މީހުން ، މި ކަލޭގެ ކުރީގަވެސް ރީމްގެ ތައްޕާހުން އުޅެންޖެހިފަ އޮތީމަތާ މަޑުންހުރީ ފައިސާފޮއްޗެއް

    16
  20. ތަޚާނުގެ ޢަލިދީދީ.

    ލޯބިވަންޏާ މަޑަކުންތިބޭނެކަމެއްނެތް.

    11
    2
  21. Angela

    އިމްރާނަށް ކަމު ނުދިޔައީ ކަންނޭގެ މޫނު ބުރުގާއަޅާތީ ، މިހާރު ހަދާނަށް އަންނަނީ ފަހަރިޔޭ ކިޔައިގެން މީހުން ދައްކާފަ ހުރި ވަހަކަތައް.

    25
    1
  22. ލަޤަބު

    އެއީއަކީ ޝޭޚެއްނޫން ނަމުގެކުރިޔައް އެހެންކިޔަކަސް އެއީ ފޭކެއް މުނާފިޤެއް ޖާހިލެއް ކޮންމެކަމެއްގަވެސް މަކަރާ އޮޅުވާލުން

    22
    1
  23. ހައްޕު

    އައްޗީޑި

    20
    2
  24. މުރަކަ

    އިމްރާނު ސޭހުކަންކުރަން އެންމެރަނގަޅީ އިޓަލީވިލާތުގެ ޕޮމްޕޭގަ އެގައުމުވެސް ވަނީ މާތްﷲގެ އަޒާބުންނެތިގޮސްފަ.

    16
  25. ކާފަ

    ޝޭހު ވެސް މިއުޅެނީ އެއްޗެއްލިބޭ އިރަށް ރޫޅާލަން.. އެވަރިހަމަ ކައިވެނި ސައްޙަނުވިއަސް..

    20
    1
  26. ބަފާބޭ

    ޝޭހްވެސް ތިހިރީ ހައްދުފަހަނައަޅާފަ..

    20
    2
  27. ާމަރީ

    އަންހެނެއް ނުފެނިފަ ދޯ.

    20
    2
  28. ...

    ޔާމީނޭ ކިޔައިގެންވެސް ކަލޭ ހެދީ ދޮގު. ކަލެއަކީ ޝޭޙެއް ކަމަށް މަށެއް ގަބޫލެއް ނުކުރަން.

    29
    1
  29. ދޮންޖޭމުމީރު

    ވައުދެއް މިރޭ ވާނަން މީ ތެދުކަން އަންުގައިދޭނަން ހަނދާއޭ ހެކިވެދޭށެ. އަންހެނަކު ފެންނައިރަށް މިލަވަކިޔާފަ. ޚޮންމެ ޕްރޮމޯސަނަކަށް ހިންއުފާވާނެހޭ ދެން ކަލާޔާނުލާ މިލަވަކިޔަމުން ގޮސް 4 އަނބި ހަމަވާތަނުން ދެން ކިޔެންފަށާނީ އާކުއްޖެކޭ ދަސްވީ ފަހުން އަސްތާމިހާރު ހޯދެނީ.. އެއްކަލަ ކުރީ4 އަނބިންގެ ޕެކޭޖް ގުދަންކުރުމަށްފަހު އާ ޕެކޭޖެއް ހޯދަމުންގޮސް މިވާހަކަ،ބުނާއިރަކަށް އެއްކަލަ ހަރުތާ ޖެހި މިއީ ނަބަވީ ސުންނަތެކޭ ކިޔާ އެހެން ބުނި ބަޔަކު ހަވަރަށް ދޭނެ. ދަންނަވަންތޯ.. މާތްނަބިއްޔާކައިވެނި ބައްލަވައިގެންފަވާ މަގްސަދަށް ރުޖޫވެއްޖެނަމަ ކަލޭން އެކަކުވެސް ތިބޭނީ އެސުންނަތުގަ ހިފަން ނުކެރި

    24
  30. ބެއްޔާ

    އައްޗީޑި ! ޔުމް

    14
    1
  31. ގަސަމް

    މިއީ ދީނީ ތާކިހާ އަޅައިގެން "ދީނަށްޓަކައި ގައުމަށްޓަކައި ވަޖިދުވާ" މީހުންގެ ހާލަކީި. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. މިފަދަ އަމިއްލަ އެދުމާއި ފައިސާގެ ދަހިވެތި ކަމުގައި އުޅޭ މީސްމީހުން މިތިބެނީ ވަޒީ ރު ކަން ދީފައި. ގައުމުގެ ހާލަތު...

    11
  32. ކިނބޫ

    ކައިވެނި ކޮށްގެންތޯ އުޅެނީ ކަށަވަރު ކުރަންވެސް މިހާރު އެބަޖެހޭތާ! ތިމީހާ އުޅެފާނެ ކޮންމެފަދަ ގޮތަކަށްވެސް.

    12
    1
  33. ލީނާ

    ކޯޓުން ބޭރުގަ ކައިވެނި ކުރުމާ ކައިވެނި ކޮށްދިނުމަކީ އިމްރާނަށް އާ ކަމެއް ނޫން، އަހަންނަކީ އެކަމުގެ ހިތި ވަރަށް ރަނގަޅަށް ފެނިފަ ހުރި މީހެއް. މީގެ 15 ވަރަކަށް އަހަރު ކުރިން އަހަރެންގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރަން ވެގެން އަހަންނަށް ސިއްރުން ކޯޓުން ބޭރުގަ ކައިވެނި ކުރީ، އެ ކައިވެނި ރަޖިސްޓަރީ ކުރީ ލަންކާއަށް ގޮސް. އެއިރު އަހަރެން 2 ވަނަ ދަރިއަށް ބަނޑު ބޮޑު. ކޯޓުން ބޭރުގަ އަހަރެންގެ ފިރިމީހާގެ ކައިވެނި ކޮށްދިން މީހަކީ މި އިމްރާނު. އެހެން ވީމަ މީނަ އާންމުކޮށް ކުރާ ކަމެއް މީ.

    13
    1
  34. އަބްދުއްލަޠީފު

    ގަވައިދު ބުނާ ގޮތުން ފެމިލީ ކޯޓުގެ ހުއްދަ ނެތި ރާއްޖެއިން ބޭރުގައި ދެ އަންބަށް ކައިވެނިކޮށްފި ނަމަ، 5،000 ރުފިޔާ އިން ޖޫރުމަނާކުރެއެވެ. އެހެންވެ އިމްރާނުގެ ކައިވެނި ވެސް ރަޖިސްޓްރީކުރަން ހުށަހެޅުމުން، 5،000 ރުފިޔާ އިން ވަނީ ޖޫރުމަނާކޮށްފައި ކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރުވެފައެވެ. އިސްލާމީ ޝަރީޢަތާ ޚިލާފައް ހަދާފަ ހުންނަ މިބާވަތުގެ ގާނޫނު ތަކާ ގަވާއިދު ތަކަކީ ފުރަތަމަ ވެސް ބާޠިލް ތަކެއްޗެވެ. މިތަކެތި ލޮލުން ބޮލުން ބަލައިގަތުމަކީ ހުއްދަކަމެއްވެސް ނޫނެވެ. ﷲ ޙަރާމް ކުރައްވާފައިވާ ކަންތައް ޙަލާލު ކަމައްދެކި އަދި ޙަލާލު ކުރައްވާފައިވާ ކަންތައް ކުރުމުން އަދަބު ދިނުމަކީ ހުއްދަކަމެއްނޫނެވެ. މީ ކޮންމެހެންވެސް އޮންނަން ވާގޮތްކަމަށް ބެލުމަކީ މިގަަވާޢިދު ހެދިފަރާތް އެއީ ރައްބުކަމުގައި ބަލައިގަތުމެވެ. ޝިރުކު ކުރެވި ދީނުންބރުވީ އެވެ. މިކަހަލަ ޝަރީޢަތާ ޚިލާފު ކިތަންމެ ގަވާޢިދު ތަކާ ގާނޫނު ތައްވަނީ ހަދާފަ ވަކިހިއްޕާލާފައެވެ. އެހެންވީމާ ދެން ވެސް ހަމަ ބުނާނީ ތިމަންނަމެން ﷲ އައް އެކަނި އަޅުކަން ކުރަމޭ ހެއްޔެވެ؟ ދޮގު ނުހަދާށެވެ. ތިދަނީ ﷲ އަށް އަޅުކަން ކުރަމުން އެހެން މީހުންނާ އެއްޗިއްސައްވެސް އަޅުކަން ކުރަމުންނެވެ. މިކޮމެންޓު ޖަހާދޭނެބާވައޭ ހިތައް އެބައަރާ.

    13
    7
  35. ހަސަދު

    ވަޒީރަކަށް ހުންނަވައި ދިވެހިރާއްޖޭގެ ގާނޫނު ތަކާއި ގަވައިދަށް ހުރުމަތް ތެރިކޮސް ނަހަދާ މީހުން ރަނގަޅުވާނީ އިސްތިއުފާ ދިނިއްޔާ

  36. Anonymous

    އެއީ އާންމު މީހެއް ނަމަ ހައްދު ފަހަނަ އެޅި ކަމުގައި ބަލަި އެމީހާގެ ހަންވެސް ނޮޅާނެ މި ފަހަރި