"ކޮރޯނާ ގޯ" އޭ ކިޔައިގެން މުޒާހަރާ ކުރި އިންޑިއާގެ ޔޫނިއަން މިނިސްޓަރ ރަމްދާސް އަތަވާލޭ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެެ.

މުމްބާއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 60 އަހަރުގެ މިނިސްޓަރު ރަމްދާސް އަށް ކޮވިޑް ޖެހިފައި ވާކަން އެނގިފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިހާރު އޭނާ އަށް އެ ބައްޔަށް ފަރުވާދެމުން ގެންދަނީ ހޮސްޕިޓަލްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ރިޕަބްލިކެން ޕާޓީ (އޭ)ގެ ލީޑަރުކަންވެސް ކުރަމުން ގެންދާ ރަމްދާސް މިހާރު އެޑްމިޓްކޮށްފައި ވަނީ ސައުތް މުންބާއީގެ ހޮސްޕިޓަލެއްގައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާގެ ޑިޕްލަޮމެޓުންނާއި ބުދިސްޓުނާއި އެކު ހުރެގެން އޭނާ "ގޯ ކޮރޯނާ ގޯ"ގެ ނަމުގައި ކޮވިޑް-19 އާއި ދެކޮޅަށް މުޒާހަރާކުރާ ވީޑިއޯއެއް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.

މި ވީޑިއޯ އިން ފެންނަނީ ޗައިނާގައި އޭރު ހަލުވިކަމާއި އެކު ފެތުރެމުން ދިޔަ ކޮވިޑް-19 ޗައިނާއިން ބޭރުކުރުމަށް އެމީހުންގެ އަޅުކަމުގައި ގޮވާލާ މަންޒަރެވެ. އެއީ ފެބްރުއަރީ 20 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި ހަރަކާތެއް ކަމަށް ވެއެވެ.

އިންޑިއާއަކީ މިހާރު ދުނިޔޭގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 7,990,322 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ . ޖ . އ

    ބައެއް ކުދިން އުފަލުން ބޮނޑިބަތް ކައްކާނެ