ބްރެޒިލްގެ އެންމެ ނުރައްކާތެރިވާ ގައިދީގެ ގޮތުގައި ފާހަގަކޮށްލެވޭ މާކޯސް ޕައުލާ ދި ސިލްވާ ވަނީ 48 މީހުން މަރައިލާފައެވެ. ނަމަވެސް އަދި ވެސް އޭނާ ބޭނުންވަނީ އިތުރު މީހުން މަރަށް ކަމުގައި އޭނާަ ބުނެފައިވެއެވެ.

ޕައުލާ އެންމެ ފުރަތަމަ ޖަލަށް ގެންގޮސްފައިވަނީ އޭނާގެ އުމުރުން 18 އަހަރުގައި، 1995 ވަނަ އަހަރު ވައްކަމުގެ މައްސަލައެއްގައެވެ. ނަމަވެސް މިހާރު އޭނާއަކީ ބުރެޒިލްގެ ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން އެންމެ ނުރައްކާތެރި ގައިދީއެވެ.

ޕައުލާ މަޝްހޫރު ވެފައިވަނީ ޖަލުގައި ތިބި ގައިދީންގެ ބޯ ބުރިކޮށްލުމުގައާއި އަދި ހަށިގަނޑުގެ ތަންތަންް ކަފައިގެން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ނެގުމުގައެވެ.

އޭނާ ވަނީ 2011 ވަނަ އަހަރު ސާއު ޕައުލޯގެ ސެރާ އަޒުލް ޖަލުގައި އެއްފަހަރާ 5 މީހުން މަރައިލައިފައެވެ.

އުމުރުން 48 އަހަރުގެ ޕައުލާ މީހުން މަރައިލުމުގެ ކުރިން އަލިފާން ނިއްވާ ފުޅިއަކުން ބޮލުގައި ޖަހައި އެމީހުން ނައްތާލައެވެ. އޭގެފަހުގައި ވަޅިއެއް ބޭނުން ކޮށްގެން އެމީހުން މަރައިލާ ބޯ ބުރިކޮށްލައި ނުވަތަ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ނަގައެވެ.

އިންސާނިޔަތުގެ ކަންފުޅެއް ވެސް ނެތް މި ޕައުލާ ބުނެފައިވަނީ އެމީހުން މަރަށް ތެޅޭއިރު ލަވާ ހަޅޭކުގެ އަޑަކީ އޭނާ ވަރަށް އަޑުއަހާ ހިތްވާ އަޑެއް ކަމަށާއި، މަރައިލަން ބޭނުންވާ އިތުރު ގައިދީން ތިބިކަމަށާއި އަދި އިތުރު މީހުން މަރަން ބޭނުންވާ ކަމަށެވެ.

ހަށިގަނޑުގެ އެތައް މިތަނުގައި ޓެޓޫ ޖަހައިފައިވާ ޕައިލާއަށް ތުހުމަތު ކުރެވެނީ ހަމައެކަނި މީހުން މެރުމުގެ ކުށަށެވެ. ނަމަވެސް އޭނާ މަރައިލާފައިވާ މީހުންގެ އަދަދު ގިނަކަމުން އޭނާއަށް ވަނީ 217 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.

މި މައްސަލައިގެ އަޑުއެހުމެއްގައި ޕައުލާ ބުނެފައިވަނީ އެމީހުން މަރައިލެވުނީތީ އޭނާ އެކަމާ ދެރަނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަސްލު ހަދަންވީ ގޮތް.

    ތިއީ އިންސާނެއްގެ ސިފައިގައި ހު ރި ފު ރޭތައް. ތިމީހާއަށްވީ 217 އަހަހުރގެ ޖލުހުކުމެއް ނޫންއިއްވާކަަށް.. ތިމީހާވީ ހަމަ މަ ރާލަން.

    38
    2
  2. ...

    ސިކް ޕީޕަލް

    27
    1
  3. UH

    this is like soooooooooo sick

    27
  4. ޟޮ

    Damn

    15
    2
  5. އާސި

    އިންސާނެއްގެ ސިފައިގައި ހު ރި މިނިކާ ޖަނަވާ ރެއް.

    17
    1
  6. 😱😰

    ޝެއާ ނުކުރެބާ މިކަހަލަ ނިވްސް

    12
    1
  7. 😱😰

    މާތްﷲ އަޅަމެން އެންމެން ރައްކާތެރި ކުރައްވަވާށި ބަލި މީހުނަށް ޝިފާ ދެއްވަވާށި ކުއްވެރިންނަށް ހައްޤު އަދަބު ދެއްވަވާށި ޔާ ރަޙްމާން އާމީން

    15
    2
  8. ފަނީ

    މަޝްޙޫރުވާން، އެހެން އެއވެސް ކަމެއް ނޫން

    9
    2
  9. މި މީހާ

    މި މީހާއަށް 42 އަހަރު

    4
    2
  10. ޓިނު

    ރިޔައީ ޑިމޮކްރަސީ ފައްކާވެ ދޮންވެފައިވާ ނިޒާމެއްގެ ތެރެއިން ސަރުކާ ބޭނުންވާ މީހުން މަރަން ގެންގުޅޭ މީހެއް .

    1
    1
  11. Anonymous

    ތިކަހަލަ މީހަކު ކީއްވެ ދުނިޔޭގައި ބަހައްޓާފައި ތިހުރީ؟

    4
    1
  12. UH

    i am like so shocked

    3
    1