އަވަސް އަވަހަށް ބަނޑުހައިވާ ނަމަ ހަށިގަނޑަށް ބޭނުންނު ވާ ބޭކާރު ކެލޮރީސް ނުލައި އެންމެ ފަސޭހަ އިން ހައިކަން ފިލުވައިލުމަށް އެންމެ ރަނގަޅު އެކައްޗަކީ ސްމޫތީއެވެ. އަދި އެންމެ ރަނގަޅު ގޮތުގައި ތައްޔާރުކޮށްލިވެއްޖެ ނަމަ މިއީ ބަރުދަން ލުއި ކުރުމަށް ވެސް ވަރަށް ރަނގަޅު ބުއިމެކެވެ.

ތަރުކާރި އާއި މޭވާގެ ބާވަތްތައް އެއްކޮށްގެން ތައްޔާރުކޮށްލާ ސްމޫތީ އިން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންޓްސް ލިއްބައިދެއެވެ. ހަށިގަނޑަށް ފައިދާ ހުރި ސްމޫތީއަކީ އޭގައި މީރު ރަހަ ނުލާނެ އެއްޗެއް ނޫނެވެ. ހަށިގަނޑަށް ފައިދާ ހުރި އަދި މީރު ސްމޫތީއެއް ވެސް ތައްޔާރު ކޮށްލެވިދާނެއެވެ.

ހަށިގަނޑަށް ފައިދާ ހުރި މީރު ސްމޫތީއެއް ތައްޔާރު ކުރުމަށް ކުރެވިދާނެ ކަންތައްތައް

ފެހިކަންގަދަ ފަތް

ފެހިކަން ފަދަ ފަތް، ނުވަތަ ކެއުމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ފަތް ބުލެންޑް ކޮށްލާށެވެ. ދެން އޭގެތެރެއަށް އެހެނިހެން ބާވަތްތައް އެއްކޮށްލާށެވެ.

ބުލެންޑްކުރުން

އެންމެ ރަނގަޅު ސްމޫތީއެއް ތައްޔާރު ކޮށްލުމަށް ރަނގަޅު މިކްސްޗައެއް ބޭނުންވާނެއެވެ. ރަހަ މީރު ސްމޫތީއެއް ތައްޔާރު ކުރުމަށް ސްމޫތީއަށް އަޅައި ހުރިހާ ބާވަތެއް ވެސް ބުލެންޑް ކުރަންވާނީ އެއްކޮށެވެ.

ތަރުކާރީ

ސުމޫތީ ތައްޔާރު ކުރާއިރު ގިނަ މީހުން ތަރުކާރީ ބޭނުމެއް ނުކުރެއެވެ. ނަމަވެސް ތަރުކާރީއަކީ މީރު އަދި ހަށިގަނޑަށް ފައިދާ ހުރި ސްމޫތީއެއް ތައްޔާރު ކުރުމަށް ވަރަށް މުހިންމު ބާވަތެކެވެ.

ފިނިކޮށްފައިވާ މޭވާ

ތާޒާ މޭވާގެ ބަދަލުގައި ފިނިކޮށްފައިވާ މޭވާ ސްމޫތީގައި ބޭނުން ކުރާށެވެ. އޭރުން މޭވާތައް ރަނގަޅަށް މިކްސްކޮށްލެވި ސްމޫތީ ވެސް މީރުވާނެއެވެ.

ބޭނުންވާ މިންވަރަށް ބާވަތްތައް އެޅުން

މޭވާގައި ގިނަ އަދަދަކަށް ހަކުރާއި ކާބްސް އާއި ވިޓަމިންސް އާއި މިނަރަލްސް އަދި ފައިބަ ހިމެނުމުގެ ސަބަބުން މާ ގިނައިން ސްމޫތީގައި މޭވާ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ކަބްސް ބެލެންސް ކުރުމަށް ނަޓް ބަޓަ ނުވަތަ ޗިއާ ސީޑްސް ބޭނުން ކުރާށެވެ. އަދި ޔޯގަޓާއި ޕްރޮޓީން ޕައިޑަ ވެސް ބޭނުން ކުރެވިދާނެއެވެ.

އެވަކާޑޯ

އެވަކާޑޯއަކީ ނިއުޓްރިއަންޓްސް އާއި ވިޓަމިންސް ލިއްބައިދޭ ބާވަތެކެވެ. އަދި އެހާމެ ރަހަ މީރު ބާވަތެކެވެ. އެހެންކަމުން ސްމޫތީގައި އެވަކާޑޯ ހިމެނުން ވަރަށް މުހިންމެވެ.