ބޮލީވުޑުގެ ''ކިންގް ޚާން'' ގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ޝާހުރުކް ޚާން ރަހުމަތްތެރިންނާއެކު ކެއުންތަކަށް ގޮސް، އޭނާ ދުވަހަކުވެސް ބިލަށް ފައިސާ ނުދައްކާކަމަށް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ޓްވިޓާގައި އޭނާއާއި ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލި ފުރުސަތެއްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުންނެވެ.

ޓްވިޓާގައި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލުމުން ޝާހުގެ އާއިލާއާއި ބެހޭގޮތުންނާއި، ފިލުމުތަކާއި ބެހޭގޮތުންނާއި، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވެސް ސުވާލުކޮށްފައިވެއެވެ.

މިގޮތަށް ކުރެވުނު ސުވާލުތަކުގެ ތެރެއިން މީހަކު ޝާހުއާއި ކުރި ސުވާލަކީ ޝާހު އޭނާގެ މަޝްހޫރުނޫން ރަހުމަތްތެރިންނާއިއެކު ކާންގޮސް ބިލުދެއްކުމަށް ހުރިހާ އެންމެން ވެސް ބިލަށް އަރާފައިވާ ފަައިސާގެ އަދަދު އެންމެންނަށް ބަހައިލަނީތޯ ނުވަތަ ބިލަށް ފައިސާ ދައްކަނީ ޝާހުތޯ ކުރި ސުވާލަށް ޖަވާބުދެމުން ޝާހު ބުނެފައިވަނީ އެއީ މަޝްހޫރު ނުވަތަ މަޝްހޫރުނޫން ބައެއް ނަމަވެސް ބިލު ދައްކަނީ އޭނާގެ ރަހުމަތްތެރިން ކަމަށެވެ.

ޝާަހު ބުނެފައިވަނީ އޭނާއަކީ ފައިސާ ހިފައިގެން ތަންތަނަށް ދާ މީހެއް ނޫނެވެ. އެހެންކަމުން ބިލު ދައްކާނީ އޭނާގެ ރަހުމަތެރިން ކަމަށެވެ.

ފިލްމީ ދާއިރާގެ މަސައްކަތަށް ބަލާއިރު ޝާހުރުކް ޚާން މިހާރު ދަނީ ޖޯން އަބްރަހަމްއާއިއެކު ''ޕަތަން''ގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން އަންނަ އަހަރު ފެބްރުއަރީގައި ރިލީޒްކުރާ އަނިމޭޓެޑް ފިލުމުގެ މަސައްކަތެވެ. މިއީ ކުޗްކުޗް ހޯތާހޭ އަސްލަކަށް ބަލައިގެން ތައްޔާރު ކުރާ ފިލުމެކެވެ.

ޝާހުރުކް ޚާން ވަނީ ވަރަށް ފަހުން 2000 ޕީޕީއީި އިންޑިޔާގެ އަވަށަކަށް ވެސް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ތީވަތަރަށް އުފާވެރި ހަބަރެއް އެހެންވިއްޔާ...😁

  2. ނައްޕަޓޭ

    ތާޕްސީ ބުނަން ވާހަކަ އެއް ރާއްޖެއައް ޖޯކްނުޖަހާ އިނގޭ

  3. ބެއްޔާ

    ލާރިތައް އެއްކޮށްގެން ކައްވަޅައްދާން ވެގެނެ